Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެލެންސިއާ އާއި ސަސްގެ މެޗު

އަދިވެސް ސަސްގެ އަމާޒަކީ ގަދަ ހައެއް: މޯހަން

20 ޖެނުއަރީ 2021 | ބުދަ 16:28

ސަސްއިން ވަނީ ނާދު ވަކިކޮށް މޯހަން އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ޖެނުއަރީ 2021 | ބުދަ 16:28
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

އަދިވެސް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އަމާޒަކީ ގަދަ ހައެއްގައި ލީގު ނިންމާލުން ކަމަށް އެ ޓީމުގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ސަސްއިން ސީޒަނާ ކުރިމަތިލީ ގަދަ ހައެއްގައި ލީގު ނިންމާލަން އަމާޒުހިފައިގެންނެވެ. އެގޮތުން އެ ޓީމުގެ ކުރީގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ގެ އިރުޝާދުގެ ދަށުން ސަސްއިން މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކިއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ސަސް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުންނެވެ.

އެކަމަކު ދެ ފަރާތް އެއްބަސްވެގެން ނާދުގެ އެއްބަސްވުން އުވާލައި، ދާދި ފަހުން ސަސްއިން ވަނީ އެ ޓީމުގެ ކޯޗަކަށް މޯހަން ހަމަޖައްސާފައެވެ. މޯހަން ސަސްގެ ކޯޗުގެ މަގާމާ ހަވާލުވިއިރު، އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ.

ލީގުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުލަބު ވެލެންސިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މޯހަން ބުނީ ނާދުއާއެކު ސަސްއިން މިހާތަނަށް ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ކަމަށާއި، އެ މަސައްކަތް ވަރަށް ފުރިހަމަ ކަމަށެވެ. އެކަމަކު ސަސްގެ މެނޭޖުމަންޓުން އޭނާއާ ހަވާލުކުރީ ދިގު މުއްދަތުގެ މަޝްރޫއެއް ކަމަށާއި، އެގޮތުން ޓީމުގެ ބައެއް ކަންތައްތައް ބަދަލުކޮށް، ޓީމުގެ ކުޅުން ރީތި ކުރުމަށްވެސް މަސައްކަތްކުރާނެ ކަމަށްވެސް މޯހަން ބުންޏެވެ.

މޯހަން އިތުރަށް ބުނީ ކޯޗު ބަދަލުވި ނަމަވެސް، އަދިވެސް ސަސްގެ އަމާޒަކީ މި ސީޒަނުގެ ގަދަ ހައެއް ހޯދުން ކަމަށެވެ. އަދި އެއާއެކުވެސް މެނޭޖުމަންޓުގެ އެންމެ ބޮޑު އެދުމަކީ މި ސީޒަނުގައި ޓީމުގެ ކުޅުން ވީހާވެސް ބޮޑަށް ބަދަލުކުރުން ކަމަށްވެސް މޯހަން ވަނީ ބުނެފައެވެ.

ސަސްއާ ދެކޮޅަށް ވެލެންސިއާ ނުކުންނައިރު، އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. މިއީ ލީގުގައި ވެލެންސިއާ ބަލިވި ފުރަތަމަ މެޗެވެ.

ސަސް މެޗުގެ ކުރިން ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނީ ލީގުގައި ބައްޔަކަށްފަހު އަންނައިރު، އެންމެ މުހިންމު ކަމަކީ ކުރިއަށް އޮތް މެޗަށް ކުޅުންތެރިން މެންޓަލީ ތައްޔާރުވުން ކަމަށެވެ. އަދި ކުޅުންތެރިންގެ ކުޅުމުގެ ފެންވަރު ހުންނާނީ އެއް ހަމައެއްގައި ކަމަށާއި، މިދިޔަ މެޗުން ބަލިވިއިރު، އެކަމުގެ ސަބަބުން އަސަރުކުރާނީ އެ ކުޅުންތެރިން ސައިކޮލޮޖިކަލީ ތައްޔާރުވެފައި ތިބި މިންވަރަކަށް ކަމަށްވެސް އާތީ ބުންޏެވެ. އެހެންކަމުން މިއީ ވެލެންސިއާގެ ކޯޗުންނަށްވެސް އައު ތަޖުރިބާއަކަށް ވެގެންދާނެ ކަމަށްވެސް އާތީ ވަނީ ބުނެފައެވެ.

ލީގުގައި މިހާތަނަށް ވެލެންސިއާ އެންމެ މެޗަކުން ބަލިވެފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ ހަ މެޗުން 14 ޕޮއިންޓް ލިބިފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ސަސް ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް