Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސެކަންޑަރީ ޝިޕިން އޭޖެންޓް

ބޭރު ޤައުމުތަކުން އަންނަ އުޅަނދުތަކަށް ސެކަންޑަރީ ޝިޕިން އޭޖެންޓުން ޢައްޔަންކުރެވޭގޮތް ހަދަނީ

ސެކަންޑަރީ ޝިޕިން އޭޖެންޓުން ޢައްޔަންކުރެވޭ ގޮތް ހަދަނީ ފެބްރުއަރީ 15ގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2021 | ބުދަ 03:51
މޯލްޑިވްސް ކަސްޓަމްސް ސަރވިސް

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ބޭރު ޤައުމުތަކުން އަންނަ އުޅަނދުފަހަރުގެ މުދަލާ ގުޅުންނެތް ވަކި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސެކަންޑްރީ ޝިޕިންގ އޭޖެންޓް ނުވަތަ ހަޒްބެންޑަރީ އެޖެންޓުން ޢައްޔަންކުރެވޭގޮތަށް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުފަހަރުގެ ކަންކަން ބެލެހެއްޓުމަށް ޢައްޔަންކުރެވޭ ޝިޕިންގ އެޖެންޓުންގެ އިތުރުން، އުޅަނދުފަހަރުގެ ވެރިފަރާތުން ނުވަތަ މާސްޓަރ ބޭނުންވެއްޖެނަމަ، މުދަލާ ގުޅުންނެތް ވަކި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް، 15 ފެބުރުއަރީ 2021 އިން ފެށިގެން، ސެކަންޑްރީ ޝިޕިންގ (ހަޒްބެންޑަރީ އެޖެންޓް) އެޖެންޓުން ޢައްޔަންކުރެވޭގޮތަށް ހަމަޖައްސައިފައިވާކަން ހާމަކޮށްފައެވެ.

Advertisement - newsAdvertisement

މިގޮތުން، ސެކަންޑަރީ ޝިޕިންގ އެޖެންޓް ޚިދުމަތުގެ ގޮތުގައި ކުރަން އެއްބަސްވާ ކަންކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސެކަންޑަރީ ޝިޕިންގ އެޖެންޓަށެވެ. އަދި ސެކަންޑަރީ ޝިޕިންގ އެޖެންޓް ފޯރުކޮށްދިނުމަށް އެއްބަސްވާ ޚިދުމަތްތައް އަދާކުރުމުގައި ކަސްޓަމްސްގެ ޤާނޫނާ ގަވާއިދާޚިލާފަށް އެފަރާތުން ހިންގާކަންކަމަށް ޒިންމާވާނީ ސެކަންޑަރީ ޝިޕިންގ އެޖެންޓެވެ.

ސެކަންޑަރީ ޝިޕިންގ އެޖެންޓުން ޢައްޔަންކުރުމުގައި އަމަލުކުރާނެގޮތް ވެސް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ. ސެކަންޑްރީ ޝިޕިންގ އެޖެންޓް ޢައްޔަންކުރެވޭނީ ކަނޑައެޅިފައިވާ ވަކި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް، ސެކަންޑަރީ ޝިޕިންގ އެޖެންޓް ހަމަޖެއްސިކަން ބަޔާންކޮށް އުޅަނދުގެ ވެރިފަރާތުގެ ނުވަތަ މާސްޓަރގެ ލިޔުމަކާއެކު "ސެކަންޑްރީ ޝިޕިންގ އެޖެންޓަކަށް ޢައްޔަނުވުމަށް އެދޭ ފޯމް" ފުރުމައްފަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހެޅުމުންނެވެ. ސެކަންޑަރީ ޝިޕިންގ އެޖެންޓްގެ ގޮތުގައި ޢައްޔަންކުރެވޭ ފަރާތަކީ ޝިޕިންގ އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. ސެކަންޑަރީ ޝިޕިންގ އެޖެންޓްގެ ގޮތުގައި ޢައްޔަންކުރެވޭނީ އުޅަނދުގެ ކްރޫ ޗޭންޖް، ގާބޭޖް ކްލީނިންގ، ރިޕެއަރ، ތެލާއި، ފެނާއި ކާބޯތަކެތި އެރުވުމާއި، ހަތިޔާރާއި، ބޯޓުފަހަރުގައި ހަތިޔާރު ބަލަހައްޓާ ފަރާތްތައް (އާމްޑް ގާޑްސް) ފަދަ އިމްޕޯޓް އަދި އެކްސްޕޯޓް މުދަލާ ގުޅުންނެތް ޚިދުމަތްތަކަށެވެ.

ސެކަންޑްރީ އެޖެންޓްގެ ގޮތުގައި ޢައްޔަންވުމަށް ހުށަހަޅާއިރު، އެފަރާތް ސެކަންޑަރީ ޝިޕިންގ އެޖެންޓްގެ ގޮތުގައި ޢައްޔަންކުރިކަން ބަޔާންކުރާ އުޅަނދުގެ ވެރިފަރާތުގެ ނުވަތަ މާސްޓަރ ނުވަތަ ޕްރިންސިޕަލްގެ ލިޔުން ހުށަހަޅަންވާނެއެވެ. އުޅަނދުގެ ކޮންމެ ބައިނަލްއަޤްވާމީ ދަތުރަކަށް ޢައްޔަންކުރެވޭނީ 1 ސެކަންޑްރީ ޝިޕިންގ އެޖެންޓެވެ. ސެކަންޑްރީ ޝިޕިންގ އެޖެންޓް ބަދަލުކުރަން ޖެހިއްޖެނަމަ، އެކަންކުރާނީ ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ޝިޕިންގ އެޖެންޓް ބަދަލުކުރުމަށް އެކަށައެޅިފައިވާ ގޮތުގެ މަތީންކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ

ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު