Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

އަސައްކޮގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް

29 އެޕްރީލު 2017 | ހޮނިހިރު 18:40

މި މެޗުގައި ޔޫވީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 29 އެޕްރީލު 2017 | ހޮނިހިރު 18:40
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން

ަހު ހާފުގައި އަސަދުﷲ އަބްދުﷲ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) 0-1 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ ދެވަނަ މަގާމުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ހަމަޖެހިލައިފިއެވެ.

މިނަތީޖާއާއެކު މާޒިޔާ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ނިއު ރޭޑިއަންޓާ އެއްވަރަށް ޕޮއިންޓް ހޯދައިގެން 15 ޕޮއިންޓާއެކު އެވެ. ނިއު އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބުނު ނަމަވެސް އެޓީމު އެއްވަނައިގައި އޮތީ ޖެހި ގޯލުގެ ފައިދާއާ އެކުއެވެ. މެޗުން ބަލިވި ޔޫވީ އޮތީ 3 ޕޮއިންޓާއެކު އަދިވެސް ލީގުގެ ހަވަނައިގައެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގައި ޔޫވީގެ ފަރާތުން އޯގަނައިޒިން ފުޓުބޯޅައެއް ކުޅުނުތަން ފެނިގެންދިޔައިރު އެޓީމުން ވަނީ މާޒިޔާގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެހެން ނަމަވެސް މާޒިޔާއިން ވެސް ވަނީ ޔޫވީގެ ހާފަށް ބާރުބޮޑުކޮށް ޔޫވީގެ ގޯލާ އަމާޒުކޮށް ހަމަލާތަކެއް އުފައްދާފައެވެ.

ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ލަނޑު ޖެހުމަށް ހުސް ފުރުސަތުތަކެއް ލިބިގެންދިޔައީ މާޒިޔާ އަށެވެ. އެހެން ނަމަވެސް އަސައްކޮ އަދި އަހުމަދު އިމާޒް (އާއްކޮ) އާއި މުހައްމަދު އުމެއިރަށް ލިބުނު ފުރުސަތުތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ނުކުރެވުނުކަން ފާހަގަކޮށްލެވެއެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން މާޒިޔާއިން ވަރުގަދަކޮށް ފެށިއިރު އެޓީމުން ވަނީ މިހާފުގައި ޔޫވީގެ ހާފަށް އިތުރަށް ބާރުބޮޑުކުރަން ފަށާފައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)ގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އޭނާވަނީ ދެވަނަ ހާފުގެ ފަހު 10 ވަރަކަށް މިނެޓުތެރޭގައި ކަނާތް ފަރާތު އަރިމަތިން ގިނަ ހުރަސްތަކެއް ޔޫވީގެ ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން 80 ވަނަ މިނެޓުގައި ބޮކުރީ ހުރަސްކޮށްލި ބޯޅައެއް ސީދާ އެއްފަހަރުންޖަހާ އަސައްކޮ ވަނީ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ.

މިލަނޑަށްފަހު ވެސް މާޒިޔާއަށް ވަނީ އިތުރު ލަނޑެއް ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
24 ފެބުރުއަރީ 2017

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް
12 ފެބުރުއަރީ 2017

މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ

12 ފެބުރުއަރީ 2017
މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް