Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީން މަރާލުން

ޔާމީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ހަރަކާތުގައި ޔާމީންގެ މަންމައާއި، އާއިލާގެ މެމްބަރުން ބައިވެރިވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 28 އެޕްރީލު 2017 | ހުކުރު 18:38
ޔާމީނަށް އިންސާފު ހޯދައިދނުމަށް ގޮވާލާ ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން

ޔާމީނަށް އިންސާފު ހޯދައިދނުމަށް ގޮވާލާ ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން

އަނިޔާވެރި، ރަހުމު ކުޑަގޮތަކަށް މަރާލެވުނު، ލިޔުންތެރިޔާ ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ، ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.

ޔާމީން މަރާލާފައިވަނީ، މިމަހުގެ 23 ވަނަ ދުވަހުގައެވެ. ފުލުހުންގެ އިދާރާއިން އެންމެފަހުން، ހާމަކޮށްފައިވަނީ ޔާމީންގެ ޤާތިލުންނަކީ ކޮބައިކަން އެނގިފައިވާކަމަށެވެ. ނަމަވެސް މިހާތަނަށްވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ޔާމީންގެ އައިލާއިންނާއި، އެކުވެރިން ހުކުރު ދުވަހުގެ ހަވީރު ކުރިއަށްގެންދިޔަ ހަރަކާތުގައި ވަނީ ޔާމީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފަ އެވެ. އެގޮތުން ޔާމީންގެ ޤާތިލުން އަތުލައިގަނެ، އިންސާފު ހޯދައިދިނުމަށް އެދި ކޮމިޝަރަ އޮފް ޕޮލިސް އަށް ފޮނުވާ ސިޓީއެއްގައިވަނީ ސޮއިކޮށްފަ އެވެ. އޭގެއިތުރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ޕެޓިޝަންގައިވެސް ވަނީ ސޮއިކޮށްފަ އެވެ.

ހަރަކާތުގައި ޔާމީންގެ މަންމައާއި، އާއިލާގެ މެމްބަރުން ބައިވެރިވިއިރު، ޔާމީންގެ ގާތް އެކުވެރިޔާ އަދި ގެއްލުވާލާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ އާއިލާގެ މެމްބަރުންވެސް ބައިވެރިވެފައިވެއެވެ.

ރާއްޖެޓީވީއާ ވާހަކަދައްކަމުން މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ބައްޕަ ބުނީ، ދައުލަތުގެ އިދާރާތަކުން އެއްވެސް އިންސާފެއް ލިބޭނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި ރިލްވާނެ އެކުވެރިޔާ ޔާމީނަށްވެސް އިންސާފެއް ހޯދައިދީފާނެކަމަށް ގަބޫލުނުކުރެވޭކަމަށް އޭނާ ބުނި އެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަވާ ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން އެޗްއާރުސީއެމްގެ ކުރީގެ ނައިބް ރައީސް އަދި ޓްރާންސްޕެރޭންސީ މޯލްޑިވްސްގައިވެސް އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ތޮލާލް ވިދާޅުވީ ޔާމީނަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރާ މަންޒަރު ނުފެންނަ ކަމަށެވެ. އަދި ޔާމީނަށް މަރުގެ އިންޒާރުތަކެއް ތަކުރާރުކޮށްދީ އެ ކަންތައްތައް ރިޕޯޓްކޮށްފައިވާއިރު އެކަމުގައިވެސް ތަހުޤީޤީ އިދާރާތަކުން އެކަށިގެންވާ މަސައްކަތްތަކެއް ނުކުރައްވާކަމަށް ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުފުލުގައި އެކި ހަމަލާތައް އާންމުންނަށްދީ، އެތައް ފުރާނެއް ލާއިންސާނީ ގޮތުގައި މަރާލެވި، ގެއްލުވާލެވޭއިރު، އެކަންތައްތައް ހުއްޓުވޭނީ މުޅި މުޖުތަމައު އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެންނެވެ. އަދި އެކަމުގައު ދައުލަތުގެ އިދާރާތަކުންނަށް، ދައުލަތުގެ ބާރުތަކުން ކުރަންޖެހޭ މަސައްކަތް ގިނަކަމަށް ތޮލާލް ވިދާޅުވި އެވެ.

ރާއްޖެޓީވީއާ ވާހަކަދައްކަވަމުން ޕޮލިސް އިންޓަގިރިޓި ކޮމިޝަންގެ ކުރީގެ ރައީސް އަދި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯޓުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝަހިންދަ އިސްމާއިލްވެސް ވަނީ ތޮލާލްގެ ވާހަކަތަކަށް ތާއީދުކުރައްވާފަ އެވެ. ޝަހިންދާ ވެސް ގަބޫލުކުރައްވާ ގޮތުގައި ޔާމީން އިންސާފު ހޯދައިދިނުމަށް ދައުލަތުގެ އިދަރާތަކުން އަދި ފުލުހުންގެ މުއައްސަސާއިންވެސް އެކަށީގެންވާ މަސައްކަތެއް ނުކުރެ އެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ޔާމީންގެ ޤާތިލް ފުލުހުންނަށް ހޯދުނު ކަމަކަށްވެސް، އެއީ އެ ދުވަހުގެ ޕްރެސް ކޮންފަރެންސްއަކުން ފުލުހުން އެ ވިދާޅުވި އެއްޗަކުންނެއް އެކަމެއް ސާފެއް ނުވޭ. އެއީ ކޮން ބަޔެއްކަން އެނގުނު ކަމެއްވެސް ސާފެއް ނުވޭ." ޝަހިންދާ ވިދާޅުވި އެވެ.

ގިނަ ބަޔަކު ބައިވެރި ހަރަކާތް ނިންމާލާފައިވަނީ، ހަމަހިމޭން ކަމުގެ ސުކޫތަކާއެކުގަ އެވެ. އެ ސުކޫތުގައި ބައެއް ސިޔާސީ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު