Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެވަނަ ޓަރމުގެ ކިޔެވުން ފެށުން

10 މަހަށްފަހު ދަރިވަރުން އަނބުރާ ސްކޫލަށް

ދަރިވަރުން ސްކޫލަށް އަލުން ދާން ފަށައިފައިވަނީ 10 މަސް ދުވަހަށްފަހު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2021 | އާދީއްތަ 11:11
ދަރިވަރުން ސްކޫލަށް ވަނުމަށް ގައިދުރު ކަމާއިއެކު ސަފުހަދައިގެން

ދަރިވަރުން ސްކޫލަށް ވަނުމަށް ގައިދުރު ކަމާއިއެކު ސަފުހަދައިގެން

ކޮވިޑް-19ގެ މި ކާރިސާ ދުނިޔެއާއި ކުރިމަތިވީ މިފަދަ ކަމަކަށް އެއްވެސް ފަރާތަކުން ތައްޔާރުވެގެން ތިއްބައެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުން އައިސް މި ކުޑަކުޑަ ގައުމާވެސް މި ބަލި ބައްދަލު ކުރީއެވެ. ހުރިހާ ރައްޔިތުން ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓާލަމުންނެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް އެންމެ ކުރިން ފެށިގެންވެސް ކަމާބެހޭ ފަރާތްތަކުން އައީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކޮވިޑްގެ އެންމެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުމާއިއެކު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރިއެވެ. އަދި މި ބަލި ފެތުރެން ފެށުމާއިއެކު ރާއްޖެ ލޮކްޑައުންކޮށް، ހުރިހާ ފަރާތްތަކުންވެސް ގޭގައި ތިބުމަށް އިރުޝާދުދެވިގެން ދިއައެވެ.

Advertisement - newsAdvertisement

މިއާއިއެކު މުޅި ރާއްޖެއަށް އައީ ހިތާމަވެރިކަމާއި ބިރުވެރިކަން ވަށާލެވިފައިވާ ފަޅުކަމެކެވެ. އެގޮތުން އެންމެ ބޮޑަށް ފަޅުވެ، ހުސްވެގެން ދިޔައީ އަބަދުމެ، ހިނިތުންވުމާއި އުފާވެރިކަން އެ މާހައުލެއްގައިވާ ސްކޫލުތަކެވެ.

2020 ވަނަ އަހަރުގެ މާޗް މަހު ސްކޫލްތައް ބަންދުކުރީ ދަރިވަރުންގެ ރައްކާތެރިކަމާއި ސަލާމަތްތެރި ކަމަށެވެ. އުނގެނުމުގެ މާހައުލުތަކަށް އައި ފަޅު ކަމާއިއެކު އެޑިއުކޭޝަން މިނިސްޓްރީއާއި އެންމެހާ ކަމާބެހޭ އިދާރާތަކުން ނިންމީ ދަރިވަރުންގެ އުނގެނުމަށް ހުއްޓުމެއް ނުގެނައުމަށެވެ. މިކަން ކުރުމަށްޓަކައި އޮންލައިން ކްލާސްތަކާއި ޓެލެކިލާސްތައް ދަރިވަރުންނަށް ތައާރަފް ވެގެން ދިއައެވެ.

އެންމެ ފުރަތަމަ މިއީ ބައެއް ދަރިވަރުން، މުދައްރިސުން އަދި ބެލެނިވެރިންނަށްވެސް މިއީ ދަތިކަމަކަށް ވީނަމަވެސް ގިނަ ބައެއްގެ މިންނެތް މަސައްކަތުން ދަރިވަރުން މިކަމަށް މަޑުމަޑުން ހޭނުނެވެ. ސްކޫލުގެ މާހައުލަށް ނުދެވި، ދިރާސީ އައު އަހަރަށް ބޮޑެތި ބަދަލުތަކެއް ގެނުވަމުން 2020 ވަނަ އަހަރުގެ ކިޔެވުން ދަރިވަރުން ނިންމާލީ 2021 ވަނަ އަހަރު ސްކޫލަށް ދެވޭނެ ކަމުގެ އުއްމީދުގައެވެ.

މި އުއްމީދު މިއަދު މިވަނީ ފުރިހަމަ ވެފައެވެ. ކޮވިޑް-19ގެ ސަބަބުން ދިރާސީ އަހަރަށް ބަދަލު ތަކެއް އައިސް ދެވަނަ ޓަރމުގެ ކިޔެވުން ފެށުމަށްޓަކައި ނިއު ނޯމަލްގައި، ސަލާމަތާއި ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކަކާއި އެކު ސްކޫލުތައް އަލުން ހުޅުވިގެން ދިޔައީ ބޭބީ ނާސަރީއާއި ގްރޭޑް 12 އާ ދެމެދުގެ ހުރިހާ ގްރޭޑަކަށެވެ.

މިއަދު ސްކޫލަށް ދިއަ ގިނަ ދަރިވަރުން ބުނީ އެކުދިން އެންމެ އުފާވަނީ ސްކޫލުގެ މާހައުލަށް އަނބުރާ އާދެވުމުން ކަމަށެވެ. އަދި ރަހުމަތްތެރިންނާއި ބައްދަލުވުމާއެކު އެކުދިންގެ އުނގެނުމުގެ އެ މާހައުލު މަތިން ހަނދާންވިކަމަށް ދަރިވަރުން ބުނެއެވެ.

ސްކޫލްތައް އަލުން ހުޅުވާފައިވާއިރު ސްކޫލްތަކުގައި އަމަލުކުރަން ޖެހެނީ ނިއު ނޯމަލްގައި އަމަލުކުރަން އަންގާފައިވާ ހާއްސަ އުސޫލެއްގެ ދަށުންނެވެ. އެގޮތުން ޕްރީ ސްކޫލް ދަރިވަރުން ސްކޫލަށް ނެރޭ އިރު އެ ދަރިވަރުންނަށް ކިޔަވައިދޭން ޖެހެނީ ފަސް ދުވަހު ދުވާލަކު ދެ ގަޑިއިރަށް ވުރެ މަދު ނުވާނެ ގޮތަށެވެ. އޭގެ ތެރެއިން އެއް ގަޑި އިރު ވަންދެން ކުދިންނަށް ގައި ދުރުކަމާއި އަތް ދޮޮވުން ފަދަ ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތައް ކިޔައިދޭން ޖެހެއެވެ.

ޕްރައިމަރީ ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީގެ ދަރިވަރުންނަށް ކިޔަވައިދޭން ޖެހެނީ 5 ގަޑިއިރަށެވެ. ސްކޫލުގައި ކުދިން ތިބޭ ނިސްބަތަށް ބަލާފައި ކިޔެވުމުގެ ދަންފަޅި އޮންނަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހަފްތާ އަކު ފަސް ދުވަހު ދެ ސެޝަން އަކަށް ބަހާލައިގެން ކިޔަވައި ދިނުމާއި ދެ ދުވަހުން އެއް ދުވަހު ކުދިން ސްކޫލަށް ގެންދިއުމެވެ. އެގޮތަށް އަމަލުކުރާ ނަމަ ކުދިންނަށް އޮންލައިން ކްލާސްތައް ވެސް ނަގައިދޭން ޖެހެއެވެ.

ސްކޫލުތަކުގެ މެނޭޖްމަންޓުން މިކަންކަމަށް ވާންޖެހޭ އެންމެ ފުރިހަމަ ތައްޔާރީތައް ވެފައިވާކަން ފެނިގެންދިޔައީ މިއަދު ސްކޫލުތަކުން ފެނުނު މަންޒަރުންނެވެ. އެގޮތުން ވަކި އުސޫލުތަކެއްގެ މަތިން ދަރިވަރުން ސްކޫލައް ވައްދައި، އެކުދިންގެ ހުން ބަލައި އަތް ސެނެޓައިޒް ކުރުމަށް ހަނދާންކޮށްދެމުން ދިޔައީ ވަރުބަލި ކަމެއް ނެތިއެވެ.

ދެވަނަ ޓަރމުގެ ކިޔެވުން ފެށިގެން ގޮސްފައިވާއިރު ދަރިވަރުން އެކުދިންގެ ޒިންމާތައް އަދާކޮށް ކިޔެވުމަށް ސަމާލުކަން ދިނުމާއެކު ގައިޑްލައިންތަކަށް އަމަލު ކުރަމުން ގެންދިއުމަކީ ކޮންމެ ވަކިވަކި ކުއްޖެއްގެ ވެސް ޒިންމާއެކެވެ. އަދި އެއްކުޖަކު އަނެއް ކުއްޖަކަށް މިފަދަ ކަންކަމުގައި އެހީތެރި ވުމަކީ މުހިއްމު ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު