Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑަށް ރައްކާތެރިވުން

ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަކުރެވޭ މަންޒަރު ފެންނަމުންދޭ – އެޗްއީއޯސީ

9 ޖެނުއަރީ 2021 | ހޮނިހިރު 08:02

ބަލީގެ އަލާމާތް ކިތައްމެ ކުޑަނަމަވެސް ޓެސްޓް ކުރުން މުހިންމު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ޖެނުއަރީ 2021 | ހޮނިހިރު 08:02
ކޮވިޑްގެ ކޭސްތަކެއް ފެނި އާރުއާރުޓީން ހަރަކާތްތެރިވަނީ

ކޮވިޑްގެ ކޭސްތަކެއް ފެނި އާރުއާރުޓީން ހަރަކާތްތެރިވަނީ

ކޮވިޑް-19ގެ ކޭސްތައް މަދުން ފެންނަން ފަށާފައިވާ މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަކުރެވޭ މަންޒަރު ފެންނަމުންދާ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ދުނިޔޭގައި ކުރިއަރާފައިވާ ބައެއް ބޮޑެތި ގައުމުތަކުގައި ވެސް ވަރަށް ހަލުވިކަމާއެކުގައި ވައިރަސް ފެތުރިގެން ދިއުމުގެ ސަބަބުން އަނެއްކާވެސް ބައެއް ގައުމުތަކުގައި ލޮކްޑައުން ކުރަން ފަށާފައި ކަމަށެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ކޮވިޑް-19ގެ އައު ވޭރިއެންޓްތަކެއް ފެނިފައިވާ އިރު، އިތުރަށް ހަލުވިކަމަކާއެކުގައި ވައިރަސް ފެތުރުމުގެ ކަންބޮޑުވުންތައް އެބައޮތް ކަމަށެވެ.

Advertisement - newsAdvertisement

އަދި ބައެއް ގައުމުތަކުގައި މި ފެންނަ މަންޒަރުތަކަކީ ކޭސްތައް ގިނަވުމުގެ ސަބަބުން ހޮސްޕިޓަލްތައް ފުރި ކޮވިޑް-19ން ފަރުވާ ކުރުމަށާއި، އަދި އެހެން ބަލިތަކަށް ފަރުވާ ކުރުމަށް ވެސް ދަތިވެފައިވާތަން ކަމަށެވެ. ޑރ. ޝަހީދު ވިދާޅުވީ ކޮވިޑް-19 ރާއްޖެއަށް އައުމާ ގުޅިގެން ވެސް މަސައްކަތް ކުރަމުން ދިޔައީ މިފަދަ ހާލަތެއް ރާއްޖެއަށް އަޔަ ނުދިނުމަށްޓަކައި ކަމަށެވެ.

އަދި ދެވަނަ ޕީކްގައި ވެސް ހަރުދަނާ ފިޔަވަޅުތަކަކާއެކުގައި ލޮކްޑައުންއަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރެވުނު ކަމަށެވެ. އަދަދުތައް ދަށްކުރެވުނީ ރައްޔިތުންގެ ފަރާތުން ރައްކާތެރިކަމުގެ ގޮތުން އެޅިފައިވާ ފިޔަވަޅުތަކަށް ބޯލަނބައި އަދި އެ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމުގެ ސަބަބުންކަން ފާހަގަ ކުރައްވާ ޑރ. ޝަހީދު ވިދާޅުވީ މި ދަނޑިވަޅުގައި މި އަދަދުތައް ކޮންޓްރޯކް ކުރެވި ލިބިފައިވާ ކާމިޔާބީތައް ދެމެހެއްޓުމަށްޓަކައި ހުރިހާ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ހިފެހެއްޓުން ވަރަށް މުހިންމު ކަމަށެވެ.

ޑރ. ޝަހީދު ވިދާޅުވީ ބަލީގެ އެއްވެސް ނިޝާނެއް ހުންނަ ނަމަ އަވަހަށް ގޮސް ޓެސްޓް ކުރުން މުހިންމު ކަމަށެވެ. އަދި ޓެސްޓް ކުރަން ނުދާ ސަބަބުތަކުގެ ތެރޭގައި ބޮޑެތި އަލާމާތްތަކެއް ނުހުރުން ހިމެނޭ ކަން ފާހަގަކުރެވޭ ކަމަށާއި، ބައެއް ފަހަރު ވަރަށް އާދައިގެ ހުމެއް ނުވަތަ ކަރުގެ ރިހުމެއް ނުވަތަ ކުޑަކޮށް ކެއްސާލާ މިކަހަލަ ކުޑަކުޑަ އަލާމާތްތަކަށް ވާތީ ފަހަރެއްގައި ނުދަނީ ކަމަށް ވެސް ވެދާނެ ކަމަށެވެ.

ކޮވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވެއްޖެ ދިމާވެދާނެ ކަންކަމަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަހީދު ވިދާޅުވީ ލޯ ރިސްކް މީހަކަށް މާބޮޑު ނުރައްކަލަކަށް ނުވި ނަމަވެސް، މުޖްތަމައު ތެރޭގައި ވަރަށް ބޮޑު އަދަދަކަށް ބަލި ފެތުރިއްޖެނަމަ މީހުން ނިޔާވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އެކިއެކި ބަލިތަކަށް ފަރުވާ ކުރާ މީހުން ބަލީގެ ޝިކާރައަކަށް ވެގެންދާތަން އަދި ގިނަ އަދަދަކަށް މީހުން ނިޔާވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
13 މާރިޗު 2017

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!
13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
12 މާރިޗު 2017

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި
27 ފެބުރުއަރީ 2017

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
18 ފެބުރުއަރީ 2017

ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!

18 ފެބުރުއަރީ 2017
ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް