Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވްވުން

ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވްވީ ސެޕްޓެމްބަރު މަހު

8 ޖެނުއަރީ 2021 | ހުކުރު 06:59

ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ޖެނުއަރީ 2021 | ހުކުރު 06:59
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު - ފަތުރުވެރިންތަކެއް އެއަރޕޯޓްގައި މަޑުކޮށްލައިގެން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު - ފަތުރުވެރިންތަކެއް އެއަރޕޯޓްގައި މަޑުކޮށްލައިގެން

ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އޭގެ ތެރެއިން 0.36 އިންސައްތަ ފަތުރުވެރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

Advertisement - newsAdvertisement

ދެވަނަ އަށް ފަތުވެރިން އެންމެ ގިނައިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އޮގަސްޓް މަހާއި އޮކްޓޯބަރު މަހުއެވެ. އެއީ 0.26 އިންސައްތައެވެ. އޮގަސްޓް މަހު 7،628 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ނޮވެމްބަރު މަހު 21،515 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ނޮވެމްބަރު މަހު 35،759 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އޭގެ ތެރެއިން ވައިރަސް އަށް ޕޮޒިޓިވްވީ 0.13 އިންސައްތަ މީހުންނެވެ. ޑިސެމްބަރު މަހުގެ 30 ގެ ނިޔަލަށް 93،823 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އެ މަހު ވައިރަސްއަށް ޕޮޒިޓިވްވި ފަތުރުވެރިންގެ އަދަދު މަދުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެމަހު ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ 0.07 އިންސައްތަ މީހުންނެވެ.

ރާއްޖެއިން ކޮވިޑް ފެނުނުތާ 306 ދުވަސްވެފައިވާއިރު އެހެން ޤައުމުތަކަށް ނިސްބަތްވާ ޖުމްލަ 5،191 މީހަކު ރާއްޖެއިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން އެންމެ ގިނައިން ބަންގްލަދޭޝް މީހުން ޕޮޒިޓިވްވެފައިވާއިރު ދެވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ އިންޑިއާ އަށް ނިސްބަތްވާ މީހުންނެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުގެ މާޗް މަހުގައި ބަންދު ކުރުމަށް ފަހު ދެން ބޯޑަރު ހުޅުވީ ޖުލައި މަހުގައެވެ. އޭގެ ފަހުން ރިސޯޓުތަކަށް ފަތުރުވެރިންނަށް އާދެވޭ ގޮތަށް އޮތުމަށް ފަހު ލޯކަލް ޓޫރިޒަމް އަށް ހުޅުވާލީ އޮކްޓޯބަރު މަހުގައެވެ. މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ 555،399 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

ބޯޑަރުތައް ހުޅުވާލައި ލޯކަލް ޓޫރިޒަމް އަށް ހުޅުވާލި ނަމަވެސް ރަށްރަށުގައި ހުރިހާ ގެސްޓު ހައުސް އެއް އޮޕަރޭޓް ނުކުރެއެވެ. މިވަގުތު އޮޕަރޭޓް ކުރަމުންދަނީ 43 ރަށަކުން 269 ގެސްޓު ހައުސްއެވެ. މީގެ އިތުރަށް ސަފާރީތަކާއި ރިސޯޓުތައް ހިމެނޭ ގޮތުން ޖުމްލަ 41،792 ޓޫރިޒަމް ބެޑް މިހާރު އޮޕަރޭޓް ކުރެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

07 އޯގަސްޓު 2017

އިދިކޮޅު މެމްބަރުން މަޖިލީހަށް ވުރެ ގިނައިން ހާޒިރުވާން ޖެހެނީ ފުލުސް އޮފީހަށް، މިއީ ހިތާމަވެރިކަމެއް : އިބޫ

07 އޯގަސްޓު 2017
އިދިކޮޅު މެމްބަރުން މަޖިލީހަށް ވުރެ ގިނައިން ހާޒިރުވާން ޖެހެނީ ފުލުސް އޮފީހަށް، މިއީ ހިތާމަވެރިކަމެއް : އިބޫ
29 ޖުލައި 2017

ފަތުރުވެރިން ގޮވައިގެން ހުޅުލެއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ

29 ޖުލައި 2017
ފަތުރުވެރިން ގޮވައިގެން ހުޅުލެއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ
07 ޖުލައި 2017

މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާގައި ކުޑަކުދިންނާ ގުޅޭ ގޮތުން އެންމެ ގިނައިން ހުށަހެޅިފައި ވަނީ އަނިޔާ ކުރުމުގެ މައްސަލަ: އެޗްއާރުސީއެމް

07 ޖުލައި 2017
މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާގައި ކުޑަކުދިންނާ ގުޅޭ ގޮތުން އެންމެ ގިނައިން ހުށަހެޅިފައި ވަނީ އަނިޔާ ކުރުމުގެ މައްސަލަ: އެޗްއާރުސީއެމް
26 ޖޫން 2017

ރާއްޖޭގައި އިންސާނީ ހައްގުތައް ފުރިހަމައަށް ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ

26 ޖޫން 2017
ރާއްޖޭގައި އިންސާނީ ހައްގުތައް ފުރިހަމައަށް ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ
21 މެއި 2017

ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރި ލޯންޗެއް ދިޔަވާން ފަށައިފި

21 މެއި 2017
ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރި ލޯންޗެއް ދިޔަވާން ފަށައިފި
11 އެޕްރީލު 2017

ފެބްރުއަރީމަހު އެންމެ ގިނައިން ހުށައަޅާފައިވަނީ، ކުޑަކުދީންނަށް އަނިޔާ ކުރުމުގެ މައްސަލަތައް: ޖެންޑަރ

11 އެޕްރީލު 2017
ފެބްރުއަރީމަހު އެންމެ ގިނައިން ހުށައަޅާފައިވަނީ، ކުޑަކުދީންނަށް އަނިޔާ ކުރުމުގެ މައްސަލަތައް: ޖެންޑަރ
14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
14 ފެބުރުއަރީ 2017

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް