Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްްއާރުސީއެމް

މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާގައި ކުޑަކުދިންނާ ގުޅޭ ގޮތުން އެންމެ ގިނައިން ހުށަހެޅިފައި ވަނީ އަނިޔާ ކުރުމުގެ މައްސަލަ: އެޗްއާރުސީއެމް

7 ޖުލައި 2017 | ހުކުރު 13:43

އާއިލާ ތެރެއިން ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތައް ހުށަހެޅިފައިވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 7 ޖުލައި 2017 | ހުކުރު 13:43
ކުދަކުދިންތަކެއް ކުޅިވަރު ހަރަކާތެއްގެ ތެރެއިން

ކުދަކުދިންތަކެއް ކުޅިވަރު ހަރަކާތެއްގެ ތެރެއިން

މިދިޔަ އަހަރުގެ ފަހު ކުއާޓާރގައި ހިއުމަން ރައިޓަސް ކޮމިޝަނަށް ހުށަހެޅުނު ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލަތަކަކީ ކުޑަކުދިންނަށް އަނިޔާ ލިބިގެން ހުށަހެޅިފައިވާ މައްސަލަތައްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖުލައިން ފެށިގެން ޑިސެންބަރުގެ ނިޔަލަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ކުޑަކުދިންގެ ޙައްޤުތައް ގެއްލިގެން ހުށަހެޅިފައިވާ މައްސަލަތަކުގެ ރިވިއު ގައި ބުނެފެއިވާ ގޮތުގައި ކުޑަކުދިންގެ ހައްގުތަށް ގެއްލިގެން ހުށަހެޅުނު މައްސަލަތަކުގެ ތެރޭަގައި ކުޑަކުދިންނަށް އަނިޔާ ލިބިގެން ހުށަހަޅާފައިވާ މައްސަލަތަކާއި، އުނގެނުމުގެ ޙައްޤު ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތަކާއި، ޢާއިލާ ރޫޅުމުގެ ސަބަބުން، އެކުދިންގެ މަންމަ ނުވަތަ ބައްޕަގެ ފަރާތުން އަނިޔާލިބޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނެއެވެ.

އެޗްއާރުސީއެމްގެ ރިވިއުގައި ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރުގެ ފަހު 6 މަސްދުވަހުގެ ތެރޭގައި، ކުޑަކުދިންގެ ހައްޤުތައް ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ކުޑަކުދިންނަށް އަނިޔާކޮށްފައިވާ ކަމަށްބުނެ، ޖުމްލަ 13 މައްސަލަ ހުށަހަޅާފައިވާކަމަށް ފާހަގަކުރެވެއެވެ. މިގޮތުން، ހުށަހަޅާފައިވާ އަނިޔާގެ މައްސަލަތަކަށް ބަލާއިރު ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކާއި، ޖިންސީ އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކާއި، އަދި އެކިގޮތްގޮތުން އިޙުމާލު ވެފައިވާ މައްސަލަތައް ހިމެނެއެވެ.

ޖިސްމާނީ އަނިޔާކަމުގައި ބަލާފައިވާނީ ޢާއިލާގެ ތެރެއިން، މަންމަ، ނުވަތަ ބައްޕަ، ނުވަތަ ގޭގައި ދިރިއުޅޭ، ނުވަތަ ޢާންމުކޮށް ގެއަށް ވަދެ ނިކުމެ އުޅޭ މީހުންގެ ފަރާތުން ކުދިންނަށް ދޭ ޖިސްމާނީ އަނިޔާއަށެވެ. މިގޮތުން ޖިސްމާނީ އަނިޔާގެ 02 މައްސަލައެއް 2016 ވަނަ އަހަރުގެ ފަހު 6 މަސް ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅާފައިވެއެވެ. މި 02 މައްސަލައަކީވެސް ކުދިންގެ މަންމަ ކުދިންނަށް އަނިޔާކުރާކަމަށް ބުނެ ޢާއިލާގެ ފަރާތްތަކުންނާއި އަދި އަވަށްޓެރިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތަކެވެ.

ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން ކަމަށް ބުނެ ތަފާތު 06 މައްސަލަވަނީ 2016 ވަނަ އަހަރުގެ ފަހު 6 މަސްދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅާފައެވެ. މީގެތެރެއިން ބޮޑަށް ފާހަގަކުރެވިފައިވަނީ، ކުއްޖާގެ ޢާއިލާގެ ތެރެއިން، ނުވަތަ ގާތްތިމާގެ މީހެއްގެ ފަރާތުން ކުދިންނަށް ޖިންސީ އަނިޔާ ލިބިފައިވާ މައްސަލަތަކެވެ.

މިގޮތުން 2016 ވަނަ އަހަރުގެ ފަހު ކުއާޓާރގައި ކޮމިޝަނަށް ހުށަހެޅުނު ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލަތަކަކީ ކުޑަކުދިންނަށް އަނިޔާ ލިބިގެން ހުށަހެޅިފައިވާ މައްސަލަތަކެވެ.

ރިވިއުގައި ބުނެފައިވާ ގޮތުގައި އިޙުމާލުގެ މައްސަލައިގެ ގޮތުގައި ބަލާފައިވާނީ ޢާއިލާގެ ފަރާތުން ކުދިންނާ މެދު ވާ އިޙުމާލުގެ ސަބަބުން ކުދިންގެ ހައްޤުތަކެއް ގެއްލިގެން ހުށަހެޅިފައިވާ މައްސަލަތަކާއި، ކުޑަކުދިންނާ ގުޅުންހުރި ކަންކަމުގައި ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާފައި ވީނަމަވެސް، އެއިދާރާތަކުން މި ފަދަ މައްސަލަތަކުގައި އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުދިންނަށް ގެއްލޭ ހައްޤުތަކުގެ މައްސަލައެވެ. މިގޮތުން، ޢާއިލާގެ ފަރާތުން އިޙުމާލުވެގެން ހުށަހަޅާފައިވާ03 މައްސަލައަކާއި، ދައުލަތަށް ހުށަހަޅާފައިވާ މައްސަލަތަކުގައި، އެ މައްސަލަތައް ބެލުމުގައި ނުވަތަ ޙައްލުކޮށްދިނުމުގައި ލިބެންވާ މިންވަރަށް އެއްބާރުލުން ނުލިބުމުގެ ސަބަބުން ހުށަހަޅާފައިވާ 02 މައްސަލަ ހިމެނެއެވެ.

ރިވިއުގައި ބުނެފައިވާ ގޮތުގައި ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ބެލުމުގައި ރިޢާޔަތްކޮށްފައިވަނީކުޑަކުދިންގެ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި ޤާނޫނުއަސާސީގެ 34 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ހ) އާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު އާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު އާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު އާއި، ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު އަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް