Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާނުގެ ހާދިސާ

ނަޑެއްލާގެ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ

މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:30 ހާއިރު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 28 އެޕްރީލު 2017 | ހުކުރު 11:46
އަލިފާނުގެ ހާދިސާ ހިނގި ނަޑެއްލާ ޕާލްސާގެ

އަލިފާނުގެ ހާދިސާ ހިނގި ނަޑެއްލާ ޕާލްސާގެ

ގދ. ނަޑެއްލާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގެ އެއްކޮށް އަނދާ ހުލިވެއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނަޑެއްލާ ކައުންސިލް މެމްބަރު އަލީ ނިޔާޒް ވިދާޅުވީ މިއަދު ހެނދުނު 9:30 ހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ރަށުގެ ރައްޔިތުން އެއްވެ ޕަންޕު ބޭނުންކޮށްގެން އަލިފާން ނިއްވާލެވުނު އިރު ގެ އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ. މިހާދިސާ ހިނގާފައި ވަނީ އެރަށު ފާލްސާ ނަމަކަށް ކިޔާ ގެއެއްގައެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު ހަތް އަހަރުގެ ކުއްޖަކާއި އަދި ފިރިހެނަކު ގޭގައި ނިދާފައި އޮތް ކަމަށާއި އެހެން ނަމަވެސް އަލިފާން ގަނޑު ނުފެތުރެނީސް އެންމެން ވެސް ގެއިން ބޭރަށް ނިކުމެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި ދުމުގެ އަސަރު ވެސް އެއްވެސް މީހަކަށް ކޮށްފައި ނުވެ އެވެ.

އެ ގެއަކީ ދެ ކޮޓަރިއަކާއި ބަދިގެ އަދި ސިޓިން ރޫމެއް ހުންނަ ގެއެއް ކަމަށާއި އަލިފާން ރޯވީ ކިހިއްނެއް ކަމެއް އަދި ބުނަން ނޭނގޭ ކަމަށް ކައުންސިލް މެމްބަރު އަލީ ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން ތިނަދޫގައި ހަރަކާތްތެރިވާ ފުލުހުން މިހާރު ނަޑެއްލާއަށް އައިސް އެ ހާދިސާ ތަޙްޤީޤް ކުރަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
13 ފެބުރުއަރީ 2017

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

13 ފެބުރުއަރީ 2017
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ
11 ފެބުރުއަރީ 2017

ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

11 ފެބުރުއަރީ 2017
ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު