Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީގައި ޖިރޫޑް މަޑުކުރުން

ކުލަބު ބަދަލުނުކޮށް ޗެލްސީގައި ޖިރޫޑް މަޑުކުރާނެ

ޖިރޫޑް ކުލަބު ބަދަލުކުރަން ޖެހޭ ކަމަށް ޑެޝޯމްޕްސް މީގެ ކުރިން ވަނީ ބުނެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2021 | ބުދަ 14:06
ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސުގެ ފޯވާޑް އޮލިވިއޭ ޖިރޫޑް

ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސުގެ ފޯވާޑް އޮލިވިއޭ ޖިރޫޑް

މި ޖެނުއަރީ ޓްރާންސްފާގައި ކުލަބު ބަދަލުނުކޮށް ޗެލްސީގައި މަޑުކުރާނެ ކަމަށް އެ ޓީމުގެ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް ބުނެފިއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ޖިރޫޑް ވަނީ އިތުރު އެއް އަހަރަށް ޗެލްސީގައި މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފައެވެ. އެކަމަކު މި ނިމުނު ޓްރާންސްފާ ބާޒާރުގައި ޗެލްސީން ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ ގެނައި ފަހުން އުމުރުން 34 އަހަރުގެ ޖިރޫޑަށް ޗެލްސީގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުން މަދުވި ނަމަވެސް، މި ފަހުން ޗެލްސީން ކުޅުނު މެޗުތަކުގައި ޖިރޫޑަށް ވަނީ ފުރުސަތު ދީފައެވެ.

ޖިރޫޑް ޗެލްސީ ދޫކޮށްލާނެ ކަމަށް ފުރަތަމަ ބެލެވުނީ އޭނާއަށް ޗެލްސީގެ ފުރަތަމަ އެގާރައިން އެކަށީގެންވާ ފުރުސަތު ނުލިބޭނަމަ، ކުލަބު ބަދަލުކޮށް ކުޅުމުގެ ފުރުސަތު އޭނާ ހޯދަން ޖެހޭ ކަމަށް ފްރާންސުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނުމާ ގުޅިގެންނެވެ. އެގޮތުން މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުގައި ވާދަކުރާ ފްރާންސް ޓީމުން ޖާގަ ހޯދަން ބޭނުންނަމަ ކުލަބު ފެންވަރުގައި ޖިރޫޑުގެ ހާލަތަށް ބަދަލު އަންނަން ޖެހޭ ކަމަށްވެސް ޑެޝޯމްޕްސް ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖިރޫޑް ހޯދުމަށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޖިރޫޑް ބުނީ މި މަހު ކުލަބު ބަދަލުނުކޮށް އެއްބަސްވުމާ އެއްގޮތަށް ޗެލްސީގައި މަޑުކުރާނެ ކަމަށެވެ. އަދި އޭނާ ބޭނުންވަނީ މި ސީޒަނުގައި ޗެލްސީއާއެކު ކާމިޔާބީތަކެއް ހޯދުމަށް ކަމަށްވެސް މި އިންޓަވިއުގައި ޖިރޫޑް ވަނީ ބުނެފައެވެ.

ޖިރޫޑް އިތުރަށް ބުނީ މި އަހަރުގެ ހޫނު މޫސުމުގައި އެއްބަސްވުން ހަމަވަން އޮތް ނަމަވެސް، އިތުރު އެއް އަހަރު ޗެލްސީގައި މަޑުކުރުމުގެ ފުރުސަތު އެ އެއްބަސްވުމުގެ ދަށުން ލިބޭ ކަމަށެވެ. އެކަމަކު އަދި އެކަމާ ވަކިގޮތެއް ނުނިންމާ ކަމަށްވެސް ޖިރޫޑް ވަނީ ބުނެފައެވެ.

މި ޖެނުއަރީ ޓްރާންސްފާގައި ކުލަބު ބަދަލުނުކޮށް ޗެލްސީގައި ޖިރޫޑް މަޑުކުރާއިރު، މީގެ ކުރިން ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ އޭނާ އާއި ޖިރޫޑާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އޮންނަ ކަމަށާއި، ޖިރޫޑަކީ އަދިވެސް ޗެލްސީއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ޖިރޫޑް ޗެލްސީގައި މަޑުކުރުމަށް ކަމަށާއި، އެކަމަކު ޖެނުއަރީ މަހު ޗެލްސީ ދޫކޮށްލަން އޭނާ ބޭނުންވެއްޖެނަމަ އެކަމަށް ހުރަސް ނާޅާނެ ކަމަށްވެސް ލަމްޕާޑް އޭރު ވަނީ ބުނެފައެވެ.

އާސެނަލުން ވިދާލި ޖިރޫޑް ޗެލްސީއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ޗެލްސީއަށް ބަދަލުވެ، އެ ކުލަބާއެކު އެފްއޭ ކަޕާއި ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ޖިރޫޑް ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު 103 މެޗުގައި 37 ލަނޑު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަގުއެރޯ ސިޓީ ދޫކޮށްލަން ނޫޅޭ، އޭނާ ކްލަބުގައި މަޑުކުރާނެ: އެޖެންޓް

އަގުއެރޯ ސިޓީ ދޫކޮށްލަން ނޫޅޭ، އޭނާ ކްލަބުގައި މަޑުކުރާނެ: އެޖެންޓް

27 ޖޫން 2017
އަހަރެން އެދެނީ ރޮނާލްޑޯ ކުލަބުގައި މަޑުކުރަން: ރާމޯސް

އަހަރެން އެދެނީ ރޮނާލްޑޯ ކުލަބުގައި މަޑުކުރަން: ރާމޯސް

19 ޖޫން 2017
ޗެލްސީގައި މަޑުކުރަން ނިންމީ ކޯޗާ މަޝްވަރާ ކުރުމަށް ފަހު: ކަންޓޭ

ޗެލްސީގައި މަޑުކުރަން ނިންމީ ކޯޗާ މަޝްވަރާ ކުރުމަށް ފަހު: ކަންޓޭ

16 ޖޫން 2017
ޗެލްސީގައި ކޯސްޓާއަށް ކުރިމަގެއް ނެތްކަމަށް ކޯޗު ކޮންޓޭ ބުނެފި

ޗެލްސީގައި ކޯސްޓާއަށް ކުރިމަގެއް ނެތްކަމަށް ކޯޗު ކޮންޓޭ ބުނެފި

08 ޖޫން 2017
އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން

އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން

27 މެއި 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު