Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓް ރިޕޯޓް 2017

ބާ ދަރުމަވަންތަ ސްކޫލް ތަޅާލަން ހަވާލުކުރި ކުންފުންޏަށް އެކަން ނުކުރެވުމުން، އަގު ބޮޑުކޮށް ދެވަނަ ފަހަރަށްވެސް ހަމަ އެކުންފުންޏަށް!

6 ޖެނުއަރީ 2021 | ބުދަ 08:27

ބައު ދަރުމަވަންތަ ތަޅާލަން އެއްބަސްވި އަގަށްވުރެ 1،100،400ރ އިތުރަށް ހަރަދުކޮށްގެންވެސް، މުއްދަތަށް ނުނިންމުނު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ޖެނުއަރީ 2021 | ބުދަ 08:27
ދަރުމަވަންތަ ސްކޫލް މިހާރު ހިންގަމުންދާ ވަގުތީ އިމާރާތް: ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް ނުފެށި އެތައް އަހަރެއް ވެފައިވަނިކޮށް މަސައްކަތް ފެށީ މިއަހަރު

ދަރުމަވަންތަ ސްކޫލް މިހާރު ހިންގަމުންދާ ވަގުތީ އިމާރާތް: ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް ނުފެށި އެތައް އަހަރެއް ވެފައިވަނިކޮށް މަސައްކަތް ފެށީ މިއަހަރު

ދަރުމަވަންތަ ސްކޫލްގެ ބައު އިމާރާތް ތަޅާލަން ހަވާލުކުރި ކުންފުންޏަށް އެއްބަސްވުމުގައިވާ މުއްދަތައް އެކަން ނުކުރެވި، އަލުން އިއުލާން ކުރުމަކާނުލައި، ކުރިން ހަވާލުކުރި ކުންފުންޏާ އެމަސައްކަތް ހަވާލުކޮށްފައިވާކަން އެޑިއުކޭޝަން މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުގައި، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން، ބޮޑެތި މަސައްކަތާއި ގުޅިގެން، އިތުރަށް ކުރަން ނިންމި މަސައްކަތެއް، އެމަސައްކަތެއް ހަވާލުވެފައިވާ ފަރާތާއި ހަވާލުކުރެވޭނީ އިތުރަށް ކުރާ މަސައްކަތުގެ އަގު، އަސްލު ކޮންޓްރެކްޓްގެ ޖުމްލަ އަގުގެ 10 ޕަސެންޓަށްވުރެ އިތުރުނުވާނަމަ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ދަރުމަވަންތަ ސްކޫލްގެ ބައު އިމާރާތް ތަޅާލުމުގެ މަސައްކަތަށް އިތުރުކުރި ޖުމްލަ 1،100،400ރ (އެއްމިލިއަން އެއްލައްކަ ހަތަރުސަތޭކަ ރުފިޔާ) އެމަސައްކަތުގެ ޖުމްލަ އަގުގެ 10 ޕަސެންޓަށްވުރެ އިތުރުވި ނަމަވެސް، އަދި މަސައްކަތުގެ އަގާއި މުއްދަތައް ބަދަލު ގެންނަންޖެހޭފަދަ ހާލަތެއް މެދުވެރިވެފައިނުވިނަމަވެސް، މަސައްކަތުގެ އަގަށާއި މުއްދަތަށް ބަދަލުގެނެސް، އިއުލާންކުރުމަކާއި ނުލައި އެމަސައްކަތް ކުރިންވެސް ހަވާލުކުރި ފަރާތަށް މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެއީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ކަމެއްކަމަށް 2017 ވަނަ އަހަރުގެ އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މަޖީދިއްޔާ ސްކޫލްގެ ހުޅަނގު ބައި ދަތުމަންވަންތަ ސްކޫލްގެ ނަމަށް ބަދަލުކޮށް، ކިޔަވައިދޭން ފަށާފައިވަނީ 2002 ވަނަ އަހަރުއެވެ. ދަރުމަވަންތަ ސްކޫލްގެ އިމާރާތް ބައުވެ، އަދި ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހަމަ އެތަނުގައި ދަރުމަންވަންތަ ސްކޫލްގެ އައު އިމާރާތް ކުރުމަށް ނިންމައި ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތެއް، ވެލާނާގޭގެ ބައެއްގައި ހެދިއެވެ. އެ ވަގުތީ އިމާރާތުގައި ކިވައިދޭތާ އަހަރުތަކެއް ފާއިތުވެގެންދިޔައިރުވެސް، އަދި ޖާގައިގެ ދަތިކަން އިންތިހާއަށް އޮތްއިރުވެސް ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ފެށިފައެއް ނުވެއެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވަނީ، މާލެ ޖަލު ހުންނަ ސަރަހައްދުގައި އޮތް ހުސްބިމުގައި ދަރުމަވަންތަ ސްކޫލް އިމާރާތްކުރުމަށް ނިންމައި، އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފައެވެ.

މިދިޔަ 2020 ވަނަ އަހަރުގެ ފެބްރުއަރީ 4 ވަނަ ދުވަހު، ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ވަށާޖެހޭ ތަޢުލީމެއް ދެވޭ، އެއްދަންފަޅިއަށް ހިންގޭނެ ފުރަތަމަ މޮޑެލް ސްކޫލްގެ މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރައްވާފައިވަނީ 364 ދުވަސްތެރޭ ނިންމާގޮތަށެވެ. މިމަޝްރޫއަށް 74.9 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ 2022 ގެ ދިރާސީ އާ އަހަރު ދަރުމަވަންތައިގެ އާ ސްކޫލްގައި ކިޔަވައިދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ޑިޒައިން ކޮށްފައިވަނީ 1000 ދަރިވަރުންނަށް އަދި ކޮންމެ ކްލާސް ރޫމެއްގައި 25 ދަރިވަރުންނަށް ކިޔެވޭނެ ގޮތަށް 41 ކްލާސް ރޫމް ހިމަނައިގެން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

23 މާރިޗު 2017

ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ

23 މާރިޗު 2017
ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ
16 މާރިޗު 2017

ސްކޫލްތައް ބަންދު ކުރުމަށް ފަހު ޑާންސް ޕްރެކްސްޓިސް ކުރިއަށް ގެންދާ ކަމެއް ހެލްތަކަށް ނޭނގޭ!

16 މާރިޗު 2017
ސްކޫލްތައް ބަންދު ކުރުމަށް ފަހު ޑާންސް ޕްރެކްސްޓިސް ކުރިއަށް ގެންދާ ކަމެއް ހެލްތަކަށް ނޭނގޭ!
14 މާރިޗު 2017

ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!

14 މާރިޗު 2017
ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!
14 މާރިޗު 2017

ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު

14 މާރިޗު 2017
ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު
12 މާރިޗު 2017

ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!

12 މާރިޗު 2017
ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!
08 މާރިޗު 2017

މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ

08 މާރިޗު 2017
މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ
28 ފެބުރުއަރީ 2017

ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

28 ފެބުރުއަރީ 2017
ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް