Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އެތުލެޓިކޯ އަލުން އެއްވަނައަށް، ބާސާއަށް ހަނި މޮޅެއް

4 ޖެނުއަރީ 2021 | ހޯމަ 06:54

އަލަވޭސް އަތުން އެތުލެޓިކޯ މޮޅުވީ 2-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ޖެނުއަރީ 2021 | ހޯމަ 06:54
އަލަވޭސް އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެތުލެޓިކޯ މޮޅުވީ 2-1 ން

އަލަވޭސް އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެތުލެޓިކޯ މޮޅުވީ 2-1 ން

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ފަހު ވަގުތު ޑިޕޯޓިވޯ އަލަވޭސް ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ އެއްވަނައަށް އަލުން އަރައިފިއެވެ.

އަލަވޭސްގެ ދަނޑުގައި ކުޅުނު މެޗުން އެތުލެޓިކޯ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯއިން ވަނީ ލީޑު ނަގާފައެވެ. މި ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އެތުލެޓިކޯއަށް ލީޑު ނަގައިދިނީ މާކޮސް ލޮރެންޓޭއެވެ. މި މެޗުގައި އަލަވޭސްއަށް މައްސަލަތަކެއް ދިމާވީ 63 ވަނަ މިނެޓުގައި އެ ޓީމުގެ ވިކްޓަ ލަގުއާޑިއާއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު އޭނާއަށް ރަތް ކާޑެއް ދެއްކީ އެތުލެޓިކޯގެ ތޯމަސް ލެމާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

އެކަމަކު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް އެތުލެޓިކޯގެ ފެލިއްޕޭ އަތުން ބައިކޮޅަށް ވަން ލަނޑުން އަލަވޭސްއިން ވަނީ މެޗުގައި ނަތީޖާ އެއްވަރުކޮށްފައެވެ. މި މެޗުން އެތުލެޓިކޯ މޮޅުވީ މެޗުގެ ފަހު މިނެޓުގައި ލުއިސް ސުއަރޭޒް ޖަހައިދިން ލަނޑުންނެވެ.

މި މޮޅާއެކު އެތުލެޓިކޯ ތާވަލުގެ އެއްވަނައަށް އަލުން އެރީ ކުޅުނު 15 މެޗުން ލިބުނު 38 ޕޮއިންޓާއެކުއެވެ. ދެވަނައަށް ވެއްޓުނު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 17 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ. އަދި އެތުލެޓިކޯ އަތުން ބަލިވި އަލަވޭސް އޮތީ ތާވަލުގެ 14 ވަނައިގައި 17 މެޗުން 18 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ބާސެލޯނާ މޮޅުވީ ހުއެސްކާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗަކީ ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ބާސާއަށް ކުޅެދިން 750 ވަނަ މެޗެވެ. އަދި މިއީ ސްޕެނިޝް ލީގުގައި އޭނާ ކުޅުނު 500 ވަނަ މެޗެވެ.

ހުއެސްކާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބާސާއިން ޖަހާފައިވަނީ މި ހާފުގައެވެ. މެޗުގެ 27 ވަނަ މިނެޓުގައި މެސީ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރެންކީ ޑި ޔޮންއެވެ.

މި މޮޅާއެކު ބާސާ އޮތީ ތާވަލުގެ ފަސްވަނައިގައި 16 މެޗުން 28 ޕޮއިންޓާއެކުއެވެ. އަދި ބާސާ އަތުން ބަލިވި ހުއެސްކާ އޮތީ ތާވަލުގެ ފުލުގައި 17 މެޗުން 12 ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

އިތުރަށް ކިޔާލަން

31 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް: ހަނިމާދޫ އާއި ހިރިމަރަދޫ އެއްވަރުވިއިރު، ހިއްމަފުށި އަދި މާފުށި އެއްވަރު

31 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: ހަނިމާދޫ އާއި ހިރިމަރަދޫ އެއްވަރުވިއިރު، ހިއްމަފުށި އަދި މާފުށި އެއްވަރު
26 މާރިޗު 2017

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ
25 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް: ހަނިމާދޫ އަދި މާޅެންދޫއަށް ބޮޑު މޮޅެއް

25 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: ހަނިމާދޫ އަދި މާޅެންދޫއަށް ބޮޑު މޮޅެއް
24 މާރިޗު 2017

ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ

24 މާރިޗު 2017
ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
02 މާރިޗު 2017

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް