Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދު2020 ގައި ރާއްޖެ އައި ފަތުރުވެރިން

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައީ އިންޑިއާއިން

3 ޖެނުއަރީ 2021 | އާދީއްތަ 13:52

އިންޑިއާއިން ހިއްސާކުރަނީ ރާއްޖެ އައި ފަތުރުވެރިންގެ 11.3 އިންސައްތަ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 3 ޖެނުއަރީ 2021 | އާދީއްތަ 13:52
ވީއައިއޭ ގައި މަޑުކޮށްފައި އޮތް އިންޑިއާގެ ގައުމީ އެއަރލައިން އެއަރ އިންޑިއާގެ ފްލައިޓެއް

ވީއައިއޭ ގައި މަޑުކޮށްފައި އޮތް އިންޑިއާގެ ގައުމީ އެއަރލައިން އެއަރ އިންޑިއާގެ ފްލައިޓެއް

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު އިންޑިއާއިން 62,905 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ 11.3 އިންސައްތައެވެ.

މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާ ގައުމު ކަމަށްވާ ރަޝިއާއިން ހިއްސާ ކުރަނީ 11.1 އިންސައްތައެވެ. އެއީ ޖުމްލަ 61,388 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 10 ގައުމުން ރާއްޖެ އައި ފަތުރުވެރިންގެ 65.9 އިންސައްތަ ހިއްސާކުރާއިރު، ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެގައުމުން ރާއްޖެ އައި 52,716 ފަތުރުވެރިން ހިއްސާ ކުރަނީ 9.5 އިންސައްތައެވެ.

މީގެ އިތުރުން އިޓަލީވިލާތުން އައި 46,690 ފަތުރުވެރިން 8.4 އިންސައްތަ ހިއްސާކުރާއިރު، ޖަރުމަންވިލާތުން އައި 36,435 ފަތުރުވެރިން ހިއްސާކުރަނީ 6.6 އިންސައްތައެވެ. އަދި ޗައިނާއިން އައި 34,245 ފަތުރުވެރިން ހިއްސާކުރަނީ 6.2 އިންސައްތައެވެ.

މިދިޔަ އަހަރު ފަރަންސޭސިވިލާތުން 28,031 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ރާއްޖެ އައި ފަތުރުވެރިންގެ ފަސް އިންސައްތައެވެ.

ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައި 10 ގައުމުގެ ތެރޭގައި އެމެރިކާ ހިމެނޭއިރު، އެ ގައުމުން ހިއްސާކުރަނީ ރާއްޖެ އައި ފަތުރުވެރިންގެ 3.6 އިންސައްތައެވެ. އެއީ 19,759 ފަތުރުވެރިންނެވެ. މީގެ އިތުރުން މި ލިސްޓުގައި ސްވިޒަލޭންޑާއި ޔޫކްރެއިން ހިމެނޭއިރު، ސްވިޒަލޭންޑުން ރާއްޖެ އައިސްފައިވަނީ 12,516 ފަތުރުވެރިންނެވެ. އަދި ޔޫކްރެއިނުން އައިސްފައިވަނީ 10,343 ފަތުރުވެރިންނެވެ.

ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އަހަރު ނިމުނުއިރު ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އަހަރަށް ކަނޑައެޅި ފަތުރުވެރިންގެ ޓާގެޓަށް ވާސިލުވެފައިވާއިރު، ގިނަ އެވޯޑުތަކެއްވެސް ވަނީ ލިބިފައެވެ.

2020 ވަނަ އަހަރު ނިމުނުއިރު ޖުމްލަ 555,399 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް