Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގްރީން ލައިފް ސޯލާ ޕޮޑް

ސްޓެލްކޯއިން ގްރީން ލައިފް ސޯލާ ޕޮޑް ތައާރަފްކޮށްފި

30 ޑިސެމްބަރު 2020 | ބުދަ 18:52

ސޯލާ ޕޮޑުތަކުގެ ސްޓޭންޑާޑް ސައިޒްތަކަކީ 8 ޕެނަލްގެ ސިސްޓަމްތަކާއި 16 ޕެނަލްގެ ސިސްޓަމްތައް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 30 ޑިސެމްބަރު 2020 | ބުދަ 18:52
ސްޓެލްކޯގެ \"ގްރީން ލައިފް ސޯލާ ޕޮޑް\" ތައާރަފްކުރުން

ސްޓެލްކޯގެ \"ގްރީން ލައިފް ސޯލާ ޕޮޑް\" ތައާރަފްކުރުން

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އެފުއްދުމަށް "ގްރީން ލައިފް ސޯލާ ޕޮޑް" ތައާރަފްކޮށްފިއެެވެ.

ބުދަ ދުވަހުގެރޭ އުސްފަސްގަނޑު ސަރަހައްދު ހެލި ޕެޑުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ސްޓެލްކޯގެ "ގްރީން ލައިފް ސޯލާ ޕޮޑް" ތައާރަފްކޮށްދެއްވީ އެކުންފުނީގެ ބޯޑުގެ ޗެއަރމަން މުހައްމަދު ރަޝީދު އެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާާޅުވީ، ސްޓެލްކޯ ގްރީން ލައިފް ސޯލާ ޕޮޑަކީ ސެޓްލެކޯގެ ގްރީން ލައިފް ޕްރޮގްރާމުގެ ދަށުން ތިމާވެއްޓާއި ރަހުމަތްތެރި ސަގާފަތެއް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ ވަރަށްވެސް ފުރިހަމަ އީޖާދީ މަސައްކަތެއް ކަމަށެވެ.

މުޣުނީ ވިދާޅުވީ، މި ސޯލާ ޕޮޑު ފަރުމާ ކޮށްފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އަވިން ހަކަތަ އުފެއްދުމާއި ބޭނުންކުރާ ސިސްޓަމުތަކުގެ ތެރެއިން ފެންމަތީގައި ހިފެހެއްޓޭގޮތަށް ކޯރުކޯރުގައި އަދި މޫދުގައި ތައްޔާރުކުރެވިފައިވާ ސިސްޓަމްތައް ދިރާސާކުރުމަށްފަހު އެއަށްވުރެ ކޮލެޓީ އަދި އަގުހެޔޮ އުފެއްދުމެއްގެ ގޮތުގައި ކަމަށެވެ.

މުޣުނީ ވިދާޅުވީ، މި ސޯލާ ޕޮޑުތަކުގެ ސްޓޭންޑާޑް ސައިޒްތަކަކީ 8 ޕެނަލްގެ ސިސްޓަމްތަކާއި 16 ޕެނަލްގެ ސިސްޓަމްތައް ކަމުގައި ވީނަމަވެސް ޑިމާންޑް އޮންނަ ގޮތަކަށް ބަލައި މިއުފެއްދުން އެހެން ސައިޒުތަކުންވެސް ލިބިގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރުން ފެށިގެން މިސޯލާ ޕޮޑު ގަންނަން ބޭނުންވާ ފަރާތްތަކަށް ގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނީ މި ސޯލާ ޕޮޑަކީ މަދު ވަސީލަތްތަކަކާއެކު، ރަނގަޅަށް ބެލެހެއްޓޭނަމަ، 25 އަހަރުދުވަހު ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕޮޑެއް ކަމަށެވެ. އަދި މި ސޯލާ ޕޮޑްގައި 330 ވޮޓްގެ 8 ސޯލާ ޕެނަލް ހަރުކޮށްފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން އެ ޕެނަލްތަކުގެ އެފިޝެންސީ ފުރާޅެއްގައި ހަރުކުރާ ޕެނަލްތަކަށްވުރެ އެތައްތަނެއް ރަނގަޅު އިރު، އެއިން ގާތްގަނޑަކަށް މަހަކަށް 360 ޔުނިޓުގެ ހަކަތަ އުފައްދައިދޭނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ މި ސޯލާ ޕޮޑްތައް ފަރުމާކޮށްފައިވާނީ ޕްލަގް އެންޑް ޕްލޭ ކޮންސެޕްޓަށް އެކަތި އަނެކައްޗާއި ފަސޭހައިން، ގުޅުވާލެވޭ ގޮތަށް ކަމަށެވެ. އަދި ސީދާ ރަށްރަށުގެ ކަރަންޓު ގްރިޑާއި ގުޅާލުމުގެ އިތުރުން، ގްރިޑް ނުހުންނަ ރަށްރަށުގައި، ވަކިން ބެޓްރި ސިސްޓަމަކާއި ގުޅާލެވި، އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

18 ޖޫން 2017

ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

18 ޖޫން 2017
ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
24 މެއި 2017

9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ

24 މެއި 2017
9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ
21 މެއި 2017

ސްޓެލްކޯއިން ގެނައި 8 މެގަވޮޓްގެ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި

21 މެއި 2017
ސްޓެލްކޯއިން ގެނައި 8 މެގަވޮޓްގެ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
17 މެއި 2017

ސްޓެލްކޯއިން އިތުރު ޖަނަރޭޓަރެއް ބަހައްޓައި ހުކުރު ދުވަހު ގްރިޑާއި ގުޅައިލަނީ

17 މެއި 2017
ސްޓެލްކޯއިން އިތުރު ޖަނަރޭޓަރެއް ބަހައްޓައި ހުކުރު ދުވަހު ގްރިޑާއި ގުޅައިލަނީ
04 މެއި 2017

ޑޮލަރު ގަންނަން ސްޓެލްކޯއިން ދިން ފައިސާ ގެއްލުނު މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރުމުގެ މަރުހަލާ ފަށައިފި

04 މެއި 2017
 ޑޮލަރު ގަންނަން ސްޓެލްކޯއިން ދިން ފައިސާ ގެއްލުނު މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރުމުގެ މަރުހަލާ ފަށައިފި
01 މެއި 2017

ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި

01 މެއި 2017
ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި
17 އެޕްރީލު 2017

ލައިފް ސްކިލްސް ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ އިތުރު ބުރެއް ފަށައިފި

17 އެޕްރީލު 2017
ލައިފް ސްކިލްސް ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ އިތުރު ބުރެއް ފަށައިފި
20 ފެބުރުއަރީ 2017

ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި

20 ފެބުރުއަރީ 2017
ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް