Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޑިއުކޭޝަން

ލައިފް ސްކިލްސް ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ އިތުރު ބުރެއް ފަށައިފި

މިދިޔަ އަހަރު ނިމުނު އިރު 26387 ދަރިވަރުން ދިރިއުޅުމުގެ ހުނަރު ޕްރޮގްރާމްގައި ބައިވެރިވެފައިވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 17 އެޕްރީލު 2017 | ހޯމަ 18:33
ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގުރާމްގެ ތެރެއިން

ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގުރާމްގެ ތެރެއިން

ފުރާވަރު އުމުރުފުރައިގެ ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ސްކޫލްތަކުގެ ޓީޗަރުން ތަމްރީނުކުރުމުގެ މިއަހަރުގެ ހަތަރު ވަނަ ބުރު ފަށައިފިއެވެ.

މި މަހުގެ 12 އިން 20 ގެ ނިޔަލަށް ތުލުސްދޫގައި ހުންނަ ކ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމްގައި 16 ޓީޗަރަކު ބައިވެރިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. މި ތަމްރީނު ޕްރޮގްރާމަށް ބައިވެރިން ހޮވާފައިވަނީ ލައިފް ސްކިލްސް ފްސިލިޓޭޓަރުން ތަމްރީނުވެފައި ނެތް ސްކޫލްތަކުންނާ އަދި އާބާދީ ބޮޑެތި ސްކޫލްތަކުންނެވެ.

Advertisement - newsAdvertisement

ދިރިއުޅުމުގެ ހުނަރަކީ ސްކޫލްތަކުގެ މެންޑޭޓުގައި ހިމެނިގެން ސްކޫލް ދައުރު ނިމުމުގެ ކުރިން ކޮންމެ ދަރިވަރަކަށް ވެސް އެނގެންޖެހޭ ކަމަކަށް ވާއިރު، ލައިފް ސްކިލްސް ފެސިލިޓޭޓަރުން ތަމްރީނު ކުރުމުގެ ތިން ބުރެ މިއަހަރު ތެރޭގައި ހިންގި 66 ޓީޗަރުން ލައިފް ސްކިލްސް ފެސިލިޓޭޓަރުންގެ ގޮތުގައި ތަމްރީނުކުރެވިފައިވެއިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ހަމައެހެންމެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ދިރިއުޅުމުގެ ހުނަރުތަކާބެހޭ މައުލޫމާތު ދިނުމަށް މިދިޔަ ޖެނުއަރީ މަހު ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ އިރު، މި ޕްރޮގްރާމްގައި ގއ. ގދ. ލ. އަދި ދ. އަތޮޅުން 23 ޕްރިންސިޕަލަކު ބައިވެރިވިއިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

ފުރާވަރު އުމުރުގެ ދަރިވަރުންގެ ހައްގުތައް ރައްކައުތެރިކޮށް ނުރައްކަލަކަށް ހުށަހެޅިދާނެ ހާއްސަ ހާލަތަކުގައި ބޭނުންކުރެވިދާނެ ހުނަރުތައް ވެސް އުނގަންނައިދޭ މި ޕްރޮގްރާމްގެ ދަށުން 2016 ވަނަ އަހަރު ނިމުން އިރު 624 ޓީޗަރުން މިކަމުގެ ފެސިލިޓޭޓަރުންގެ ގޮތުގައިވަނީ ތަމްރީންކުރެވިފައިވާ ކަމަށް ވެސް އެޑއިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ، އަދި 2016 ވަނަ އަހަރު ނިމުނު އިރު 26387 ދަރިވަރުން ދިރިއުޅުމުގެ ހުނަރު ޕްރޮގްރާމްގައި ބައިވެރިވެފައިވެއިވާކަން މިނިސްޓްރީން ފާހަގަ ކުރެއެވެ،

ކާމިޔާބު ދިރިއުޅުމެއް ބައްޓަން ކުރުމަށް ބޭނުންވާ ހުނަރުތައް ސްކޫލް ނިމިގެން ދާއިރު ކޮންމެ ދަރިވަރެއްގެ ކިބާގައި އަށަގެންންނެވުމަށް ހިންގާ މި ޕްރޮގްރާމް ގްރޭޑް ހަޔަކުން ފެށިގެން ބާރައިގެން ދަރިވަރުންނަށް ތިން އުމުރު ފުރައަކަށް ބަހާލައިގެން ސްކޫލްތަކުގައި ކުރިއަށް ގެންދެ އެވެ. އެއީ ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނާއި ގްރޭޑް 8 އަދި 9 ގެ ދަރިވަރުންނާއި ގްރޭޑް 11 އަދި 12 ގެ ދަރިވަރުންގެ އުމުރުފުރައެވެ. ދިރިއުޅުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮސްދިނުމުގައި ހަރަކާތްތައް ރޭވިފައި ހުންނާނީ ދަރިވަރުންގެ އުމުރުފުރައާ ގުޅޭ ގޮތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު