Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19، އިނގިރޭސިވިލާތުގެ ހާލަތު

އައު ސްޓްރެއިންއާއިއެކު އިނގިރޭސިވިލާތަށް ކޮވިޑްގެ ތިންވަނަ ރާޅެއް!

29 ޑިސެމްބަރު 2020 | އަންގާރަ 23:08

މިދިޔަ ހޯމަ ދުވަހު އެކަނިވެސް އެގައުމުން 41،385 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 29 ޑިސެމްބަރު 2020 | އަންގާރަ 23:08
އިނގިރޭސިވިލާތުގެ މަގުތަކުގައި ކޮވިޑްއިން ރައްކާތެރިވުމަށް އިރުޝާދުދީ ބޯޑު ހަރުކޮށްފައި ވަނިކޮށް

އިނގިރޭސިވިލާތުގެ މަގުތަކުގައި ކޮވިޑްއިން ރައްކާތެރިވުމަށް އިރުޝާދުދީ ބޯޑު ހަރުކޮށްފައި ވަނިކޮށް

އިނގިރޭސިވިލާތުން ފެނުނު އައު ސްޓްރެއިންނާއިއެކު، އެގައުމަށް ކޮވިޑްގެ ތިންވަނަ ރާޅު ބިންދާލާފައިވާކަމަށް އިނގިރޭސިވިލާތުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޑިސެމްބަރު މަހުގެ ފަހު ދެ ހަފްތާގައި އިނގިރޭސިވިލާތުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެ ގުނައަށް އިތުރުވެފައިވާއިރު، މިދިޔަ ހޯމަ ދުވަހު އެކަނިވެސް އެގައުމުން 41،385 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއީ މި ބަލި އިނގިރޭސިވިލާތުން ފެނުނު ފަހުން 40،000 އަށްވުރެ ގިނަ މީހުން 24 ގަޑިއިރު ތެރޭގައި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އިނގިރޭސިވިލާތަށް ކޮވިޑްގެ ދެ ރާޅު ބިންދާލާފައިވާއިރު އެގައުމަށް ކޮވިޑްގެ ފުރަތަމަ ރާޅު ބިންދާލާފައިވަނީ އޭޕްރީލް މަހުން ފެށިގެން މޭ މަހަށެވެ. އަދި ދެވަނަ ރާޅު އޮކްޓޯބަރުން ފެށިގެން ނޮވެމްބަރާއި ހަމައަށް ފެނިފައިވެއެވެ.

ކޮވިޑްގެ ދެވަނަ ރާޅާއިއެކު އެގައުމުން ދުވާލެއްގެ މައްޗަށް 20،000 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މި އަދަދު ތިންވަނަ ރާޅާއިއެކު އިތުރުވާނެ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ކޮވިޑްގެ އައު ސްޓްރެއިން އިނގިރޭސިވިލާތުން ފެނިގެން ރިޕޯޓް ކޮށްފައިވަނީ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އަދި އައު ސްޓްރެއިންގެ ސަބަބުން ވައިރަސް ގައިން ގަޔަށް އަރާ މިންވަރު 70 އިންސައްތަ އަވަސްކަމަށް ރިޕޯޓްތަކުން ވަނީ ދައްކާފައެވެ.

އިނގިރޭސިވިލާތުގެ ސިއްހަތާއި ބެހޭ ވަޒީރު މެޓް ހެންކޮކް ވިދާޅުވީ އައު ސްޓްރެއިންނާއިއެކު ވައިރަސް ފެތުރެން ފަށާފައިވާ މިންވަރު ވަނީ ނު ހުއްޓުވޭ ވަރަށް އިތުރުވެފައި ކަމަށެވެ. އަދި މިއީ ކޮވިޑްގެ ތިންވަނަ ރާޅު ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އައު ސްޓްރެއިންނާއިއެކު އިނގިރޭސިވިލާތުން އަންނަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިނގިރޭސިވިލާތަކީ މުޅި ދުނިޔެއިން 6 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ގައުމެވެ. އެގޮތުން އެގައުމުން މިހާތަނަށް 2،382،865 (ދެ މިލިއަން ތިންލައްކަ އަށްޑިހަ ދެހާސް އަށްސަތޭކަ ފަސްދޮޅަސް ފަހެއް) މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިބަލީގައި 71،567 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2017

ޒިމްބާބްވޭގެ އައު ސަރުކާރުގެ އިސް މަގާމުތަކަށް އަސްކަރިއްޔާގެ އިސް ބޭފުޅުން!

01 ޑިސެމްބަރު 2017
ޒިމްބާބްވޭގެ އައު ސަރުކާރުގެ އިސް މަގާމުތަކަށް އަސްކަރިއްޔާގެ އިސް ބޭފުޅުން!
24 ނޮވެމްބަރު 2017

ޒިމްބާބުވޭގެ އައު ރައީސް "ކިނބޫ" އެނގޭތަ؟

24 ނޮވެމްބަރު 2017
ޒިމްބާބުވޭގެ އައު ރައީސް "ކިނބޫ" އެނގޭތަ؟
10 އޮކްޓޯބަރު 2017

ރައީސް ޓްރަމްޕް އެމެރިކާ ތިންވަނަ ބޮޑު ހަނގުރާމައަކަށް ވައްޓާލަފާނެ:ބޮބް ކޯކަރ

10 އޮކްޓޯބަރު 2017
ރައީސް ޓްރަމްޕް އެމެރިކާ ތިންވަނަ ބޮޑު ހަނގުރާމައަކަށް ވައްޓާލަފާނެ:ބޮބް ކޯކަރ
23 ސެޕްޓެމްބަރު 2017

އިންޑިއާއަށް ރޮހިންޖާ މުސްލިމުން އައުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ދަނީ ބޭނުން ކުރަމުން

23 ސެޕްޓެމްބަރު 2017
އިންޑިއާއަށް ރޮހިންޖާ މުސްލިމުން އައުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ދަނީ ބޭނުން ކުރަމުން
11 ޖޫން 2017

ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅަށް ބަދަލެއްނާދޭ!

11 ޖޫން 2017
ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅަށް ބަދަލެއްނާދޭ!
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
24 މެއި 2017

އިނގިރޭސިވިލާތަށް ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް މަތީގައި!

24 މެއި 2017
އިނގިރޭސިވިލާތަށް ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް މަތީގައި!
13 މެއި 2017

ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި

13 މެއި 2017
ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް