Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕްގެ ވެރިކަން

ރައީސް ޓްރަމްޕް އެމެރިކާ ތިންވަނަ ބޮޑު ހަނގުރާމައަކަށް ވައްޓާލަފާނެ:ބޮބް ކޯކަރ

ކޯކަރ ވިދާޅުވީ ޓްރަމްޕް އަމަލު ކުރައްވަމުން ގެންދަވަނީ "ރިއަލިޓީ ޝޯއެއް ފަދައިން" ކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 10 އޮކްޓޯބަރު 2017 | އަންގާރަ 03:42
ކޯކަރ ވިދާޅުވީ ޓްރަމްޕް އަމަލު ކުރައްވަމުން ގެންދަވަނީ "ރިއަލިޓީ ޝޯއެއް ފަދައިން" ކަމަށް

ކޯކަރ ވިދާޅުވީ ޓްރަމްޕް އަމަލު ކުރައްވަމުން ގެންދަވަނީ "ރިއަލިޓީ ޝޯއެއް ފަދައިން" ކަމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމު " ތިންވަނަ ބޮޑު ހަނގުރާމައެއްގެ މަގަށް ގެންދަވާފާނެ"ކަމަށް ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ސެނޭޓްގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ޗެއަރމަން އިންޒާރު ދެއްވައިފިއެވެ.

ސެނޭޓަރ ބޮބް ކޯކަރ ވިދާޅުވީ ރައީސްކަމުގެ މަގާމާމެދު ޓްރަމްޕް އަމަލު ކުރައްވަމުން ގެންދަވަނީ "ރިއަލިޓީ ޝޯއެއް ފަދައިން" ކަމަށެވެ.

ޓެނެސީ ތަމްސީލް ކުރައްވާ ގޮނޑިން ރިޓަޔަރ ކުރައްވަން ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ މެމްބަރު ވިދާޅުވީ ވައިޓް ހައުސްގެ ސްޓާފުން ވެސް ޓްރަމްޕް ހުންނެވުމުން އުނދަގޫތައް ތަހައްމަލް ކުރަމުން ދާކަމަށެވެ.

ކޯކަރގެ މި ބަސްފުޅުތަކަކީ ރައީސް ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކަށް އަމިއްލަ ފުޅު ޕާޓީގެ މެމްބަރެއްގެ ފަރާތުން ދެވިގެންދިޔަ ފާހަގަ ކޮށްލެވޭ ހަމަލާތަކެކެވެ.

ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް ކޯކަރ ގެނައުމަށް ރައީސް ޓްރަމްޕް މިދިޔަ އަހަރު ނިންމެވި ނަމަވެސް އެ ޚިޔާލުފުޅު ފަހުންވަނީ ބަދަލު ކުރައްވާފައެވެ.

އާދީއްތަ ދުވަހު ނިއުޔޯކް ޓައިމްސްއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ކޯކަރވަނީ ރައީސް ޓްރަމްޕްގެ އަޚްލާގު ހުންނަ ގޮތާމެދު ކަންބޮޑުވެ ވަޑައިގަންނަވާކަމަށް ވެސް ވިދާޅުވެފައެވެ.

"އަޅުގަނޑަކަށް ހިޔެއް ނުވޭ އެމަނިކުފާނު ގަބޫލު ފުޅު ކުރައްވާ ހެނެއް އެމެރިކާގެ ރައީސް ގެ ތަގުރީރުން އަދި އެ މަނިކުފާނު ވިދާޅުވާ އެއްޗަކުން މުޅި ދުނިޔެއަށް އޭގެ އަސަރު ކުރާކަމެއް، ވަކިން ޚާއްސަކޮށް އެ ތަގްރީރު ކުރައްވާ ސަރަހައްދަކުން" އެ މަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު