Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަންނެލި މަސްވެރިންގެ ކަންބޮޑުވުން

ކަންނެލި މަސްވެރިންގެ އަޑު ސަރުކާރަށް އިއްވާނަން: ބީކޭއެމްޔޫ

28 ޑިސެމްބަރު 2020 | ހޯމަ 13:23

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހުކޮށްފައި ވަނީ ޑިސެމްބަރު މަހު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 28 ޑިސެމްބަރު 2020 | ހޯމަ 13:23
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ރާއްޖޭގައި މަސްވެރިކަންކުރާ އާބާދީގެ ބޮޑު ބަޔަކީ ކަންނެލި މަސްވެރިކަންކުރާ މީހުން ކަމަށާއި އެ މަސްވެރިންގެ ކަންބޮޑުވުމުގެ އަޑު ސަރުކާރަށް އިވެމުން ނުދާކަން ޔަގީންވާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހާއި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ޓެގް ކުރައްވާ ބީކޭއެމްޔޫއިން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ބޮޑު ކަންނެލި މަސްވެރިކަންކުރާ މަސްވެރިންނަކީ މި ގައުމުގައި މަސްވެރިކަން ކުރާ ބައެއް ނޭނގެނީތޯ ބުނެ ސުވާލު އުފައްދާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެ ޖަމިއްޔާގެ ޕޯސްޓުގައި ބުނެފައިވަނީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ކަންނެލި މަސްވެރިކަމުގައި ހިއްސާވާ ކަމަށާއި ބޮޑު ކަންނެލި މަސްވެރިންގެ ނަންވެސް ނުގަނެވޭ ހިނދު، މަސްވެރިކަމުގެ ބަޖެޓުގައި ކަންނެލި މަސްވެރިންނަށް އޮތީ ސުމެއް ކަމަށެވެ.

ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިތުރަށް ބުނެފައި ވަނީ ބޮޑު ކަންނެލި މަސްވެރިންނަށް ސަރުކާރުން ވަނީ ބޮޑުތަނުން އިހުމާލުވެފައި ކަމަށާއި ކަންނެލި މަސްވެރިންގެ އަޑު ސަރުކާރަށް ނުއިވޭކަން ސާފު ވެއްޖެ ކަމަށެވެ. ނަމަވެސް އެފަރާތްތަކުގެ އަޑު ސަރުކާރަށް އަދި އިއްވާނެ ކަމަށްވެސް ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ދާދި ފަހަކުން ރަޖިސްޓްރީ ކުރެވުނު ބީކޭއެމްޔޫ ޖަމިއްޔާ އުފައްދާ ޖަލްސާ ބާއްވާފައި ވަނީ ކަނޑުމަތީ އިހުތިޖާޖެއްގެ ގޮތުގައެވެ. ކަނޑުމަތީގައި ކަންނެލި މަސްވެރިކަން ކުރާ އުޅަނދުފަހަރުތަކެއް ޖަމާވެ ބޭއްވި އެ ޖަލްސާގައި މި ޖަމިއްޔާ ހިންގާ ކޮމިޓީ ވެސް އެކުލަވާލާފައިވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ މަސްވެރިންނަށް މަހުގެ ހަމަ އަގު ނުލިބުމާއި، މަސް ފިނިކުރަން ބޭނުންވާ އައިސް ނުލިބުމުގެ ޝަކުވާއަކީ އެތައް ދުވަހެއް ވަންދެން މަސްވެރިން ދައްކަމުން އަންނަ ވާހަކަތަކެކެވެ. އަދި މި ކަންކަން ހައްލުކުރެވޭނެ ދުވަހެއް ހޯދުމަށް މަސްވެރިން އަންނަނީ ކެނޑިނޭޅި އެއިރެއްގައި އޮންނަ ސަރުކާރަކަށް ވެސް އެކަމުގެ ސުވާލުތައް އަމާޒުކުރަމުންނެވެ.

އެއާއެކު މަސްވެރިންނަށް ދިމާވެފައިވާ ތަފާތު އެކި މައްސަލަތަކަށް ހައްލު ހޯދައިދީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އަހާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް