Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްބައިވަންތަކަމުގެ ދުވަސް

ސުނާމީ ކާރިޘާގައި ސާބިތުކޮށްދިން ފަދަ އެކުވެރިކަމާއި، އެއްބައެއްވަންތަކަމުގެ ރޫޙު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިލައްވައިފި

ސުނާމީ ކާރިޘާގެ އެ ނާޒުކު ވަގުތު ހުރިހާ ފަރުދުން ވެސް ޤައުމީ އެއްބައިވަންތަކަން ކުރިއަށް ނެރެ، އިސްކަންދިނީ، އެކަކު އަނެކަކަށް އެހީތެރިވުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޑިސެމްބަރު 2020 | ހޮނިހިރު 18:18
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ވަހަކަފުޅު ދައްކަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ވަހަކަފުޅު ދައްކަވަނީ

ޤައުމީ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި ވެސް ޢަޒުމް ކަނޑައަޅައި އިސްކުރަންވީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ދިވެހިން ސާބިތުކޮށްދިން ފަދަ އެކުވެރިކަމާއި، އެއްބައެއްވަންތަކަމުގެ ރޫޙުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސުނާމީ ކާރިޘާގެ އެ ނާޒުކު ވަގުތު ހުރިހާ ފަރުދުން ވެސް ޤައުމީ އެއްބައިވަންތަކަން ކުރިއަށް ނެރެ، އިސްކަންދިނީ، އެކަކު އަނެކަކަށް އެހީތެރިވުމަށްކަމުގައެވެ. އަދި ހަމައެހެންމެ، އެ ކާރިޘާގެ ހަނދާންތައް އައުކުރާއިރު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހިފައިވާ އެއް ޤައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރައްވައި، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން ދިވެހި ސަރުކާރުން އިސްނަގައިގެން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

އަދި، ރާއްޖެއިން 2030 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ އެމިޝަންއަށް ވާޞިލްވުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި، ވަކީން ޚާއްޞަކޮށް އަމިއްލަ ކުންފުނިތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ފަރުދުންގެ ބައިވެރިވުން ސަރުކާރަށް ބޭނުންވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮވިޑްއަށް ފަހު ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް ސިނާޢަތަކީ މަސްވެރިކަމުގެ ސިނާޢަތްކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އެ ގޮތުން މަސްވެރިންގެ ހުރި ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާކަން ފަހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މަސްވެރިންނަށް އެންމެ ފައިދާހުރި ގޮތަކަށް އެ ސިނާޢަތް ބައްޓަންކުރުންކަމުގައެވެ.

ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދިނުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ ޢިތްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ސުނާމީ ކާރިޘާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި އެއް މިނެޓުގެ ސުކޫތެއް ގެނެވުނެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ކޯޓުގެ އަމުރާ ޚިލާފެއް ނުވަން، އެފަދަ ކަމެއް ކުރާކަށް ވެސް ނުބުނަން: އަލީމް

09 އެޕްރީލު 2017
ކޯޓުގެ އަމުރާ ޚިލާފެއް ނުވަން، އެފަދަ ކަމެއް ކުރާކަށް ވެސް ނުބުނަން: އަލީމް
04 އެޕްރީލު 2017

ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް

04 އެޕްރީލު 2017
ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް
03 އެޕްރީލު 2017

ސައުދު ފަދައިން އެހެން މެންބަރުން ވެސް ރައްޔިތުންގެ ކޮޅަށް އަރާވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި

03 އެޕްރީލު 2017
ސައުދު ފަދައިން އެހެން މެންބަރުން ވެސް ރައްޔިތުންގެ ކޮޅަށް އަރާވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި
31 މާރިޗު 2017

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

31 މާރިޗު 2017
ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު
29 މާރިޗު 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި

29 މާރިޗު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު