Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަޒައިލްގެ މައްޗަށް ކުރެވޭ ތުހުމަތު

މޯލްޑިވް ގޭހުގެ އެމްޑީ ޝަޒައިލްގެ ރިޝްވަތުގެ މައްސަލައިގެ ރިޕޯޓް މަޖިލީހަށާއި ރައީސް އޮފީހަށް

23 ޑިސެމްބަރު 2020 | ބުދަ 05:02

މޯލްޑިވް ގޭހުގެ އެމްޑީ ޝަޒައިލް ސަސްޕެންޝަނުގައި ހުންނަވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 ޑިސެމްބަރު 2020 | ބުދަ 05:02
މޯލްޑިވް ގޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސިޔާމް: މަނީ ލޯންޑަރިންގގެ ތުހުމަތުވެސް ކުރެވޭ

މޯލްޑިވް ގޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސިޔާމް: މަނީ ލޯންޑަރިންގގެ ތުހުމަތުވެސް ކުރެވޭ

މޯލްޑިވް ގޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސިޔާމްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލަ ނިންމުމަށްފަހު، ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އެމައްސަލަ ތަހުގީގުކުރި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އޮފިޝަލަކު "ރާއްޖެއެމްވީ" އަށް ވިދާޅުވީ، މޯލްޑިވްސް ގޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސިޔާމްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް އޭސީސީން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލައިގެ ތަހުގީގުން ޝަޒައިލްގެ މައްޗަށް މަނީ ލޯންޑަރިންގ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވޭތީ، އެމައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

މަނީ ލޯންޑަރިންގެ މައްސަލަތައް ބެލުމުގެ ގާނޫނީ ބާރު އޭސީސީއަކަށް ނޯވެ އެެވެ. އޭސީސީއިން ފުލުހުންނަށް އެ މައްސަލަ ފޮނުވީ އެހެންވެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، ރިޝްވަތުގެ މައްސަލަ ސާބިތުވާވަރުގެ ހެކި ލިބިފައިނުވަނީ ޝަޒައިލް ހެކި ނައްތާލާފައިވާތީ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، ޝަޒައިލްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ތަހުގީގަށް ހިފަހައްޓައި އެ ފޯނުން ޑޭޓާ ދިރާސާކުރުމަށްފަހު، ފުލުހުންގެ އިދާރާގެ ފޮރެންސިކް ޑިޕާޓްމަންޓަށް ހުށަޅިއެވެ. ފޮރެންސިކްގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ، އެންމެފަހުން އެފޯނުގެ އިނީޝިއަލް ސެޓްއަޕް ހަދައި، އެފޯނު ބޭނުންކުރަން ފެށިފައިވަނީ 30 ޖުލައި 2020 ގައި ކަން ދެނެގަނެވިފައިވެއެވެ. އަދި ފޯނުގެ ޑިވައިސް އިވެންޓް ލޮގް، ފޯނު ލޮގް އަދި ޑޭޓާބޭސް ކްރިއޭޝަން ޑޭޓްތައް ފެށިފައިވަނީ 30 ޖުލައި 2020ގައިކަން ފާހަގަކޮށްފައިވެއެވެ.

ޝަޒައިލްގެ ފޯނު ތަހުގީގުގެ ބޭނުމަށް ހިފަހައްޓަން އުޅޭކަމުގެ މައުލޫމާތު ޝަޒައިލްއަށް ކޮންމެވެސް ފަރާތަކުން ފޯރުކޮށްދީފައިވާކަން ތުހުމަތުކުރެވޭތީ މިމައްސަލާގައި ކަންހިނގާފައިވާގޮތް ބެލުމަށް ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ކަމުގެ މައުލޫމާތުވެސް ލިބެއެވެ.

ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މިމައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑް ކޮށްފައިވަނީ މިދިއަ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމެޓީން އެމައްސަލަ ބަލައި އަދި ތަހުގީގުކުރުމަށް އޭސީސީއަށް ހުށަހަޅާފައިވެއެވެ.

ޝަޒައިލް ސަސްޕެންޑް ކޮށްފައިވަނީ، މޯލްޑިވް ގޭހުން ނުއަގުގައި ސަޕްލަޔަރެއްގެ އަތުން ގޭސް ގަންނަކަމުގެ މައްސަލައިގައެވެ. މި މައްސަލަ ބެލުމަށް ފަހު،މޯލްޑިވް ގޭހުން "ޑައިރެކްޓް ޕަރޗޭސް" ގެ ދަށުން ގޭސް ގަތުމަށްއެންގުމަށް ވެސް އެސްއޯއީ ކޮމިޓީއިން ފާސްކޮށްފައިވެއެވެ.

މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް ނިމުން ލަސްވަމުންދާތީ މި ޑިސެމްބަރު މަހު ބޭއްވި އެސްއޯއީ ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރުން ކަންބޮޑުވުން ފާޅު ކުރެއްވުމަށްފަހު، ވަނީ އެމައްސަލައިގެ ތަހުގީގު ދެ މަސް ދުވަހުގެ ތެރޭގައި ނިންމާ ދެއްވުމަށް އޭސީސީގައި އެދުމަށް ނިންމާފަ އެވެ. އަދި އެސްއޯއީ ކޮމެޓީގެ އެރިޕޯޓް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯރމް މޫވްމަންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި މޯލްޑިވް ގޭހުގެ އެމްޑީގެ މަގާމަށް ވަޑައިގެންނެވި ޝަޒައިލް ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރގެ މަގާމު ފުރުއްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް