Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވް ގޭހުގެ ކޮރަޕްޝަން

މޯލްޑިވް ގޭހުގެ އެމްޑީ ޝަޒައިލަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ މައްސަލައެއް ޕޮލިހަށް

ޝަޒައިލް ސަސްޕެންޑް ކޮށްފައި ހުންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2020 | އަންގާރަ 08:08
މޯލްޑިވް ގޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމް

މޯލްޑިވް ގޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމް

މޯލްޑިވް ގޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސިޔާމްގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފުލުހުންގެ އިދާރާއަށް ހުށަހަޅައިފި އެވެ.

އޭސީސީގެ އޮފިޝަލަކު ވަނީ "ރާއްޖެއެމްވީ"އަށް އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ، އެމައްސަލަ ފާހަގަ ކުރެވުނީ، މޯލްޑިވް ގޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައި ހުންނަވައި، ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވުނު ކޮރަޕްޝަން މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގަ ކަމަށެވެ.

Advertisement - newsAdvertisement

މިމައްސަލައާ ގުޅޭ އޭސީސީގެ ލިޔުމެއް ކަމަށް ބެލެވޭ ލިޔުމެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެލިޔުމުގައި ޝަޒައިލް ސިޔާމްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގެ ތަފްސީލް ހިމެނެއެވެ. ނަމަވެސް އޭސީސީން އެލިޔުން ރަސްމީކޮށް، އާންމުކޮށްފައި ނުވެއެވެ.

ޝަޒައިލް ސިޔާމަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތު:

މި މައްސަލައިގެ ތަޙުޤީޤުގައި ޝަޒައިލް ސިޔާމްގެ ޢާއިލީ މަސްލަހަތު އޭރު ހިމެނޭ ކުންފުންޏެއްގެ ބޭންކް އެކައުންޓްތައް ދިރާސާކުރިއިރު، އެ ކުންފުނީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީގެ ތަހުގީގުގެ އެލިޔުމުގައި ފާހަގަކޮށްފައި ވެއެވެ. އެ ކުންފުންޏަކީ ޖީއެސްޓީ އަދި ބީ.ޕީ.ޖީއަށް ވެސް ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ނޫންކަން ފާހަގަކުރެވޭތީ އާއި އެކުންފުނީގެ އެކައުންޓުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ހައިޝަމް ޢަލީ ކިޔާ ފަރާތަކަށް ފޮނުވާފައިވާ ފައިސާއަކީ ޝަޒްލާ ސިޔާމް (ކަނޑުފެރީ، ގއ.ވިލިނގިލި)ގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކުން ޝަޒައިލް ސިޔާމްގެ ކޮއްކޮ އަދި އެ ކުންފުނީގެ އޭރުގެ ހިއްސާދާރު ޝަޒްލާ ސިޔާމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާ ފައިވާ އެކައުންޓަކަށް ޖަމާކުރުމަށްފަހު އެ އެކައުންޓުން އެ ކުންފުނީގެ ނަމުގައި ބޭންކް އޮފްމޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާކަން ފާހަގަކުރެވިފައިވާކަމަށް އެލިޔުމުގައި ބުނެއެވެ.

ޝަޒައިލް ސިޔާމްގެ މޮބައިލް ފޯނުގައި ހައިޝަމް "Haisham-Building owner"ގެ ނަމުގައި ސޭވްކޮށްފައިވާ ނަންބަރަކީ އެ ކުންފުނީގެ އެކައުންޓުން ފައިސާ ފޮނުވާފައިވާ ވ.ފުރަންކުރު، މާލެ ހައިޝަމް ޢަލީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރެއްކަން ދިރާގު އީޑައިރެކްޓްރީން އެނގޭތީއާއި، ކްރޭޒީ ފިޓްގެ މޮބައިލް ނަންބަރުގެ ގޮތުގައި ކޮމްޕެނީ ޕްރޮފައިލްގައި ބަޔާންކޮށްފައިވާ ނަންބަރު ޝަޒައިލް ސިޔާމްގެ މޮބައިލް ފޯނުގައި "Shifoo-Gym"ގެ ގޮތުގައި ސޭވް ކޮށްފައިވާތީއާއި، ޝަޒައިލް ސިޔާމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، އަދި ޝަޒައިލް ސިޔާމް ބޭނުންކުރަމުންދާ ނަންބަރެއްގެ ގޮތުގައި ތަޙުޤީޤަށް ފާހަގަކުރެވިފައިވާ ނަންބަރުގެ ކޯލް އަދި އެސް.އެމް.އެސް ލޮގްތަކުން 14 ޖޫން 2020 ވަނަ ދުވަހުގެ 17:28ގައާއި 25 ޖުލައި 2020 ވަނަ ދުވަހުގެ 12:19ގައި އެ ކުންފުނީގެ ފޯނު ނަންބަރުގެ ގޮތުގައި ކޮމްޕެނީ ޕްރޮފައިލްގައި ބަޔާންކޮށްފައިވާ ނަންބަރުން ޝަޒައިލް ސިޔާމްގެ ނަންބަރަށް ގުޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެލިޔުމުގައި ބުނެފައި ވެއެވެ.

މީގެއިތުރުން، އެ ކުންފުނީގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ޕްރައިވެޓް އެހެން ކުންފުންޏެއްގެ ހިއްސާދާރެއްކަމަށްވާ އަހުމަދު ޝަފީޘް (އިކްރާމުގެ، ހއ.ހޯރަފުށި) އާއި ޝަޒައިލް ސިޔާމްއާ ދެމެދު 2019 ވަނަ އަހަރު ފައިސާގެ މުޢާމަލާތްތަކެއްކޮށްފައިވާކަން އެ ފަރާތްތަކުގެ ބޭންކް އެކައުންޓްތަކުގެ ސްޓޭޓްމަންޓްތަކުން އެނގޭތީއާއި އެހެންކަމުން މައްސަލާގައި ލިބިފައިވާ ހެކިތަކާއި ޤާރީންތަކަށް ބަލާއިރު، މި މައްސަލާގައި ފާހަގަކުރެވުނު ފައިސާ ޝަޒައިލް ސިޔާމްއާ 3DH International އާ ގުޅުވާނުލެވުނު ނަމަވެސް ޝަޒައިލް ސިޔާމް ބޭނުންކުރަމުންދާ ފޯނު، ކޯޓް އަމުރެއްގެ ދަށުން ތަޙުޤީޤަށް ހޯދައި ހެދި ފޮރެންސިކް ތަޙުލީލްތަކުން އެފޯނުގައިވާ މަޢުލޫމާތުތައް ނުލިބޭގޮތަށް ފޯން ރީސެޓްކޮށްފައިވާކަމަށް ޝައްކުކުރެވިފައިވާތީ، މޯލްޑިވް ގޭހަށް ގެންނަ އެލް.ޕީޖީ ޝިޕްމަންޓްތަކުން ޝަޒައިލް ސިޔާމް ރިޝްވަތު ނަގާފައިވާކަން ސާބިތުކޮށްދޭން ބޭނުންވާ ހެކި ޤަރީނާ ތަޙުޤީޤަށް ނުލިބުނީ އެހެންވެ ކަމަށްޤަބޫލު ކުރެވޭ ކަމަށެވެ.

މިމައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވުނު ފައިސާގެ ޓްރާންސެކްޝަންތަކުން މަނީ ލޯންޑަރިންގއަށް ބާރުދޭ ލޭޔަރިންގ ޕްރޮސެސިންގއެއްވާކަމަށް ތަޙުޤީޤަށް ބެލެވޭތީއާއި މޯލްޑިވް ގޭހަށް ހޯދާފައިވާ މުދަލާއި ޚިދުމަތްތަކާ ގުޅިގެން ޝަޒައިލް ސިޔާމް ނަގާ ރިޝްވަތުގެ ކޮމިޝަން ޝަޒައިލް ސިޔާމްގެ ޢާއިލީ މަސްލަހަތު އޭރު ހިމެނޭ ކުންފުންޏަކަށް ޖަމާކޮށްފައިވާކަމަށް މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި ތުހުމަތުކޮށްފައިވާއިރު، އެކަމަށް ބާރުދޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މި މައްސަލައަކީ ވަނީ ލޯންޑްރިންގ އަށްތުޙުމަތުކުރެވޭ މައްސަލައެއްކަމަށް ބެލެވޭތީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް ގެނައުމަށް ނިންމީކަމަށްވެސް އެލިޔުމުގައި ބުނެފައި ވެއެވެ.

މޯލްޑިވް ގޭހުގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ޝަޒައިލް ސަސްޕެންޑްގައި ހުންނަތާ ވެސް މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. އޭނާ ސައްޕެންޑް ކޮށްފައިވަނީ މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ޝަޒައިލް ސަސްޕެންޑްކޮށްފައިވަނީ، ރައީސް އޮފީހުން ގާއިމުކޮށްފައިވާ "ޒީރޯ ޓޮލަރަންސް ޓު ދަ ކޮރަޕްޝަން" ޕޯޓަލްއަށް ލިބިފައިވާ ޝަކުވާތަކަކާއި ގުޅިގެންނެވެ. ޝަޒައިލްއާ ބެހޭގޮތުން ހުށައެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި، މަގާމުގެ މަސްއޫލިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރާކަމުގެ ޝަކުވާތަކާއި މިނޫންވެސް ޝަކުވާތައް ހުށައެޅިފައި ވެއެވެ.

މޯލްޑިވް ގޭހުން ބޮޑު އަގުގައި ސަޕްލަޔަރެއްގެ އަތުން ގޭސް ގަންނަކަމަށް ބުނެ ހުށަހަޅާފައިވާ މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބެލުމަށް ފަހު،މޯލްޑިވް ގޭހުން "ޑައިރެކްޓް ޕަރޗޭސް" ގެ ދަށުން ގޭސް ގަތުމަށްއެންގުމަށް ވެސް މީގެކުރިން އެސްއޯއީ ކޮމެޓީން މޯލްޑިވް ގޭސްއަށް އަންގާފައި ވެއެވެ.

ނަމަވެސް ޝަޒައިލް ވަނީ އެމްޑީގެ މަގާމުގައި ހުންނަވައިގެން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ނުއަގުގައި ގޭސް ގަތް މައްސަލަ ބަލަން ފެށުމުން، އެސްއޯއީ ކޮމިޓީއަށް ޝަޒައިލް ފޮނުއްވެވި ސިޓީއެއްގައި ވަނީ އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯރމް މޫވްމަންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި މޯލްޑިވް ގޭހުގެ އެމްޑީގެ މަގާމަށް ވަޑައިގެންނެވި ޝަޒައިލް ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރގެ މަގާމު ފުރުއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު