Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮރޯނާވައިރަސް އިނގިރޭސިވިލާތުގެ ހާލަތު

އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަސްގެ އައު ސްޓްރެއިންގެ ކަންކަން ޑަބްލިޔުއެޗްއޯއިން ގާތުން ބަލަނީ

މި ވޭރިއެންޓްގެ ނުރައްކާތެރިކަން ބޮޑުކަމެއް އަދި މިހާތަނަށް ހޯދިފައެއްނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ޑިސެމްބަރު 2020 | އާދީއްތަ 15:46
އިނގިރޭސިވިލާތުގައި ކުރިޔަށްދާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން

އިނގިރޭސިވިލާތުގައި ކުރިޔަށްދާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން

އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަސްގެ އައު ސްޓްރެއިން ނުވަތަ ވޭރިއެންޓްގެ ކަންކަން އެގައުމާއި ގުޅިގެން ގާތުން ބަލަމުން އަންނަކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.

އިނގިރޭސިވިލާތުން ފެނިފައިވާ ވައިރަސްގެ މި އައު ސްޓްރެއިން ވައިރަސްގެ އަސްލަށްވުރެ އަވަސް މިނުގައި އަންނަނީ ފެތުރެމުންނެވެ. އެހެންނަމަވެސް މި ވޭރިއެންޓްގެ ނުރައްކާތެރިކަން ބޮޑުކަމެއް އަދި މިހާތަނަށް ހޯދިފައެއްނުވެއެވެ.

ލަންޑަން ހިމެނޭ ގޮތަށް އިނގިރޭސިވިލާތުގެ އިރު ދެކުނު ސަރަހައްދުގެ ބޮޑުބައެއްގައި މިހާރު ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

މިހާތަނަށް އައިއިރު ވައިރަސްގެ މި އައު ސްޓްރެއިން ކޮވިޑަށް އުފައްދާފައިވާ ވެކްސިނަށް ތަފާތު ގޮތަކަށް މަސައްކަތް ކުރާކަމެއް އަދި ހޯދިފައެއްނުވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިނގިރޭސިވިލާތުގައި އަންނަނީ ފައިޒަރގެ ވެކްސިން މިހާރު ޖަހަމުންނެވެ.

އަނެއްކޮޅުން އިނގިރޭސިވިލާތުގައި މި އައު ސްޓްރެއިން ހަލުވިކަމާއެކު ފެތުރެމުންދާތީ އާދިއްތަ ދުވަހު ނެދަރލެންޑްސް އިން ވަނީ އިނގިރޭސިވިލާތުން ފްލައިޓް އައުން މަނާކޮށްފައެވެ. ޖެނުއަރީ މަހުގެ 1 ވަނަ ދުވަހާ ހަމައަށް މިނިންމުން މިގޮތުގައި ދެމި އޮންނާނެ ކަމަށް ނެދަރލެންޑްސް ސަރުކާރުން ބުނެއެވެ.

ނެދަރލެންޑްސް އިން މިނިންމުން ނިންމާފައިމިވަނީ މިމަހުގެ ކުރީކޮޅު އެގައުން ނެގި ސާމްޕަލަކުން ވައިރަސްގެ މި ސްޓްރެއިން ފެނިފައިވާތީއެވެ.

އިނގިރޭސިވިލާތުން ފެނިގެން މިއުޅޭ އައު ސްޓްރެއިން އާ ގުޅިގެން ޑަބްލިޔުއެޗްއޯއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެގައުމުގެ އޮފިޝަލުންނާއެކު ގާތުން މިކަން ބަލަމުން އަންނަކަމަށެވެ.

އިނގިރޭސިވިލާތުން މި އައު ސްޓްރެއިން ދިރާސާކުރަމުން އަންނައިރު އެކަމުގެ މައުލޫމާތު ޑަބްލިޔުއެޗްއޯއާ ހިއްސާކުރަމުން އަންނަ ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި މި ސްޓްރެއިންގެ މައުލޫމާތު މެމްބަރު ގައުމުތަކަށާއި އާންމުންނަށް ފޯރުކޮށްދެމުން ގެންދާނެކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

މި އައު ސްޓްރެއިން އާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ވައިރަސްގެ އަސްލަށްވުރެ 70 އިންސައްތަ އިތުރަށް މި ސްޓްރެއިން އިން ވައިރަސް ފެތުރޭކަމަށެވެ. އެހެންނަމަވެސް މި ސްޓްރެއިން އިން މަރުވާ މީހުންގެ އަދަދު އިތުރުވާކަމެއް އަދި ހޯދިފައިނުވާކަމަށް އޮފިޝަލުން ބުނެއެވެ.

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2017

ޒިމްބާބްވޭގެ އައު ސަރުކާރުގެ އިސް މަގާމުތަކަށް އަސްކަރިއްޔާގެ އިސް ބޭފުޅުން!

01 ޑިސެމްބަރު 2017
ޒިމްބާބްވޭގެ އައު ސަރުކާރުގެ އިސް މަގާމުތަކަށް އަސްކަރިއްޔާގެ އިސް ބޭފުޅުން!
24 ނޮވެމްބަރު 2017

ޒިމްބާބުވޭގެ އައު ރައީސް "ކިނބޫ" އެނގޭތަ؟

24 ނޮވެމްބަރު 2017
ޒިމްބާބުވޭގެ އައު ރައީސް "ކިނބޫ" އެނގޭތަ؟
23 ސެޕްޓެމްބަރު 2017

އިންޑިއާއަށް ރޮހިންޖާ މުސްލިމުން އައުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ދަނީ ބޭނުން ކުރަމުން

23 ސެޕްޓެމްބަރު 2017
އިންޑިއާއަށް ރޮހިންޖާ މުސްލިމުން އައުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ދަނީ ބޭނުން ކުރަމުން
18 ޖޫން 2017

އެމެރިކާގެ މަނަވަރުން ގެއްލުނު ސިފައިންގެ 7 މީހުން ފެނުނުއިރު މަރުވެފައި!

18 ޖޫން 2017
އެމެރިކާގެ މަނަވަރުން ގެއްލުނު ސިފައިންގެ 7 މީހުން ފެނުނުއިރު މަރުވެފައި!
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު