Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީގެ ހިޔާނާތް

ސަން ސިޔާމުގެ ކުންފުނީގެ ދައުވާ ސާބިތު ކުރުމަށް ހެކި ހުށަހަޅައިފި

20 ޑިސެމްބަރު 2020 | އާދީއްތަ 07:52

ދައުލަތުން ހުށަހެޅި ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތުގެ އިތުރުން، އިތުރުބައެއް ހިމެނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 ޑިސެމްބަރު 2020 | އާދީއްތަ 07:52
ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން

ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑަރ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްކޮށްފައިވާ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅައިފިއެވެ.

މި މައްސަލައިގައި މި ހިނގާ ޑިސެމްބަރު ތެރޭގައި އިތުރު އަޑުއެހުންތަކެއްވެސް ބާއްވާފައިވާއިރު، ދައުލަތުން ދައުވާ އިއްވުމުން ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ސަން އިންވެސްޓްމަންޓް ކުންފުނީގެ ގާނޫނީ ވަކީލު އަލީ ޝާހު ވަނީ ދައުލަތުން އެ ކުންފުނީގެ މައްޗަށް އިއްވާފައިވާ ދައުވާއަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް އުފުލާފައިވާ ދައުވާއަކަށް ނުވާތީ، ކަނޑައެޅިގެން ދައުވާއަށް އިންކާރުކުރާ ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމަކީ، ސަން އިންވެސްޓްމަންޓުން ދައުވާއަށް އިންކާރުކުރުމާއި ގުޅިގެން ދައުވާކުރާ ދައުލަތުގެ ފަރާތުންނާއި، ދައުވާ ލިބޭ ސަން އިންވެސްޓްމަންޓް ކުންފުނީގެ ފަރާތުން ޝަރީއަތަށް ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށާއި ހެކި ހުށަހެޅުމަށް ބޭއްވި އަޑު އެހުމެކެވެ.

އެގޮތުން، ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތާއެކު އިތުރު ބައެއް ހިމެނޭގޮތަށް ހެކިން ހުށަހަޅާފައެވެ. އަދި ކިތާބީ ހެކިވެސް މައްސަލައިގެ ފޯމާއެކު ހުށަހަޅާފައިވާނެ ކަމަށް ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.

ދައުވާއިން ދިފާއުވުމަށް ހެކި ހުށަހެޅުމުގެ ފުރުސަތު މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ދެއްވުމުން ސަން އިންވެސްޓްމަންޓް ކުންފުނީގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ، ހެކި ހުށަހެޅުމަށް ދީފައިވާ 15 ދުވަހުގެ މުއްދަތު އަދި ހަމަ ނުވާ ކަމަށާއި، އެހެންކަމުން މި އަޑުއެހުމުގައި ހެކި ހުށަހެޅުމަށް ތައްޔާރުވެފައިނުވާ ކަމަށެވެ. އަދި ވަކީލު ޝާހު ވަނީ މައްސަލަ ކުރިއަށް ގެންދަވާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. ނަމަވެސް ގާޒީ ވިދާޅުވީ އަޑުއެހުން ކުރިއަށް ގެންދަވަނީ ގާނޫނާއި ޝަރީއަތް ކުރުމުގެ އުސޫލާއެއްގޮތަށް ކަމަށެވެ. އެހެންނަމަވެސް، ގާޒީ ވަނީ ސަން އިންވެސްޓްމަންޓް ކުންފުނީގެ ފަރާތުން ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވަކީލު އަލީ ޝާހު ވިދާޅުވެފައި ވަނީ، މި މައްސަލާގައި ހިމެނޭ ފައިސާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް، ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނުވާ ކަމަށެެވެ. އަދި ޑޮލަރު މާރުކުރުމުގެ ނަމުގައި ފައިސާގެ މުއާމަލާތް ހިންގާފައިވާކަމަށް ދައުވާގައި ބުނާއިރު، އެކަން ކަނޑައަޅާނީ ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ނުވަތަ މަރުކަޒީ ބޭންކް ކަމަށްވާ އެމްއެމްއޭއިން ކަމަށެވެ.

ރައްދުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ރ. ފުއްގިރި މައްސަލާގައި ދައުވާ އުފުލާފައިވާ އިތުރު ފަރާތްތައް ހިމެނޭއިރު، ރައީސް ޔާމީން ވެސް ހިމެނޭ ކަމަށެވެ. އަދި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގ ކުށުގެ ދައުވާއާ ގުޅިގެން، އެއީ ކޮރަޕްޝަނުގެ ގޮތުގައި ހޯދި ފައިސާކަން ކޮންމެހެން ޝަރީއަތުން ސާބިތުވެފައި އޮންނަން ނުޖެހޭ ކަމަށެވެ.

ޑޮލަރު މާރުކުރުމުގެ ހުއްދަ، މި މައްސަލާގައި ދައުވާކުރާ ސަން ކޮންސްޓްރަކްޝަން އެންޑް އިނޖިނިއަރިންގ ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށް ދޫކޮށްފައި ނުވާކަން އެމްއެމްއޭއިން ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށް ވެސް މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ދައުލަތުގެ ވަކީލު ވެފައިވެއެވެ.

ރ. ފުއްގިިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގ ކުށުގެ ދައުވާގެ އިތުރުން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ދައުލަތުން އުފުލާފައިވެއެވެ. މި މައްސަލާގައި ސަން އިންވެސްޓްމަންޓް ކުންފުންޏާއި ސަން ކޮންސްޓަރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގ ކުށުގެ ދައުވާ އެކަންޏެވެ. ދެން މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރައީސް ޔާމީނާގާތް ގުޅުމެއް އޮންނަ ކުރިކް އަހުމަދު ރިޒާގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް