Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
\"ހަނު ނުތިއްބަވާ، ކޮންމެ މީހެއްގެވެސް ޒިންމާ އެބަ

މަސައްކަތުގެ މާހައުލުގެ ރައްކައުތެރިކަމުގެ ކެމްޕޭން އިފްތިތާހު ކޮށްފި

ކެމްޕޭންގެ ޝިއާރަކީ "ހަނު ނުތިއްބަވާ، ކޮންމެ މީހެއްގެވެސް ޒިންމާ އެބައޮތް"

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2020 | ހޮނިހިރު 13:48
މަސައްކަތުގެ މާހައުލުގެ ރައްކައުތެރިކަމުގެ ކެމްޕޭން އިފްތިތާހުކުރުން

މަސައްކަތުގެ މާހައުލުގެ ރައްކައުތެރިކަމުގެ ކެމްޕޭން އިފްތިތާހުކުރުން

މަސައްކަތުގެ މާހައުލުގެ ރައްކައުތެރިކަމުގެ ކެމްޕޭން އިފްތިތާހުކޮށްފި އެވެ.

މި ކެމްޕޭން އިފްތިތާހު ކޮށްދެއްވީ ހޮނިހިރު ދުވަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު އެވެ.

Advertisement - newsAdvertisement

"ހަނު ނުތިއްބަވާ، ކޮންމެ މީހެއްގެވެސް ޒިންމާ އެބައޮތް" މިޝިއާރުގެ ދަށުން އިފްތިތާހުކުރެވުނު ކެމްޕޭނާއި ގުޅޭގޮތުން ތަޢާރަފެއް ދެއްވަމުން އެޗްޕީއޭގެ ޑިރެކްޓަރ އައިމިނަތު ޝައުފާ ވިދާޅުވީ މި ކެމްޕޭންގެ މަޤްސަދަކީ ރާއްޖޭގައި މަސައްކަތު މާހައުލުން ޖެހޭ ބަލިތަކާއި، އަނިޔާތަކާއި، މި އަނިޔާތަކުން ދުނިޔެ ދޫކުރާ މީހުން އަދި ނުކުޅޭދުންތެރިކަމުގައި އުމުރުހޭދަކުރަން ޖެހޭ ފަރާތްތަކުގެ އަދަދު މަދު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ. ޝައުފާ ވިދާޅުވީ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް މުއައްސަސާތައް ގުޅިގެން ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެވުނު ކަމުގައި ވިޔަސް ޕްލޭންތަކެއް ހެދި ލަނޑުދަނޑިތަކެއް ހާސިލް ކުރުމަށް އެންމެ އެކަށީގެންވާ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައި ނުވާ ކަމަށެވެ.

އެކި މުއައްސަސާތަކުން ހެދިފައިހުރި ޤާނޫނުތަކާއި ޤަވާއިދުތައް އެކަށީގެންވާ މިންވަރަށް ތަންފީޒް ކުރުމާއި އެކަމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރެވިފައި ނުވުމުގެ ސަބަބުން ރާއްޖޭގައިވެސް މަސައްކަތުގެ މާހައުލުގެ ނުރައްކައުތެރިކަން ހާދިސަތައް ހިނގުން ކަންބޮޑުވާވަރަށް އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

މަސައްކަތު މާހައުލުގައި ހުންނަ ނުރައްކައުތަކަށް ހުށަހެޅި ފުއްޕާމޭގެ ކެންސަރުފަދަ ނުރައްކައުތެރި ބަލިތައް ޖެހުމާއި ފުރާނައަށް ނުރައްކައުވާފަދަ ހާދިސާތައް ހިނގުން އިތުރުވެފައިވާ ކަމަށް ޝައުފާ ވިދާޅުވިއެވެ. އަދި މިފަދަ ނުރައްކައުތަކަށް ހުށަހެޅެނީ ހަމައެކަނި މަސައްކަތްތެރިން އެކަނި ނޫން ކަމަށާއި މުޖުތަމައުގައި ދިރިއުޅޭ ހުރިހާ ފަރުދުންވެސް ހުށަހެޅިގެންދާ ކަމަށެވެ.

މަސައްކަތްތެރިންނާއި މަސައްކަތް ކުރުވާ ފަރާތްތަކާއި ސަރުކާރުގެ މުއައްސަސާތަކާއި ރާއްޖޭގައި ދިރިއުޅޭ އެންމެން އަހުލުވެރިވެ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް އެންމެ ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޝައުފާ ވިދާޅުވީ މަސައްކަތްތެރިންނާއި މެދު އިހުމާލުވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމްކޮށް އެފަރާތްތައް ޒިންމާދާރު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. މިހާރު ހެދިފައި ހުރި ޤާނޫނުތަކާއި ގަވާއިދުތައް މުރާޖާކޮށް މަސައްކަތްތެރިންނާއި، މުޖުތަމައުގައި ދިރިއުޅޭ އެންމެންގެ ރައްކައުތެރިކަން ހޯދައިދިނުމަކީ އެންމެން ގުޅިގެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކެމްޕޭންގައި މީޑިއާތައް މެދުވެރިކޮށް މަސައްކަތްތެރިންނާއި އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ފަޔަރ ސޭޕްޓީ އަދި ފަސްޓްއެއިޑްފަދަ ގުޅުންހުރި ޓްރެއިނިންތައް ކުރިއަށް ގެންދިއުމާއި، އާންމުން ހޭލުންތެރިކުރުމާއި، މިހާރު ހެދިފައި ހުރި ޤާނޫނުތަކާއި ޤަވާއިދުތައް މުރާޖާ ކުރުމާއި ތަފާސް ހިސާބު އެއްކުރުމާއި، ކަނޑައެޅިފައިވާ ނިޒާމް ހަރުދަނާކުރުންފަދަ ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް

ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް

28 އެޕްރީލު 2017
އެމްޑީޕީގެ ޖަގަހައެއް އަނެއްކާވެސް ގަލޮޅުގައި ހުޅުވައި، ކެމްޕޭން ވަރުގަދަ ކޮށްފި

އެމްޑީޕީގެ ޖަގަހައެއް އަނެއްކާވެސް ގަލޮޅުގައި ހުޅުވައި، ކެމްޕޭން ވަރުގަދަ ކޮށްފި

28 އެޕްރީލު 2017
ކެމްޕޭން ވަރުގަދަ ކުރަން އެމްޑީޕީން ތިލަދުންމައްޗަށް!

ކެމްޕޭން ވަރުގަދަ ކުރަން އެމްޑީޕީން ތިލަދުންމައްޗަށް!

27 އެޕްރީލު 2017
އެމްޑީޕީގެ ކެމްޕޭން ޓީމް، ގއ. އަތޮޅަށް ފުރައިފި

އެމްޑީޕީގެ ކެމްޕޭން ޓީމް، ގއ. އަތޮޅަށް ފުރައިފި

05 އެޕްރީލު 2017
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި

09 މާރިޗު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު