Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެއަރ ފްރާންސުން ރާއްޖެއަށް ދަތުރުތައް ފެށުން

އެއަރ ފްރާންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި

19 ޑިސެމްބަރު 2020 | ހޮނިހިރު 11:39

އެއަރ ފްރާންސްގެ ދަތުރުތައް ފަށާފައި ވަނީ ޑިސެމްބަރ 19 ގައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 19 ޑިސެމްބަރު 2020 | ހޮނިހިރު 11:39
ބޯޑަރު ހުޅުވާލިފަހުން ރާއްޖެއައި އެއަރ ފްރާންސްގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއައި އެއަރ ފްރާންސްގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި

ކޮވިޑް-19 ގެ ސަބަބުން ހުއްޓުމަކަށް އައި އެއަރ ފްރާންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ޑިސެމްބަރ 19 ވަނަ ދުވަހު އެއަރ ފްރާންސްގެ ފުރަތަމަ ދަތުރު ރާއްޖެއަށް ކޮށްފައިވާއިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއަރ ފްރާންސް އިން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރާނެ ކަމަށެވެ. އެއަރ ފްރާންސްގެ ދަތުރުތައް އަލުން ފަށައި، ބޭއްވި ފުރަތަމަ ފްލައިޓްގައި 268 ފަސެންޖަރުން ރާއްޖެ އައިސްފައިވެއެވެ.

އެއަރ ފްރާންސްގެ ދަތުރުތައް ފެށުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2019 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުގެ 3.5 އިންސައްތަ ފްރާންސް މަރކެޓް ހިއްސާކޮށްފައިވާކަމަށެވެ. އެގޮތުން ފްރާންސުން 59,738 ފަތުރުވެރިން އެ އަހަރުގެ ތެރޭގައި ޒިޔާރަތްކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވިގޮތުގައި އެއަރ ފްރާންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

މިހާރު ރާއްޖެއަށް 19 އިންޓަނޭޝަނަލް އެއަރލައިނަކުން ދަތުރުތައް ކުރާއިރު، ކުރިއަށް އޮތްތާގައިވެސް ގިނަ އަދަދެއްގެ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށަން ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އެގޮތުން ފެބްރުއަރީ މަހާއި ހަމައަށް އިތުރު 13 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން މާޗް 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާއިރު، އަލުން ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި 15 ވަނަ ދުވަހުއެވެ. އެއާއި އެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަޑުމަޑުން އިތުރުވާން ފަށާފައިވާއިރު، ބޯޑަރު ހުޅުވާލިފަހުން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ އެއް ލައްކަ އަށް ވުރެ މައްޗަށް އަރާފައެވެ. އަދި މިއަހަރު މުޅި ޖުމްލަ ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ފަސް ލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، އަހަރުގެ ބާކީއޮތް ދުވަސްތަކުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ 10 ގައުމުގެ ތެރޭގައި ފްރާންސް ހިމެނޭއިރު، ޑިސެމްބަރ 16 ވަނަ ދުވަހުގެ ނިޔަލަށް އެގައުމުން 3,109 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
27 ފެބުރުއަރީ 2017

ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި

27 ފެބުރުއަރީ 2017
ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް