Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަމަށް އައު މާކެޓްތައް އައުން

ބަލިމަޑުކަމަށްފަހު އިތުރު އައު މާކެޓްތަކަށް ފުރުސަތު ހުޅުވިގެން ހިނގައްޖެ - ތޮއްޔިބު

19 ޑިސެމްބަރު 2020 | ހޮނިހިރު 08:33

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުކަށް ވެފައި ވަނީ ރަޝިއާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 19 ޑިސެމްބަރު 2020 | ހޮނިހިރު 08:33
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު

ކޮވިޑް-19 ބަލިމަޑުކަމާއިއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ބަލިމަޑުކަމަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އައު މާކެޓްތަކެއްވެސް ލިބިގެން ގޮސްފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ތޮއްޔިބު ވިދާޅުވީ، މިފަދަ ކާރިސާތަކާއި ނުވަތަ ހާދިސާތަކާއި ކުރިމަތިވުމުން މިފަދަ ހާލަތްތަކުގައި ލިބިދާނެ ކާމިޔާބީތަކާއި މެދުވެސް ވިސްނަންވާނެ ކަމަށެވެ. އެގޮތުން ކޮވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބީތަކެއް ލިބުނުކަން ފާހަގަކޮށް ތޮއްޔިބު ވަނީ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ކީ މާކެޓުތައް ބަންދުވުމާއިއެކު މިހާރު މުޅިން އައު މާކެޓްތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ ފަށާފައިވާކަން ފާހަގަކޮށްފައެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުކަށް ރަޝިއާ ވެފައިވާއިރު، ރަޝިއާގެ އިތުރަށް ތަޖިކިސްތާން ފަދަ ގައުމުތަކަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓްތަކަށް ވެފައިވާކަމަށް ތޮއްޔިބު ފާހަގަކުރެއްވިއެވެ. އަދި ޔޫރަޕްގެ ގައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު މަދު ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ ކަމަށާއި ޔޫއޭއީ ފަދަ އަރަބި ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުން ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވަނީ މިބަލިމަޑުކަމުން އަރަގަތުމުގެ އުންމީދު އެބައޮތް ކަމަށާއި މާގިނަ ދުވަސްތަކެއް ނުވެ މި އަޑިގަޑުން އަރައިގަނެވޭނެކަމުގެ އުއްމީދު އޮތްކަމަށް ވިދާޅުވެފަ އެވެ. ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލެވުން އެއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން ދިއުމުގެ ފެށުން ކަމަށާއި މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ޑިސެމްބަރ 16 ވަނަ ދުވަހުގެ ނިޔަލަށް 23,226 ފަތުރުވެރިން ވަނީ ރަޝިއާއިން ރާއްޖެ އައިސްފައެވެ. މިއީ މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ 20.1 އިންސައްތައެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެއައި ޖުމްލަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާ ގައުމަށް ރަޝިއާވެފައިވާއިރު، އެގައުމުން ރާއްޖެއައި ޖުމްލަ ފަތުރުވެރިންގެ އަދަދަ ވަނީ 46,065 އަށް އަރާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް