Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ވެކްސިން ދުނިޔޭގެ ހުރިހާ ހިސާބަކަށް

އެންމެ މަދުން އަދި މެދު މިނުގައި އާމްދަނީ ލިބޭ ގައުމުތަކަށް ކޮވިޑް ވެކްސިންގެ 2 ބިލިއަން ޑޯޒް ހަމަޖައްސަނީ

ޑަބްލިޔުއެޗްއޯއިން ކުރިން ބުނެފައިވަނީ 1 ބިލިއަން ޑޯޒް އެންމެ މަދުން އަދި މެދު މިނުގައި އާމްދަނީ ލިބޭ ގައުމުތަކަށް ފޯރުކޮށްދޭނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ޑިސެމްބަރު 2020 | ހުކުރު 23:51
ކޮވިޑް-19ގެ ވެކްސިންގެ ސާމްޕަލެއް ދައްކާލަނީ

ކޮވިޑް-19ގެ ވެކްސިންގެ ސާމްޕަލެއް ދައްކާލަނީ

އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކާއި، މެދު މިނުގައި އާމްދަނީ ލިބޭ ގައުމުތަކަށް ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިންތަކުގެ 2 ބިލިއަން ޑޯޒް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ކޮވެކްސް ފެސިލިޓީން ބުނެފިއެވެ.

ކޮވެކްސް ފެސިލިޓީއަކީ ކޮވިޑް-19 ވެކްސިން ވަކި ބައެއްގެ އަތްމައްޗަށް އެއްކޮށް ދިޔުން ކޮންޓްރޯލްކޮށް ކޮންމެ ގައުމެއްގައިވެސް އެންމެ އަވަހަށް ވެކްސިން ބޭނުންވާ ހައިރިސްކު ކެޓަގަރީގެ މީހުންނަށް ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިސްވެއޮވެ އުފައްދާފައިވާ ފެސިލިޓީއެކެވެ. މިފެސިލިޓީގެ ދަށުން އެފަދަ ގައުމުތަކަށް ޚާއްސަކޮށް 1 ބިލިއަން ޑޯޒް ހަމަޖައްސާނެކަމަށް މީގެކުރިން ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައެވެ.

މިފެސިލިޓީގެ ދަށުން ގައުމުތަކަށް ފުރަތަމަ ޝިޕްމަންޓް ދާނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ. މިފެސިލިޓީ ކުރިޔަށް ގެންދިޔުމުގައި އިސްކޮށްއުޅޭ ޑަބްލިޔުއެޗްއޯ އާއި ގަވީ ވެކްސިންސް އެލަޔަންސް އަދި ކޯލިޝަން ފޮރ އެޕިޑަމިކް ޕްރެފެއަރޑްނެސް އިނޮވޭޝަންސް (ސީއީޕީއައި)ން މަސައްކަތްކުރަމުން އަންނަނީ އަންނަ އަހަރު އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކާއި، މެދު މިނުގައި އާމްދަނީ ލިބޭ 92 ގައުމަކަށް ކޮވިޑް-19 އަށް އުފައްދާ ވެކްސިންތަކުގެ ތެރެއިން 1.3 ބިލިއަން ޑޯޒް ފޯރުކޮށްދިނުމަށެވެ.

ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައިވާ 190 ގައުމަށް އަންނަ އަހަރުގެ ކުރީކޮޅު ވެކްސިން ލިބޭނެއެވެ. ބެލެވޭގޮތުގައި އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަސްތެރޭގައި ގައުމުތަކަށް ވެކްސިން ލިބޭނެކަމަށް ކޮވެކްސް ފެސިލިޓީ ހިންގާ ފަރާތްތަކުން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.

ކޮވެކްސް ފެސިލިޓީން އިތުރު ޑޯޒްތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެސްޓްރަޒެނިކާ އާއެކު 170 މިލިއަން ޑޯޒް ހޯދުމުގެ އެއްބަސްވުމަކަށް އެފެސިލިޓީން ދާނެއެވެ. އަދި ޖޯންސަން އެންޑް ޖޯންސަން އިން 500 މިލިއަން ޑޯޒް ހޯދުމުގެ އެއްބަސްވުމަކަށް އެފެސިލިޓީން ދާނެކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ސީއީޕީއައިގެ ޗީފް އެގްޒެކެޓިވް ރިޗަރޑް ހެޗެޓް ވިދާޅުވީ މިހާރު އެމެރިކާ އާއި އިނގިރޭސިވިލާތުން ޖަހަމުންދާ ފައިޒަރގެ ވެކްސިން އެފެސިލިޓީއަށް ހޯދުމަށްވެސް އަންނަނީ ފައިޒަރ އާއި ބައޯއެންޓެކާއެކު ވާހަކަދަައްކަމުންނެވެ. މީގެއިތުރުން ދެން އެންމެ އަވަހަށް އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަލިބޭނެކަމަށް ބެލެވޭ މޮޑާނާގެ ވެކްސިން ކޮވެކްސް ފެސިލިޓީއަށް ހޯދުމަށްވެސް ވާހަކަ ދައްކަމުން އަންނަކަމަށް ރިޗަރޑް ވިދާޅުވިއެވެ.

ފަގީރު ގައުމުތަކަށް ވެކްސިން އަވަހަށް ލިބުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެއީ ވެކްސިން އުފެއްދުމަށް މުއްސަނދި ގައުމުތަކުން އިންވެސްޓްކޮށް އެގައުމުތަކަށް އެވެކްސިންގެ އެތައް މިލިއަން ޑޯޒެއް ހޯދުމަށް އެއްބަސްވުންތައް ހަދާފައިވާތީއެވެ.

ކޮވެކްސް ފެސިލިޓީއަށް ފަންޑުކުރަމުން އަންނަނީ ވޯލްޑް ބޭންކް އާއި އަމިއްލަ ޗެރިޓީތަކާއި މުއްސަނދި ބައެއް ގައުމުތަކެވެ.

އިތުރު ޑޯޒްތައް ހޯދުމުގެ ވާހަކައަށް އިޝާރާތްކުރައްވާ ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވީ ކޮވެކްސް އިން އިތުރު ޑޯޒްތަކެއް ކުދި އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ކަނޑައެޅިގެންދިޔުމަކީ ދުނިޔޭގެ ސިއްހީ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

ކޮވެކްސް ފެސިލިޓީ އުފައްދާފައިވަނީ އޭޕްރީލް މަހުއެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ

24 މެއި 2017
އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ
23 މެއި 2017

ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

23 މެއި 2017
ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ
04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު