Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާނަ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން

ދިވެހިރާއްޖޭގެ ފާނަ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލާ ގެޒެޓްކޮށްފި

18 ޑިސެމްބަރު 2020 | ހުކުރު 04:17

ބާނާފައިވާ ފާނައިގެ %90 ނިސްބަތްވަނީ ފާނައިގެ 10 ބާވަތަކަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 18 ޑިސެމްބަރު 2020 | ހުކުރު 04:17
ފާނައިގެ ބާވަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ބާވަތްތަކެއް

ފާނައިގެ ބާވަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ބާވަތްތަކެއް

ދިވެހިރާއްޖޭގެ ފާނަ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލައި ގެޒެޓްކޮށްފިއެވެ.

މި މެނޭޖްމަންޓް ޕްލޭން އެކުލަވައިލައިފައިވަނީ، ޤާނޫނު ނަންބަރު 2019/14) ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) (މީގެ ފަހުން [މަސްވެރިކަމުގެ ޤާނޫނު] ކަމަށް ހަވާލާދީފައި) ގެ 18 ވަނަ މާއްދާގެ ދަށުން ހަދައި ފައިވާ، އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމުގެ ޕްލޭނެވެ.

Advertisement - newsAdvertisement

މި ޕްލޭންގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ކުރެވޭ ފާނަ މަސްވެރިކަން ރާވައި، ހިންގުމުގެ އިންތިޒާމެއް ޤާއިމުކޮށް، ޒިންމާދާރު ގޮތެއްގައި ފާނަ މަސްވެރިކަން ބަލަހައްޓައި، ފާނައިގެ ބާވަތްތަކަށް އަސަރުކޮށްފާނެ ހަރަކާތްތަށް މެނޭޖްކޮށް، މިމަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުން ކަމަަށާއި އަދި ފާނަ މަސްވެރިކަމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމުގައި ޝާމިލްވާ ދައުލަތުގެ އިދާރާތަކާއި އެންމެހައި މަޞްލަޙަތުވެރިންނަށް މަގުދައްކައިދިނުން ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުންޏެވެ.

މި ޕްލޭންގެ ދަށުން މެނޭޖްކުރާނެ ބާވަތްތަކަކީ އެޕިނެފެލިނޭ (Epinephelinae) ސަބްފެމިލީ ޕަރސިފޮމެސް (Perciformes) އޯޑަރގެ ސެރަނިޑޭ (Serranidae) ފެމިލީ އަށް ނިސްބަތްވާ، ފާނައާއި، ފާނައިގެ އެންމެހައި ބާވަތްތަކާއި އެބާވަތްތަކަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަމުގައި ހިފޭ، ބޭނޭ ނުވަތަ ނެގޭ ކަނޑުގެ އެހެނިހެން ދިރުންތަކެވެ.

ދިވެހިރާއްޖޭގައި ހިންގާ، ފާނައިގެ ބާވަތްތަކަށް އަސަރުކޮށްފާނެ އެންމެހައި ހަރަކާތްތަކަށް މި ޕްލޭން ހިނގާނެއެވެ. އޭގެ ތެރޭގައި، ފާނަ މަސްވެރިކަން ކުރުމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމާއި، އެކުއަކަލްޗަރ ކުރުމާއި، ޕްރޮސެސް ކުރުމާއި، ގަނެވިއްކުމާއި ދިވެހިރާއްޖެއިން ފާނައިގެ އުފެއްދުންތައް އެކްސްޕޯޓު ކުރުން ހިމެނެއެވެ. އަދި މި ޕްލޭންގެ ދާއިރާގައި ހިމެނޭ ހަރަކާތެއް ނުވަތަ އެފަދަ ހަރަކާތަކާ ގުޅުންހުރި ހަރަކާތެއް ހިންގާ މީހުންނަށާއި، އުޅަނދުފަހަރަށާއި، ޕްރޮސެސް ކުރާ އަދި އެކްސްޕޯޓު ކުރާ ތަންތަނަށްވެސް މި ޕްލޭން ހިނގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފާނައިގެ ބާވަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ބާވަތްތަކެކެވެ. ހޯދުންތަކުން ދައްކާ ގޮތުގައި، ބާނާފައިވާ ފާނައިގެ %90 ނިސްބަތްވަނީ ފާނައިގެ 10 ބާވަތަކަށެވެ. މިބާވަތްތަކުގެ ތެރެއިންވެސް އެންމެ ގިނައިން ބާނާފައިވަނީ މަސް ފާނަ، ގިނިމަސް ފާނަ، ބޯޅަޖެހި ފާނަ އަދި ކަނޑުހާ އެވެ.

1990 ގެ އަހަރަތަކުގެ ކުރީކޮޅުގައި އެކްސްޕޯޓަށް ބަރޯސާވާ ފާނައިގެ މަސްވެރިކަމެއް ތަޢާރުފުވުމުގެ ކުރިން، އަމާޒުކޮށްގެން ކުރާ ފާނައިގެ މަސްވެރިކަމެއް ދިވެހިރާއްޖޭގައި ކޮށްފައެއް ނުވެއެވެ. އަދި ރާއްޖޭގައި ކެއުމަށް ބޭނުންކުރި ފާނަ ގިނައިން ބާނައިފައިވަނީ ފަރުމަހުގެ މަސްވެރިކަމުގައެވެ. އެހެންނަމަވެސް، އިރު-ދެކުނު އޭޝިއާގެ ބާޒާރުތަކުގައި ފާނައަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، ފާނައިގެ މަސްވެރިކަން ދިވެހިރާއްޖޭގައި ހަލުއިކަމާއެކު ފުޅާވެގެން ދިޔައެވެ. މިވަގުތު ދިވެހިރާއްޖޭގައި ކުރާ ފާނައިގެ މަސްވެރިކަމަކީ، ބޮޑަށް އެކްސްޕޯޓަށް ޚާއްޞަވެފައިވާ މަސްވެރިކަމެކެވެ. ޑިމާންޑް ބޮޑުވުމުގެ ސަބަބުންނާއި ބާޒާރުގައި ފާނައިގެ ބާވަތްތަކަށް ނިސްބަތުން ލިބޭ އަގު މަތިވުމުގެ ސަބަބުން މި މަސްވެރިކަމަށް ޝައުޤުވެރިކަން އިތުރުވިއެވެ.

އެކި އަތޮޅުތަކުގައި މަސްވެރިންގެ އަތުން ފާނަ ގަތުމުގެ އިންތިޒާމު އެކްސްޕޯޓު ކުރާ ފަރާތްތަކުން ޤާއިމުކުރުމާއެކު، ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި އަގު ބޮޑެތި ފާނައަށް އަމާޒުކޮށްގެން މަސްވެރިކަންކުރުން ވަނީ އާންމުވެފައެވެ.

ފާނަ މަސްވެރިކަމުގެ ވިޔަފާރި އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި ފެށިގެން އައި އިރު، ވައިގެ މަގުން ދިރޭ ފާނަ ބޭރުކުރުމަށް ހުރި ދަތިތަކުގެ ސަބަބުން ރާއްޖޭގައި އޭރު އެންމެ ބޮޑަށް މި ވިޔަފާރީގައި ހަރަކާތްތެރިވި ކުންފުންޏާއި، ރާއްޖެއިން ބޭރުގެ އިމްޕޯޓަރުން ގުޅިގެން ލައިވް ފިޝް ކެރިއަރު ތަކެއްގައި ފާނަ މަސްވެރި ރަށްރަށުން މަސް ގަނެ އެކްސްޕޯޓުކޮށްފައި ވެއެވެ. އަދި މިގޮތަށް ލައިވް ފިޝް ކެރިއަރުތަކުގައި ދިރޭ ފާނަ ބޭރުކޮށްފައިވަނީ 2002 އިން 2009 އަށެވެ. މި މުއްދަތުގައި އެވަރެޖްގޮތެއްގައި އަހަރަކު 4 ޝިޕްމަންޓް ބޭރުކޮށްފައިވެއެވެ. މި ގޮތަށް އެންމެ އާންމު ގޮތެއްގައި ބޭރު ކޮށްފައި ވަނީ ކަސް ފާނަ އާއި އޮޅު ފާނައެވެ. ވައިގެ މަގުން އެކްސްޕޯޓުކުރުމަށް އައި ތަރައްޤީއާއެކު ދިރޭ ފާނަ އެކްސްޕޯޓުކުރުން އިތުރުވެ، ލައިވް ފިޝް ކެރިއަރުތަކުގައި ދިރޭ ފާނަ އެކްސްޕޯޓުކުރުން ވަނީ ހުއްޓާލާފައެވެ.

އަދި ދިވެހި އެކްސްޕޯޓުކުރާ ކުންފުނިތަކުން މަސް ގަތުން އިތުރުވެގެންގޮސްފައިވާއިރު، މިހާރު އެކްސްޕޯޓަރުންގެ ޕްރޮސެސްކުރާ އުޅަނދުތަކުގައި، އާންމު ގޮތެއްގައި ހަފްތާއަކު ދެފަހަރު، މަސްވެރިންގެ އަތުން ފާނަ ގަތުމަށް ދަތުރު ކުރާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ޕްލޭންގައި ހިމަނައިފައިވާ ފާނަ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ފިޔަވަޅުތައް ތަންފީޛުކުރުމަށްޓަކައި މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ފާނަ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމުގެ ގަވާއިދެއް އެކުލަވައިލެވޭނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

26 މާރިޗު 2017

އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ

26 މާރިޗު 2017
އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
17 މާރިޗު 2017

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް
16 މާރިޗު 2017

ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި

16 މާރިޗު 2017
ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި
14 މާރިޗު 2017

ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!

14 މާރިޗު 2017
ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!
11 މާރިޗު 2017

ކަޅުއޮއްފުންމި ސައުދީ ރަސްގެފާނަށް ހަދިޔާ ކުރަން އުޅޭކަމުގެ އަޑު ފެތުރިއްޖެ

11 މާރިޗު 2017
ކަޅުއޮއްފުންމި ސައުދީ ރަސްގެފާނަށް ހަދިޔާ ކުރަން އުޅޭކަމުގެ އަޑު ފެތުރިއްޖެ
11 މާރިޗު 2017

ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ

11 މާރިޗު 2017
ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
01 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ އެމްޑީޕީގެ ހަރުގެ ފާސްކޮށްފި

01 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ އެމްޑީޕީގެ ހަރުގެ ފާސްކޮށްފި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް