Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީނުގެ ވަކީލުންގެ ކަންބޮޑުވުން

އެޗްޕީއޭގެ ގައިޑްލައިނަށް ގޮންޖެހުމަށްފަހުވެސް ޔާމީނުގެ ވަކީލުން މާފުށީ ޖަލަށް

17 ޑިސެމްބަރު 2020 | ބުރާސްފަތި 13:53

މި މަހު 6 ވަނަ ދުވަހު ކޯޓުގައި އޮތް އަޑުއެހުމަށްފަހު ސަރުކާރުން ކުރިމަތިކުރުވި ގައިރު ޤާނޫނީ ހުރަސްތަކަށްފަހު އަލުން ބައްދަލުވުންތައް ފެށިއްޖެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 17 ޑިސެމްބަރު 2020 | ބުރާސްފަތި 13:53
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ބައްދަލުކުރައްވަން ވަޑައިގެންނެވުމަށް ޕީސީއާރް ޓެސްޓް ހަދަންޖެހޭ ކަމަށް ކަރެކްޝަނަލް ސާވިސް އިން އެންގުމުން އެކަމާ ދެކޮޅު ހެއްދެވުމަށްފަހު، ޔާމީންގެ ވަކީލުންގެ ޓީމުން އެންމެ ފަހުން މާފުށީ ޖަލަށް ވަޑައިގެން އެމަނިކުފާނާއި ބައްދަލުކޮށްފިއެވެ.

މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންގެންދާ ކުރީގެ ރައީސް ޔާމީންގެ ވަކީލުން މާފުށީ ޖަލަށް ވަޑައިގެން އެމަނިކުފާނާއި ބައްދަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

Advertisement - newsAdvertisement

ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ ‏ޤާނޫނީ ވަކީލުންނާ ބައްދަލުވުންވެސް، މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ރައީސް ޔާމީނަށް އޮތީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށް ވެފައި ކަމަށާއި މި މަހު 6 ވަނަ ދުވަހު ކޯޓުގައި އޮތް އަޑުއެހުމަށްފަހު ސަރުކާރުން ކުރިމަތިކުރުވި ގައިރު ޤާނޫނީ ހުރަސްތަކަށްފަހު އަލުން ބައްދަލުވުންތައް ފެށިފައިވާ ކަމަށެވެ. އަދި މިއީ ޑިމޮކްރެސީގެ ނަމަށްވެސް ހުތުރު ކަމެއް ކަމަށް ޖަމީލް ކުރެއްވި ޓްވީޓުގައިވެއެވެ.

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ރައީސް ޔާމީނުގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލުކުރުމަށް ދަތިތަކެއް ހުރި ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ، ވަކީލުންނަށް މާފުއްޓަށް ގޮސް އެމަނިކުފާނާ ބައްދަލުކުރައްވަން އުދަނގޫނަމަ އެމަނިކުފާނު މާލެ ޖަލަށް ގެނެސްދިނުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު މީގެ ކުރިން ވިދާޅުވެފައި ވަނީ، ޕީސީއާރް ޓެސްޓް ހަދައިގެން އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ރައީސް ޔާމީނާއި ބައްދަލުކުރައްވަން ވަޑައިގެންނެވުމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ދެކޮޅުހައްދަވާ ކަމަށާއި އެހެންކަމުން ރައީސް ޔާމީން މާލެ ޖަލަށް ގެނެސްދީގެން ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު އެމަނިކުފާނަށް ދިނުމަށް ކަރެކްޝަންސް އިން އޮތީ ތައްޔާރަށް ކަމަށެވެ.

ރައީސް ޔާމީން އާއި އެމަނިކުފާނުގެ ވަކީލުން ބައްދަލުކުރުމަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ހޯމް މިނިސްޓްރީން އަދި ކަރެކްޝަންސް އިން ނުކުރާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން މާލެ ޖަލަށް ރައީސް ޔާމީން ގެނަސް ވަކީލުންނާއި ބައްދަލުކުރެއްވުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ކަރެކްޝަންސް އިން ތައްޔާރަށް އޮތްކަމަށް ފާއިތުވި ބުދަ ދުވަހު ލިޔުމުން ރައީސް ޔާމީންގެ ވަކީލުންނަށް އަންގާފައިވާނެ ކަމަށާއި އެހެން ނަމަވެސް އެކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ފަރާތުން ޖަވާބެއް ލިބިފައިނުވާ ކަމަށްވެސް ސީޕީ އަހުމަދު ވަނީ ވިދާޅުވެފައެވެ.

ސީޕީ އަހުމަދު ވަނީ އެއްވެސް ގައިދީއަކަށް އަދި ބަންދު މީހަކަށް ގާނޫނީ ލަފާހޯދުމުގެ ފުރުސަތަށް ނުވަތަ ވަކީލުންގެ ބައްދަލުވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުރަސް އަޅާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ގާސިމް ހައްޔަރު ކުރީ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ: އަލީ ހުސައިން

16 އެޕްރީލު 2017
ގާސިމް ހައްޔަރު ކުރީ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ: އަލީ ހުސައިން
12 އެޕްރީލު 2017

ގާސިމަށް ކޮށްފައިވަނީ ބާތިލް ދައުވާއެއް، ދައުވާ އަނބުރާ ގެންދަންޖެހޭ: ވަކީލުން

12 އެޕްރީލު 2017
ގާސިމަށް ކޮށްފައިވަނީ ބާތިލް ދައުވާއެއް، ދައުވާ އަނބުރާ ގެންދަންޖެހޭ: ވަކީލުން
12 އެޕްރީލު 2017

ގައުމަށްޓަކައި ހުރިހާ ޤާނޫނީ ވަކީލުން ތެދުވުމަށް ގޮވާލަން: އަލީ ހުސެއިން

12 އެޕްރީލު 2017
ގައުމަށްޓަކައި ހުރިހާ ޤާނޫނީ ވަކީލުން ތެދުވުމަށް ގޮވާލަން: އަލީ ހުސެއިން
07 އެޕްރީލު 2017

ގާސިމްއާ ދެކޮޅަށް ހެއްކެއް ނެތް، ބަންދުގެ އަމުރު އިސްތިއުނާފް ކުރާނަން: ވަކީލުން

07 އެޕްރީލު 2017
ގާސިމްއާ ދެކޮޅަށް ހެއްކެއް ނެތް، ބަންދުގެ އަމުރު އިސްތިއުނާފް ކުރާނަން: ވަކީލުން
06 އެޕްރީލު 2017

ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

06 އެޕްރީލު 2017
ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
05 އެޕްރީލު 2017

ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

05 އެޕްރީލު 2017
ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!
03 އެޕްރީލު 2017

ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިއަކު ނެތް: ގާސިމް

03 އެޕްރީލު 2017
ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިއަކު ނެތް: ގާސިމް
10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް