Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤާސިމް ހައްޔަރުކުރުން

ގާސިމް ހައްޔަރު ކުރީ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ: އަލީ ހުސައިން

ސަރުކަރުން ދަނީ ތަރައްގީގެ ނަމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގަމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2017 | އާދީއްތަ 22:55
ކެންދޫ ދައިރާ މެންބަރު އަލީ ހުސައިން - އަލީ ހުސެއިން ވަސީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ

ކެންދޫ ދައިރާ މެންބަރު އަލީ ހުސައިން - އަލީ ހުސެއިން ވަސީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ

ގާސިމް ހައްޔަރުކުރި މައްސަލައިގައި މި ސަރުކާރުގެ ފޮތުންބަލާ ނަމަ ރައީސް ޔާމީނަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ ކަމަށް ކެންދޫ ދައިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ފްރޮގްރާމުގައި ވާހަކަ ދައްކަވަމުން، މެންބަރު އަލީ ހުސައިން ވިދާޅުވީ، މި ސަރުކާރުން ނިންމި ނިންމުންތަކަށް ބަލާއިރު، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ސަލާމަތީ ބާރު ބޭނުންކޮށްގެން މީހަކު ހައްޔަރުކުރުމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އިރު ރައީސް ޔާމީން ހައްޔަރުކޮށްގެން ކަމަށް ބުނެ ވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކަމަށެވެ. އެހެން ކަމުން ރައީސް ޔާމީނުގެ ފޮތުން ބަލާނަމަ، ގާސިމްގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަލީ ހުސައިން ވިދާޅުވީ، ހައި ކޯޓުން ނިންމި ނިންމުމުގައި މަޖިލީހުގެ މެންބަރަކު ހައްޔަރުކުރުމަށް ކަނޑައެޅިފައިވާ އިޖުރާތްތައް ފުރިހަމަކޮށްފައިނުވާކަން ހާމަކޮށްފައިވާ ކަމަށެވެ.

"ފުލުހުން މަސައްކަތް ކުރައްވާ ހައްޔަރު ނުކޮށްވޭތޯ. ފުލުހުންނަށްވެސް ފެންނަވާ ގައުމު ބަނަވެގެންދާ މަންޒަރު. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ ފުލުހުންވެސް ހިތުން ރުހުމުން ކުރައްވާ ކަމެއް ނޫން. އެހެން ނަމަވެސް އެބޭފުޅުންވެސް ވަޒީފާގެ ބޭނުމުގައި މަތިން އަންނަ ޕްރެޝަރެއްގެ ބޮޑުކަމުން އެގޮތެއް ނެތިގެން ގާސިމް ހައްޔަރުކުރެއްވީ. ހައްޔަރު ކުރި އިރު، އިޖުރާއަތްތައްވެސް ރަގަޅަށް ބަލާ ނުލެވުނީ." އަލީ ހުސައިން ވިދާޅުވި އެވެ.

ގާސިމްގެ މައްސަލައިގައި ކަންކަން ކުރި ގޮތުން ސަރުކާރުގެ އަތަށް ގޮވާފައި ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، މި ސަރުކާރުން ތަރައްގީގެ ނަމުގައި ހިންގަމުންދަނީ، ކޮރަޕްޝަން ކަމަށާއި ބޮޑެތި މަޝްރޫއުތަކުގެ އަގު އެތަށް ގުނައެއް އިތުރަށްދީގެން، ކޮރަޕްޝަނުގެ އަމަލުތައް ހިންގަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި މިކަމަކީ ރައްޔިތުންނަށް އެނގޭ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ސަރުކާރުން މަސައްކަތް ކުރަނީ، ދައުލަތުގެ ޓެކްސް އިދާރާ މީރާ ބޭނުންކޮއްގެން ރައްޔިތުންގެ އަތުން ފައިސާ ފެލުމަށް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. ގައުމު ދަރަމުންދާ މިންވަރު ދަނީ ފެންނަމުން ކަމަށާއި، ދައުލަތުގެ ހަރަދުތައްވެސް ސަރުކާރަށް ހަމަނުޖެއްސޭ ކަމަށް ވެސް މައުލޫމާތު ލިބެމުންދާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން ހިގައްޖެ، ރައްޔިތުންގެ މަޖިލީސް ބޭނުންކޮށްގެން ރައީސް ޔާމީނަށް ބޭނުން އަދަދަކުން ލޯނު ނެގޭގޮތަށް ގާނޫނަށް ބަދަލު ގެނައިތަން. ބޭނުންގޮތަކަށް ބޭނުން ހަރަދެއް ކުރެވޭނެހެން ގާނޫނަށް ބަދަލު ގެނައިތަން. އަދި ބޭނުން އަދަދަކުން ސޮވެރިން ބޮންޑު ނެގުމަށްވެސް ފަހި ކުރިތަން.މިއީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަންތައްތަކެއް ނޫން." އަލީ ހުސައިން ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު