Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީގައި ވެކްސިން ޖަހަން ފެށުން

ސައުދީގައި ކޮވިޑް-19 އަށް ވެކްސިން ޖަހަން ފަށައިފި

17 ޑިސެމްބަރު 2020 | ބުރާސްފަތި 09:13

ސައުދީގައި ވެކްސިން ޖަހަން ފަށާފައި ވަނީ ބުރާސްފަތި ދުވަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 17 ޑިސެމްބަރު 2020 | ބުރާސްފަތި 09:13
ސައުދީން ވަނީ އަންގާރަ ދުވަހު އެގައުމުގެ ރައްޔިތުން ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައި

ސައުދީން ވަނީ އަންގާރަ ދުވަހު އެގައުމުގެ ރައްޔިތުން ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައި

ސައުދީ އަރައްބިއްޔާއަށް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ލިބުމާއިއެކު އެގައުމުގެ ރައްޔިތުންނަށް ވެކްސިންދޭން ފަށައިފިއެވެ.

އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒަރ އަދި ޖަރުމަނުގެ ކުންފުނި ބައޯއެންޓެކް އިން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންނަށް ސައުދީ އިިން ހުއްދަދީފައިވާއިރު، އެގައުމުގައި ރައްޔިތުންނަށް ވެކްސިން ދޭން ފަށާފައި މިވަނީ ބުރާސްފަތި ދުވަހުއެވެ.

ބުދަ ދުވަހު ސައުދީއަށް ފައިޒަރ ވެކްސިިންގެ ފުރަތަމަ ޝިޕްމެންޓް ލިބިފައިވާއިރު، އެގައުމުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ވެކްސިން ޖަހަން ބޭނުންވާ ފަރާތްތައް ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ އަންގާރަ ދުވަހުއެވެ. އެގޮތުން މޯބައިލް އެޕްލިކޭޝަން، ސިއްހަތީ މެދުވެރިކޮށް އެގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ވެކްސިންޖަހަން ރަޖިސްޓްރީވެވޭ އިރު، ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރަތަމަ ގަޑިއިރުގެ ތެރޭގައި 100،000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އެގައުމުން ބުނެއެވެ.

ތިން މަރުހަލާއަކަށް ބަހާލައިގެން ސައުދީގައި ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މަރުހަލާގެ ދަށުން ވެކްސިން ދިނުމުގައި އިސްކަން ދޭނީ ހައިރިސްކް ކެޓަގަރީގެ މީހުންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންގެ އިތުރުން އުމުރުން 40 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޯޑީ މާސް އިންޑެކްސް މަތި މީހުންނާއި ބަރުދަން އިތުރުވުމުގެ މައްސަލަ ދިމާވެފައިވާ މީހުން އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން ހަށިގަނޑުގެ ގުނަވަނެއް ބަދަލުކުރުމަށް ސާޖަރީކޮށްފައިވާ ފަރާތްތަކާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށާއި ސްޓްރޯކެއް ޖެހިފައިވާ މީހުންނަށް އިސްކަންދެވޭނެ ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

ސައުދީ ސަރުކާރުން ބުނީ ދެވަނަ މަރުހަލާގެ ދަށުން ވެކްސިން ދިނުމުގައި އިސްކަންދޭނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި ދާއިމީ ބަލިތަކަށާއި ކެންސަރަށް ފަރުވާހޯދަމުންދާ ފަރާތްތަކަށާއި ފުރަތަމަ ބުރުގެ ދަށުން ވެކްސިން ދެވިފައިނުވާ ސިއްހީ އެހީތެރިންނަށް ކަމަށެވެ. ތިންވަނަ މަރުހަލާގެ ދަށުން ސައުދީ ސަރުކާރުން ވެކްސިން ދޭން ނިންމާފައި ވަނީ ފުރަތަމަ ދެ މަރުހަލާގައި ވެކްސިން ޖަހާފައިނުވާ ފަރާތްތަކުގެ ތެރެއިން ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
21 މެއި 2017

"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި

21 މެއި 2017
"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި
03 މެއި 2017

ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

03 މެއި 2017
ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
02 އެޕްރީލު 2017

ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

02 އެޕްރީލު 2017
ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް