Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެސްޓް ބްރޮމުން ބިލިޗް ވަކިކުރުން

ވެސްޓް ބްރޮމުގެ ކޯޗުގެ މަގާމުން ބިލިޗް ވަކިކޮށްފި

16 ޑިސެމްބަރު 2020 | ބުދަ 14:12

ވެސްޓް ބްރޮމުން ބިލިޗް ވަކިކުރިއިރު އެ ޓީމު އޮތީ ތާވަލުގެ ފުލުން ދެވަނައިގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ޑިސެމްބަރު 2020 | ބުދަ 14:12
ވެސްޓް ބްރޮމުގެ ކޯޗުގެ މަގާމުން ވަކިކުރި ކްރޮއޭޝިއާގެ ސްލަވެން ބިލިޗް

ވެސްޓް ބްރޮމުގެ ކޯޗުގެ މަގާމުން ވަކިކުރި ކްރޮއޭޝިއާގެ ސްލަވެން ބިލިޗް

އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓް ބްރޮމުގެ ކޯޗުގެ މަގާމުން ކްރޮއޭޝިއާގެ ސްލަވެން ބިލިޗް ވަކިކޮށްފިއެވެ.

ވެސްޓް ބްރޮމުން ބިލިޗް ވަކިކުރިއިރު، އެ ޓީމު އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 13 މެޗުން ހަތް ޕޮއިންޓާއެކުއެވެ. ބިލިޗުގެ އިރުޝާދުގެ ދަށުން ކުޅުނު ވެސްޓް ބްރޮމުން މިހާތަނަށް ވަނީ މި ސީޒަނުގައި އަށް މެޗުން ބަލިވެފައެވެ. އެކަމަކު އަންގާރަ ދުވަހުގެރޭ އެ ޓީމުން ވަނީ ވަރުގަދަ މެންޗެސްޓާ ސިޓީއާ 1-1 ން އެއްވަރުކޮށްފައެވެ. އަދި އެ މެޗަށްފަހު ބިލިޗް ވަނީ އެ ކުލަބުގެ ބޯޑުގެ ކޮންމެ ނިންމުމަކަށްވެސް އިޙުތިރާމުކުރާނެ ކަމަށް ބުނެފައެވެ.

ބުދަ ދުވަހުގެ ވަގުތެއްގައި ބިލިޗާއި އޭނާގެ ކޯޗިންގ ޓީމު އެއްކޮށް މަގާމުން ވަކިކުރިކަން ވެސްޓް ބްރޮމުން އިއުލާން ކުރިއިރު، އެ ކުލަބުން ނެރުނު ބަޔާނެއްގައި ވަނީ މިހާތަނަށް ބިލިޗް ވެސްޓް ބްރޮމަށް ކޮށްދިން ޚިދުމަތުގެ އަގުވަޒަންކޮށް އޭނާއަށް ޝުކުރުއަދާކޮށްފައެވެ.

މީގެ ކުރިން ކްރޮއޭޝިއާގެ ގައުމީ ފުޓްބޯޅަ ޓީމަށްވެސް އިރުޝާދުދިން އުމުރުން 52 އަހަރުގެ ބިލިޗް ވެސްޓް ބްރޮމާ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މިދިޔަ ސީޒަނުގައި އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގައި ވެސްޓް ބްރޮމް ވާދަކުރިއިރު، އެ ޓީމު އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓުވީ ބިލިޗުގެ ކޯޗުކަމުގައެވެ.

ވެސްޓް ބްރޮމުގެ ކޯޗުގެ މަގާމުން ބިލިޗް ވަކިކުރިއިރު، ލީގުގައި ދެން އެ ޓީމުން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ. އެރޭ އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމް ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ

06 އެޕްރީލު 2017
ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
18 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

18 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި
07 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި
05 ފެބުރުއަރީ 2017

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް