Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ނިންމުން

ސިފައިންނަށް ކުރިއެރުން ލިބޭނީ ބުރަ މަސައްކަތުން ނަތީޖާ ނެރިގެން - ޑިފެންސް މިނިސްޓަރ

16 ޑިސެމްބަރު 2020 | ބުދަ 11:11

ސިފައިންގެ 66 ވަނަ އަސާސީ ޓްރެއިނިންގ ނިންމައި 97 ސިފައިން ވަނީ ހިދްމަތާ ގުޅިފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 ޑިސެމްބަރު 2020 | ބުދަ 11:11
ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ޑިފެންސް މިނިސްޓަރ މާރިޔާ ވަޑައިގަންނަވަނީ

ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ޑިފެންސް މިނިސްޓަރ މާރިޔާ ވަޑައިގަންނަވަނީ

ދިވެހި ސިފައިންނަށް ކުރިއެރުން ހާސިލްކުރެވޭނީ، ތިމާގެ ހިތްވަރާއި ފަންވަރާއި މަސައްކަތުން ނަތީޖާ ނެރެގެން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސިޔާސީ ނުފޫޒުން ދިވެހި ސިފައިންގެ މުއައްސަސާ އެއްކިބާ ކުރުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު ސިފައިންގެ ކޮންމެ މީހަކަށްވެސް ތިމާގެ ގާބިލްކަމާއި ބުރަ މަސައްކަތުން ނަތީޖާ ނެރެ އެކަން ސާބިތު ކޮށްދީފިނަމަ އެ އޮންނަ އުސޫލުގެ ތެރެއިން ކުރިއެރުން ހާސިލް ކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ހަމައެފަދައިން ސިފައިންގެ ބަދަހި ސަފުތަކާއި ގުޅިހެން، ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާއިރު، އެއްވެސް ތަފާތެއްނެތި ހަމަހަމަކަމާއި އެކު ހިދުމަތް ދިނުމަށް ކޮންމެ ސިފައިންގެ މީހަކު ވެސް އިސްކަން ދޭންޖެހޭނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

އަންގާރަ ދުވަހު، ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ޅ. މާފިލާފުށީގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ބޭސިކް ޓްރެއިނިންގ ސްކޫލްގައެވެ. މިއީ އެ ޓްރެއިންނިންގ ސެންޓަރުގައި މިފަދަ ރަސްމިއްޔާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް 97 ސިފައިން ވަނީ ސިފައިންގެ ޚިދުމަތާ ގުޅިފައެވެ. މީގެ ތެރޭގައި 17 އަންހެން ސިފައިންނާއި 80 ފިރިހެން ސިފައިން ހިމެނެއެވެ.

މީގެކުރިން ސަފައިންގެ އަސާސީ ތަމްރީން ނިންމައި، ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ޓްރެނިންގއެއްގައި ބައިވެރިވާ ސިފައިންގެ އާއިލާތައް ބައިވެރި ކުރި ނަމަވެސް، ކޮވިޑް-19 ހާލަތާއި ގުޅިގެން މިފަހަރު ޓްރެއިނިންގ ހެދި ސިފައިންގެ އާއިލާތައް ބައިވެރިކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެ އިވެންޓް ވަނީ ރާއްޖެޓީވީ މެދުވެރިކޮށް، ލައިވް ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް (ސީޑީއެސްއެސް) ގެ ޖެނެރަލް އޮފިސަރ ކޮމާންޑިންގ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންގެ އިތުރުން ނޯދަން އޭރިޔާ ކޮމާންޑަރ ކާނަލް އިސްމާއީލް ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
02 މާރިޗު 2017

ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް

02 މާރިޗު 2017
ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް
02 މާރިޗު 2017

ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ

02 މާރިޗު 2017
ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ
01 މާރިޗު 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ

01 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
27 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކިޔަސް އަނބުރައި އަތުލާނަން: އެމްޔޫއޯ

27 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކިޔަސް އަނބުރައި އަތުލާނަން: އެމްޔޫއޯ
15 ފެބުރުއަރީ 2017

އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް

15 ފެބުރުއަރީ 2017
އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް