Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް ނޫސް ކޮންޕަރެންސް

ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް

މިއީ ގައުމުގެ ސަލާމަތާ ރައްކާތެރިކަމަށް މުހިއްމު ކަމެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 2 މާރިޗު 2017 | ބުރާސްފަތި 13:02
ޕީޕީއެމް ނައިބު ރައީސް އަބްދުއް ރަހީމް

ޕީޕީއެމް ނައިބު ރައީސް އަބްދުއް ރަހީމް

ސިފައިންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ވާންޖެހޭކަމަށާއި މިއީ ގައުމުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ޕީޕީއެމް އޮފީހުގާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގާ ވާހާކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕާޓީގެ މޮޓޯ އަކީ ގައުމުގެ މަސްލަހަތު ކަމަށާއި އެކަން ހާސިލް ކުރުމަށްޓަކާ ކުރަން ޖެހޭ ހުރިހާ ކަމެއްވެސް ކުރައްވާނެ ކަމަށެވެ. އަބްދުއްރަހީމު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހުރީވެސް ގައުމުގެ ސަލާމަތާ ރައްކާތެރިކަމަށް މަސައްކަތް ކުރުމަށެވެ.

Advertisement - newsAdvertisement

މިފަދަ އިސްލާހެއް މަޖިލީހަށް ހުށަހަޅާ، ފާސްކުރުމުން އޭގެ ގެއްލުން ލިބޭނީވެސް ޕީޕީއެމްއަށް ކަމަށާއި ސަބަބަކީ ސިފައިންގެ ތެރެއިންވެސް އެންމެ ބޮޑު ތާއީދު އޮތީ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމްގެ ވިސްނުން މިހުރީ ޕާޓީއަށް ގެއްލުންވޭތޯއޭ ނޫން. ގައުމުގެ އަމާން ކަމާ، ސިޔާދަތު ހިމާޔަތް ކުރުމަށް ކުރާ މަސައްކަތް މިއީ" އަބްދުއް ރަހީމު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަކިނު ވިދާޅުވީ، މިއީ ދިވެހި ރާއްޖޭ އެކަނި ކޮށް އުޅޭ ކަމެއް ނޫން ކަމަށާއި މިއީ ދުނިޔޭގެ ތަހުޒީބު މުޖުތަމައުތަކުގައިވެސް ކަން ހިނގާ އުސޫލު ކަމަށެވެ. މީގެއިން ދައްކުވާދެނީ، ދައުލަތުން އެ ގައުމެއްގެ ސަލާމަތީ ބާރުތަކުން ނާޖައިޒް ފައިދާ ނުނެގުމަށް މަސައްކަތް ކުރާ މިންވަރު ކަމަށެވެ.

" އެކަން މަޖިލީހަށް ހަމަ ހުށަހެޅުނުހާ އަވަހަށް އެކަން ބަލާ ފާސްކުރާނަން. ގައުމަށް އެންމެ ރަގަޅު ހާލަތަކަށް ގެނައުމަށް ކުރާ މަސައްކަތުގާ އަބަދުވެސް ޕީޕީއެމް އިން މަސައްކަތް ކުރާނަން." ނިހާނު ވިދާޅުވި އެވެ.

މި ހަފްތާގެ އަންގާރަ ދުވަހު ސިފައިންގެ ހެވިކަމުގެ މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގާ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ، އިންތިޚާބު ތަކުގައި ސިފައިންނަށް ވޯޓު ނުލެވޭނެ ގޮތަށް ހެދުމަށްޓަކައި ސިފައިންގެ ޤާނޫނަށް އިސްލާހް ހުށަހަޅުއްވާނެ ކަމަށެވެ.

އަދި މިފަދަ އިސްލާހެއް ހުށަހަޅަނީ ސިފައިންނަކީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ވާންޖެހޭތީކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީންވެސް ވަނީ މިއީ ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށާއި އެކަން އެންމެ ހަރު އަޑުން ކުށްވެރި ކުރާ ކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު