Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމު ހަރުދަނާކުރުން

ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމު ހަރުދަނާކޮށް ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

16 ޑިސެމްބަރު 2020 | ބުދަ 08:33

މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ބަދަލުކޮށް، މަސައްކަތާއި ގުޅިގެން އުފެދޭ ސުވާލުތައްކޮށް، އެފަދަ ސުވާލުތަކަށް ޖަވާބުލިބިގެންދާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 16 ޑިސެމްބަރު 2020 | ބުދަ 08:33
ފިނޭންސް މިިނިސްޓްރީ

ފިނޭންސް މިިނިސްޓްރީ

ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމު ހަރުދަނާކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ މިނިސްޓްރީގެ ބަނޑޭރިޕޯޓަލްގައި "ގަވަރމަންޓް ޕްރޮކިއުމަންޓް ޕްރޮފެޝަނަލްސް ނެޓްވަރކް"ގެ ނަމުގައި ނޮލެޖް ޕޯޓަލްއެއް ގާއިމުކޮށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާސާކިއުލާއެއްގައިބުނީ ޕްރޮކިއުމަންޓްގެ މަސައްކަތްތަކުގައި އުޅޭ ހުރިހާ މުވައްޒަފުންނަށް ހާއްސަކޮށްގެން ގާއިމުކުރެވުނު މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ބަދަލުކޮށް، މަސައްކަތާއި ގުޅިގެން އުފެދޭ ސުވާލުތައްކޮށް، އެފަދަ ސުވާލުތަކަށް ޖަވާބުލިބިގެންދާނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ޕްރޮކިއުމަންޓްގެ މަސައްކަތްތަކުގައި އުޅޭ ހުރިހާ މުވައްޒަފުން ޕްރޮކިއުމަންޓް އާއި ގުޅިގެން ކުރަންބޭނުންވާ ސުވާލުތައް ކުރުމުގައި އާއި، އަދި ޕްރޮކިއުމަންޓް އާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މި އެ ޕޯޓަލް ބޭނުންކުރުމަށް ފިނޭންސް މިނިސްޓްރީން ބާރު އަޅައެވެ.

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.67 ގެ (ށ) ގެ ދަށުން 15 ފަނަރަ އިންސައްތައަށް ވުރެ އިތުރަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމުގައާއި، އެ މާއްދާގެ (ނ) ގައި ބަޔާންކުރާ އެއްފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެން ނެތް މުދަލާއި ހިދުމަތުގެ އަގު 35,000 ރުފިޔާއަށް ވުރެ އިތުރުވާނަމަ، އެ ފައިސާ އެއްފަހަރާ ދޫކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދަން ބަނޑޭރިޕޯރޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެކަމަށް ފިނޭންސުން ބުނެއެވެ.

ފީނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހާމަކުރުމުގެގޮތުން، ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުއައްސަސާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގެ ޖަދުވަލު 1 ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއް ކަމަށްވާނަމަ އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މައުލޫމާތު، އެ ޕްރޮކިއުމަންޓެއް އެވޯޑްކުރެވުނު ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން ފަސް ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ވާނެކަމަށް ބުނެފައެވެ.

އަދި ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުޢައްޞަޞާތަކުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގެ ޖަދުވަލު 1 ގެ 1 އަދި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއް ނަމަ ކޮންމެ މަހެއްގައި އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މައުލޫމާތުވެސް، ދެން ފެށޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އޮފީސްތަކުގައި ގާއިމްކޮށްފައިވާ ބިޑް ކޮމިޓީތަކުގެ މައުލޫމާތު 31 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް އެމިނިސްޓްރީން ވަނީ އަންގާފައެވެ. އެގޮތުން ބަނޑޭރި ޕޯޓަލް ބޭނުންކުރާ ހުރިހާ އޮފީސްތަކުން ބިޑް ކޮމިޓީގެ މެންބަރުންގެ މައުލޫމާތު އެ ޕޯޓަލްގެ މެދުވެރިކޮށް ހުށަހެޅުމަށް އަދި، ބަޑޭރި ޕޯޓަލް ބޭނުންނުކުރާ އޮފީސްތަކުން އެ އޮފީސްތަކުގެ މެންބަރުންގެ ދަފުތަރު ފުރިހަމަކުރެއްވުމަށްފަހު procurementinfo@finance.gov.mv އަށް ފޮނުއްވުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
11 މާރިޗު 2017

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

11 މާރިޗު 2017
ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް