Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަކުދިންގެ ހައްގުތައް

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގައި ދެމި ހުންނާނަން: ފަޒްނާ

އެކި ބާވަތުގެ އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތް ހަރުދަނާ ކުރަންޖެހޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 16 ޑިސެމްބަރު 2020 | ބުދަ 06:44
ޔުނިސެފްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް ވަދާޢީ ޒިޔާރާތް ކުރެއްވުން

ޔުނިސެފްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް ވަދާޢީ ޒިޔާރާތް ކުރެއްވުން

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދެމި ހުންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، އ.ދ.ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް)ގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑޮކްޓަރ އެމް.މުނީރު އޭ.ސަފިލްޑިން އެކަމަނާގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކަމަނާ ވަނީ، ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްގެ ހައިސިއްޔަތުން ޑޮކްޓަރ މުނީރު ސަފިލްޑިން ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެ ޖަމުޢިއްޔާގެ އެޑްވޮކޭޓް ފޮރ ޗިލްޑްރަންސް ރައިޓްސްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތު ފާހަގަކުރައްވާ، އެއީ އެ ކަމަނާއަށް ލިބިވަޑައިގެންނެވި ޝަރަފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީގެއިތުރުން އެކަމަނާ ވަނީ، އެކި ބާވަތުގެ އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ޤާނޫނީ ގޮތުންނާއި، އިޖުތިމާޢީ ދާއިރާއިން، އަދި މިފަދަ ކަންކަމާމެދު މުޖުތަމަޢުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާ، އެ ކަންކަން އިތުރަށް ހަރުދަނާކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މި ކަމުގައި މުޅި މުޖުތަމަޢުގެ ދައުރު އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން ވެސް އެ ކަމަނާ ވާހަކަފުޅު ދެއްކެވިއެވެ. އަދި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދެމި ހުންނަވާނެކަމުގެ ޔަޤީންކަން އަރުވައި، ޑޮކްޓަރ މުނީރު ސަފިލްޑިންއަށް ފަހު ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްގެ މަޤާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކާ އެކުގައި ވެސް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ޑޮކްޓަރ މުނީރު ސަފިލްޑިން ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރާއި ޔުނިސެފް ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އަދި، ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ވަކިން ޚާއްޞަކޮށް އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

މިކުރާ ވިއްސާރަ ތިން ދުވަހަށް ދެމިގެންދާނެ ކަމަށް ބެލެވޭ: މެޓް އޮފީސް

18 މެއި 2017
މިކުރާ ވިއްސާރަ ތިން ދުވަހަށް ދެމިގެންދާނެ ކަމަށް ބެލެވޭ: މެޓް އޮފީސް
10 މެއި 2017

ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

10 މެއި 2017
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
02 އެޕްރީލު 2017

މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު

02 އެޕްރީލު 2017
މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު
25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
23 މާރިޗު 2017

ރައްޔިތުންގެ ޙައްޤުތައް އެންމެ ބޮޑަށް ކަތިލީ މި މަޖިލީހުން: ޙުސެއިން އަރީފް

23 މާރިޗު 2017
ރައްޔިތުންގެ ޙައްޤުތައް އެންމެ ބޮޑަށް ކަތިލީ މި މަޖިލީހުން: ޙުސެއިން އަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު