Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވެކްސިނޭޝަން ޕްރޮގްރާމްތައް ކުރިއަށްދަނީ ކިހިނެއް؟

ވެކްސިން ފުރަތަމަ ދިނުމަށް ނިންމާފައިވަނީ ފްރޮންޓްލައިން މަސައްކަތްތެރިންނަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2020 | ހޯމަ 13:30
އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމެއްގެ ތެރެއިން

އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމެއްގެ ތެރެއިން

ކޮވިޑް ބަލިމަޑުކަމަށް އަަހަރެއް ވާން ގާތްވެފައިވާއިރު، ދުނިޔޭގެ ހަތަރު ބިތަށް ފެތުރިފައިވާ މި ރޯގާއިން އަރައިގަތުމަށް ކެނޑިނޭޅި ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން އެންމެންވެސް ފާހަގަކުރީ ވެކްސިނެއްގެ ވާހަކައެވެ. އެއީ ވެކްސިނެއް ނުލިބި މި ރޯގަ ކޮންޓްރޯލް ނުކުރެވޭނެ ވާހަކައެވެ. އެއާއެކު ފުރަތަމަ ދުވަހުން ފެށިގެން ވެސް މި ބަލިން ރައްކާތެރިވާން ބޭނުންވާ ވެކްސިން އުފެއްދުމުގެ ރޭހުގައި ވާދަވެރިކަން އިތުރުވެގެންދިޔައެވެ.

ކޮންމެއަކަސް އަހަރުގެ ކުރީކޮޅު ފާމަސޫޓިކަލް ކުންފުނިތަކާއި ބަޔޯ ޓެކްނޮލޮޖީ ކުންފުނިތައް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ މިއަދު ފެނިއްޖެއެވެ. އެތައް ކުންފުންޏަކުން ވަނީ މި މަސައްކަތުގައި ކާމިޔާބު ހޯދާފައެވެ. އަދި އޭގެ ތެރެއިން ބައެއް ވެކްސިންތަކަކީ ވައިރަހުން ދިފާއު ކޮށްދިނުމުގައި 90 އިންސައްތައަށް ވުރެން ކާމިޔާބު ވެކްސިންތަކެއް ކަމަށް ދިރާސަތަކުގެ ހޯދުންތަކުން ދައްކައެވެ. ދެން އޮތީ އާބާދީ ވެކްސިނޭޓް ކުރުމުގެ މަރުހަލާއެވެ.

ކެނަޑާ:ކެނަޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވާ ގޮތުގައި ފައިޒަރ ވެކްސިން އެ ގައުމަށް ވަނީ ލިބިފައެވެ. އަދި ޕްރަޔޯރިޓީ ލިސްޓާ އެއްގޮތަށް ވެކްސިނޭޝަން ޕްރޮގްރާމް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ. ވެކްސިން ލިބުނު ކަމުގައިވީ ނަމަވެސް ކެނަޑާގެ ރައްޔިތުން މާސްކް އެޅުމަށާއި، އެއްވުންތައް ނުބޭއްވުމުގެ އިތުރުން ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

އެމެރިކާ:އެމެރިކާއަކީ ކޮވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ގައުމެވެ. މުޅި ދުނިޔޭގައި ވެސް އެންމެ ހަލުވިމިނުގައި ގިނަ ބަޔަކަށް މި ވައިރަސް ޖެހި، މަރުވަމުން ދަނީ އެމެރިކާގައެވެ. އަދި ވެކްސިން ހޯދަން އެމެރިކާއިން ބޮޑު ހަރަދެއް ކޮށްފައިވާއިރު، ހޯމަ ދުވަހު ވެކްސިނޭޝަން ޕްރޮގްރާމް ފަށާނެއެވެ. އަދި ހުރިހާ ހޮސްޕިޓަލަކަށް ފައިޒަރ އަދި ބައޯއެންޓެކް ވެކްސިން ފޯރުކޮށްދީފައިވާއިރު، ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ސަރުކާރުގެ ސިނިއަރ އޮފިޝަލުންނާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ނައިބް ރައީސް މައިކް ޕެންސް އަދި ސިޔާސީ ލީޑަރުން ބައިވެރިވެ ފައިޒަރ ވެކްސިން ޖެހުމަށް ވަނީ ނިންމާފައެވެ.

އިންޑިއާ:އިންޑިއާގެ ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވެކްސިން ދިނުމަށްޓަކައި މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން 20 މިލިއަން އާބާދީއެއް އޮންނަ މުމްބާއީގެ އެންމެންނަށް ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ. އަދި މި އެންމެންގެ ހާލަތު ވަރަށް ގާތުން ބެލޭނެކަން ފާހަގަކޮށް އޮފިޝަލުން ވިދާޅުވެފައިވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމްއާއެކު ޚާއްސަ އެޕްލިކޭޝަނެއް އުފައްދާފައިވާ ކަމަށެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ދެވަނަ ޑޯޒެއް ދޭން ޖަހަން ޖެހުމުން އަންގާނެ ކަަމަށް އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.

ޕާކިސްތާން:ކޮވިޑް-19ގެ ދެވަނަ ރާޅެއް ޕާކިސްތަނަށް ވަނީ އައިސްފައެވެ. އެހެންކަމުން އެ ގައުމުން އަންނަނީ ވީހާވެސް އަވަހަކަށް ވެކްސިނޭޝަން ޕްރޮގްރާމް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި އެންމެ ފުރަތަމަ މި ޕްރޮގްރާމް ހިންގަން 150 މިލިއަން ޑޮލަރު ހަދަރުކުރަން ނިންމި ނަމަވެސް، ގިނަ ބަޔަކު ޕޮޒިޓިވްވެ ހާލަތު ގޯސްވަމުން ދިއުމާއި ގުޅިގެން އެ ގައުމުން ވަނީ މި ޕްރޮގްރާމަށް 250 މިލިއަން ޑޮލަރު ހަރަދުކުރަން ނިންމާފައެވެ.

ބަހްރައިން:ބަހްރައިނުން އާދިއްތަ ދުވަހު ޗައިނާގެ ސިނޮފަރމް ވެކްސިންގެ ކްލިނިކަލް ޓްރިއަލް 3 ވަނަ މަރުހަލާވަނީ ފަށާފައެވެ. އަދި މި ޓްރެއަލްގައި 7700 ވޮލެންޓިއަރުން ބައިވެރިވެފައިވެއެވެ. ބަހްރެއިންގައި ވެކްސިނޭޝަން ޕްރޮގްރާމް ފަށާނީ މި ޓްރަޔަލްތަކުގެ ނަތީޖާއަށް ބެލުމަށް ފަހުގައެވެ.

ސިންގަޕޫރު:ސިންގަޕޫރުގައި ފައިޒަރ ވެކްސިން ދިނުމުގެ ހުއްދަ އެ ގައުމުގެ ހެލްތް ސައިންސް އޮތޯރިޓީން ވަނީ ދީފައެވެ. އެގޮތުން ޑިސެމްބަރު މަސް ނިންމެންވާއިރަށް ފައިޒަރގެ ފުރަތަމަ ޝިޕްމެންޓް ލިބޭނެކަމަށް ރިޕޯޓުތަކުން ބުނެއެވެ. ތިން ކުއާޓަރަށް ބަހާލައިގެން ވެކްސިން ދިނުމަށް ނިންމާފައިވާއިރު، އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ވެކްސިން ދިނުމަށްޓައި ގައުމުތަކުން ތައްޔާރުވަމުންދާއިރު، ގިނަ ގައުމުތަކުން ވެކްސިން ފުރަތަމަ ދިނުމަށް ނިންމާފައިވަނީ ފްރޮންޓްލައިން މަސައްކަތްތެރިންނާއި، ސިއްހީ ޚިދުމަތްތެރިންނަށާއި އުމުރުން ދުވަސްވީ މީހުންނަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ނަސޭހަތަކީ ކޮބާ؟

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ނަސޭހަތަކީ ކޮބާ؟

08 ޑިސެމްބަރު 2017
މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

01 ޑިސެމްބަރު 2017
 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
 "ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

"ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

29 އޮކްޓޯބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު