Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލައިންގ ސްކޫލުގެ މައްސަލަ

ފްލައިން ސްކޫލްގެ ދަރިވަރުން ނިކަމެތި ކުރުމަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުރެވޭ ޖެއްސުމެއް: ޒަރިޔަންދު

ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށް ފްލައިން ސްކޫލްގެ މައްސަލަވަނީ ގެނެސްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 12 ޑިސެމްބަރު 2020 | ހޮނިހިރު 23:59
އައްޑޫ ފްލައިންގ ސްކޫލް، ފްލައިން ސްކޫލުގެ ދަރިވަރުން ވަކި ކުރުމުގައި ޤަވާޢިދާއި ޚިލާފަށް އަމަލުކޮށްފައިވާކަމުގެ ތުހުމަތުތަކެއް ވަނީ މީގެ ކުރިން ކުރެވިފައި

އައްޑޫ ފްލައިންގ ސްކޫލް، ފްލައިން ސްކޫލުގެ ދަރިވަރުން ވަކި ކުރުމުގައި ޤަވާޢިދާއި ޚިލާފަށް އަމަލުކޮށްފައިވާކަމުގެ ތުހުމަތުތަކެއް ވަނީ މީގެ ކުރިން ކުރެވިފައި

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުން ނިކަމެތި ކުރުމަކީ ސަރުކާރާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުރެވޭ ޖެއްސުމުގެ އަމަލެއް ކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޒަރިޔަންދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ފްލައިން ސްކޫލްގެ މަސްލަހަތު ހިމެނޭ ބަޔަކު އެ މައްސަލަ ބަލަންޖެހޭ އޮފީސްތަކުގައި ތިއްބަވާ، ދަރިވަރުން ނިކަމެތިކުރާއިރު ޓްރާންސްޕޯރޓް މިނިސްޓްރީ އާއި ހަޔަރ އެޑިޔުކޭޝަންގެ ވަޒީރުން އަތްއުރާލައިގެން ތިއްބަވާނަމަ އެ ހިންގެވެނީ ސަރުކާރާއި އައްޑޫ ސިޓީ ރައްޔިތުންނަށް ޖެއްސުމުގެ ޢަމަލެއް ކަމަށެއެވެ.

Advertisement - newsAdvertisement

އަދި ޒިންމާދާރު ވުމަށް ޒަރިޔަންދު ވަނީ އެފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން ވަކި ކުރުމުގައި ޤަވާޢިދާއި ޚިލާފަށް އަމަލުކޮށްފައިވާކަމުގެ ތުހުމަތުތަކެއް ވެސް ވަނީ މީގެ ކުރިން ކުރެވިފައެވެ.

މީގެ އިތުރުން ފްލައިން ސްކޫލްގައި ތަމްރީނު ފުރިހަމަކުރަމުންދާ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެ ކަމުގައި އެތައް އަހަރެއް ހޭދަކުރަން ޖެހިފައިވާކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ. އެ ކަމުގެ ސަބަބުން އެ ދަރިވަރުން ކުރަންޖެހިފައިވާ ހޭދަ އިތުރުވެގެން ގޮސްފައިވާ ކަމަށް ދަރިވަރުން ބުނެއެވެ.

އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލުގެ މައްސަލަ ބޮޑުވެ އެ ސްކޫލުގެ ދަރިވަރުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ތަފާތު އެކި ހުށަހެޅުންތައް ހުށައަޅާފައިވާއިރު، އެކަމުގައި އެއްވެސް ހައްލެއް ލިބިފައިނުވާކަން އެފަރާތްތަކުން ފާހަގަކުރެވެެ.

ނަމަވެސް ފްލައިންގ ސްކޫލުގައި ތަމްރީނު ހޯދަމުންދާ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އެކި ގޮތްގޮތުން ހައްލު ހޯދައިދެވޭތޯ ކުރަމުންދާ މަސައްކަތުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ކަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު މަޝްވަރާކުރަމުންދާ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި އުސޫލާއި ޚިލާފަށް އަމަލުކޮށްފައިވާނަމަ އެފަރާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު