Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް ކޮމިއުނިޓީ ފަންޑް

ބީއެމްއެލްގެ އެހީގައި ކަނޑޫދޫ ތުނޑީގައި ޕިކްނިކް ސަރަހައްދެއް ގާއިމްކޮށްފި

12 ޑިސެމްބަރު 2020 | ހޮނިހިރު 10:24

މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގާފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 12 ޑިސެމްބަރު 2020 | ހޮނިހިރު 10:24
ކަނޑޫދޫ ތުނޑީގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން

ކަނޑޫދޫ ތުނޑީގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން

ބޭންކް އޮފް މޯލްޑިވްސް 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށް ބޭނުންކުރަން ފަށައިފިއެވެ.

ރަށުގެ ގިނަ ރައްޔިތުން މިހާރުވެސް ދަތުރު ދިއުމަށް ބޭނުންކުރާ މި ސަރަހައްދުވަނީ ފަސޭހަކަމާ އެކު ބޭނުންކުރެވޭނެހެން ހިޔާވާނެ ގޮތަށް އަތިރިމަތީގައި ކުޑަ ޖަހައި، ހަޓް ހަދައި، ޖޯލިފަތި ބަހައްޓައި، އުނދޯލި ގެއެއް ގާއިމްކޮށްފައެވެ. އަދި ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަނެއްވެސް ވަނީ ތައްޔާރުކޮށްފައެވެ.

މީގެ އިތުރުން ކަސްރަތު ކުރުމަށް ހާއްސަ ތަނެއް ހަދައި، ރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ވަޅެއްވަނީ ބަހައްޓާފައެވެ. މި ސަރަހައްދު އިތުރަށް ފެހިކުރުމަށްޓަކައި 30 ރުކާއި އިތުރު ގަސްވެސް އިންދާފައިވާކަމަށާއި، މި ތުނޑިއަށް ދަތުރު އަންނަ ފަރާތްތަކުން ކުނި އުކާލުމަށް ޑަސްޓްބިން ބަހައްޓާފައިވާ ކަމަށްވެސް ބީއެމްއެލްއިން މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮޕޯސަލް ކާމިޔާބުކުރި ކަނޑޫ ސްޕޯރޓްސް ކްލަބުގެ ފަރާތުން ބުނެފައިވަނީ ރަށުގެ ތުނޑި ޕިކްނިކް ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އާއިލީ އަދި އެކުވެރިކަމުގެ ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުންކަމަށެވެ. އަދި މުސްތަގުބަލުގައި މިތަން އިތުރަށް ތަރައްގީކޮށް އަވަށްޓެރި ރަށްތަކުގެ ރައްޔިތުންނަށްވެސް މި ސަރަހައްދު ބޭނުން ކުރެވޭނެހެން ބޭއްވުމަކީ ތަސައްވަރުކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދީފައެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!

23 އޯގަސްޓު 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!
08 އޯގަސްޓު 2017

ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!

08 އޯގަސްޓު 2017
ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!
20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
20 ޖޫން 2017

މުޅި މާރުކޭޓުގައި ކަނޑޫދޫ މިރުސް!

20 ޖޫން 2017
މުޅި މާރުކޭޓުގައި ކަނޑޫދޫ މިރުސް!
12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
05 މެއި 2017

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި
30 މާރިޗު 2017

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
23 ފެބުރުއަރީ 2017

ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި

23 ފެބުރުއަރީ 2017
ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
13 ފެބުރުއަރީ 2017

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

13 ފެބުރުއަރީ 2017
ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް