Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިއާދަކުރަނިވި ހަކަތައަށް ދިވެހިރާއްޖެ ބަދަލުވުން

އިއާދަކުރަނިވި ހަކަތައިގެ ބިޔަ ބޮޑު މަޝްރޫއަކަށް ވާލްޑް ބޭންކުގެ 107.4 މިލިއަން ޑޮލަރުގެ އެހީ

މި މަޝްރޫއަށް ޖުމްލަ ހޭދަވަނީ 107.4 މިލިއަން ޑޮލަރު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2020 | ހޮނިހިރު 07:58
އިއާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި ހުޅުމާލެ ފްލެޓްތަކުގައި ސޯލަރ ޕެނަލް ހަރުކޮށްފައި

އިއާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި ހުޅުމާލެ ފްލެޓްތަކުގައި ސޯލަރ ޕެނަލް ހަރުކޮށްފައި

އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދު އާރާސްތުކުރުމަށްޓަކައި ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ 107.4 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއް ވާލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ހޮނިހިރު ދުވަހު ފާސްކޮށްފިއެވެ.

އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއު ބިނާވެފައިވަނީ، ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ހޯދުމުގެ ބޭނުމުގައި ވާލްޑް ބޭންކުން މިހާރުވެސް ކުރިއަށް ގެންދާ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓްސް އިން ރިނިއުއަބަލް އެނާޖީ (އެސްޕަޔާ) މަޝްރޫއުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށެވެ.

Advertisement - newsAdvertisement

މި ދެ މަޝްރޫއުވެސް ފަރުމާކުރެވިފައިވަނީ، ކުޑަ ޖަޒީރާ ޤައުމެއްގެ ހައިޞިއްޔަތުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެހީއަކަށް ވާނެ ގޮތަށެވެ. ހަމަ އެއާއިއެކު، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަން ފެށުމުން، ތެލަށް ބަރޯސާވުން ކުޑަވެ އަދި އޭގެ ސަބަބުން ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ކާބަންގެ މިންވަރު މަދުވާނެއެވެ.

ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދު-ޒާވޮސް ވިދާޅުވީއިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރާނެ އަމިއްލަ ވިޔަފާރިވެރިން ގެނައުމަށް އެސްޕަޔާ އިން މަސައްކަތްކުރިއިރު، އެރައިޒް މަޝްރޫއުގެ ދަށުން އެކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އިންވެސްޓަރުންނަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން، ހަކަތަ އުފައްދަން ބޭނުންކުރާ އެންމެ ޒަމާނީ އީޖާދުތަކާއި އުފައްދާ ހަކަތަ ރައްކާކުރާނެ ވަޞީލަތްތަކާއި އަދި ކަރަންޓް ފޯރުކޮށްދޭ ވިއުގައިގެ ފެންވަރު މަތިކުރެވިގެންދާނެކަމަށެވެ.

އާ މަޝްރޫއުގެ ބޭނުމަކީ މާލެ ސަރަހައްދާއި އެ ނޫންވެސް ދިވެހިރާއްޖޭގެ ހިސާބުތަކުގައި އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް، އެ ހަކަތަ ކަރަންޓް ވިއުގައިގެ ތެރޭގައި ބޭނުންކުރެވޭ ވަރު އިތުކުރުމަށްޓަކައި ކަރަންޓް ވިއުގަ ހަރުދަނާކުރުމެވެ. އެސްޕަޔާ އަދި އެރައިޒް މަޝްރޫއުގެ ދަށުން ޤާއިމްކުރެވޭ އަވިން ހަކަތަ އުފައްދާ ނިޒާމުތައް މެދުވެރިކޮށް ޖުމްލަ 42.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ. މިއީ، އިއާދަކުރަނިވި ވަޞީލަތްތައް މެދުވެރިކޮށް 2020 ގެ ނިޔަލަށް 51 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ކަނޑައަޅާފައި ލަނޑުދަނޑިއަށް ވާޞިލްވުމަށް ދެވޭ ވަރަށް ބޮޑު ބާރެކެވެ.

ވާލްޑް ބޭންކް ގްރޫޕުގައި ހިމެނޭ މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އެޖެންސީ (މީގާ) އަދި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ ވަޞީލަތްތަކާއި ތަޖުރިބާ ބޭނުންކޮށްގެން، އިންވެސްޓަރުންނަށް ހުރި ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި ޚާއްޞަ އިނާޔަތްތައް ފޯރުކޮށްދެވޭނެއެވެ.

އޭގެ ތެރޭގައި، އުފައްދާ ހަކަތަ ގަންނަ އަގު ކުޑަކުރުމަށްޓަކައި ދެވޭ އިނާޔަތްތަކާއި ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ މެކޭނިޒަމެއް ޤާއިމްކުރުން އަދި އިންވެސްޓްމަންޓް ގެރެންޓީ ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުވަމުންދާ ވަރަކަށް އެ ހަކަތަ ބޭނުންކުރެވޭ ވަރު ފުޅާކުރުމަށްޓަކައި މިހާރު ހުރި ކަރަންޓް ވިއުގުތަކުގެ ފެންވަރު މަތިކުރެވިގެންވެސް ދާނެއެވެ. ހަމަ އެއާއިއެކު، ކުޑަ އަގެއްގައި މެދުކެނޑުމެއް ނެތި ކަރަންޓް ފޯރުކޮށްދިނުމަށާއި އެހެނިހެން ވަޞީލަތްތައް މެދުވެރިކޮށް އުފައްދާ ހަކަތަވެސް ބޭނުންކުރެވޭ ގޮތަށް ބެޓެރީ ނިޒާމުތަކެއް އައްޑޫ ސިޓީ އާއި އެހެނިހެން ބައެއް ރަށްރަށުގައި ޤާއިމްކުރެވޭނެއެވެ.

މި މަޝްރޫއުގެ ދަށުން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ މުވައްޒަފުން ތަމްރީން ކުރުމުގައިވެސް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންކުރާ އެހެނިހެން ބައެއް ވަޞީލަތްތައް ކަމަށްވާ ވައި އަދި ހައިޑްރޮޖަން ފަދަ ވަޞީލަތްތަކާއި، ކަރަންޓުން ހިންގާ އެއްގަމު އުޅަނދުފަހަރު ޗާޖުކުރެވޭ ސްޓޭޝަންތައް އަދި 'ވެހިކަލް-ޓު-ގްރިޑް-' ފަދަ އާ އީޖާދުތަކުގެ އަޖުމަބެލިގެންވެސް ދާނެއެވެ.

ހަމަ އެއާއިއެކު، މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ފަންނީ އެހީގެ ޕެކޭޖުގެ ދަށުން، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅިގެންދާނެ އެވެ. އޭގެ ތެރޭގައި، ހަކަތައިގެ ދާއިރާގައި އަންހެނުންނަށް މިހާރަށް ވުރެ ގިނަ އަދި ރަނގަޅު ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމާއި އަންހެން ދަރިވަރުންނަށް ޚާއްޞަކޮށް ވޯކްޝޮޕްތައް ހިންގުން އަދި އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ އަންހެނުންނަށް ހުނަރު ދަސްކޮށްދިނުމުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.

މި މަޝްރޫއަށް ވާލްޑް ބޭންކުން ކަނޑައަޅާފައިވާ ޓާސްކް ޓީމް ލީޑަރުން ކަމަށްވާ އަމިތު ޖައިން އަދި ޖޫންކިޔަން ސޮންގް ވިދާޅުވީތެޔޮ އެތެކުރުމުގައި ދިމާވާ މައްސަލަތަކާއި ތެލުގެ ބާޒާރުގައި އަގަށް އަންނަ ބަދަލުތަކާ ކުރިމަތިލާންޖެހުމުގެ ސަބަބުން ދިވެހިރާއްޖެއަށް ވަނީ އެތެރެކުރާ ތެލަށް ބޮޑު އަގެއް ދައްކަންޖެހިފައިކަމަށެވެ. އޭގެ ސަބަބުން، ރާއްޖޭގެ ރަށްތަކުގައި ހަކަތަ އުފެއްދުމަށް ކުރާ ހޭދަ ވަރަށް ބޮޑުވާ ކަމަށާއި މިއީ އިއާދަކުރަނިވި ހަކަތަ އަށް ބަދަލުވާންޖެހޭ އެއް ސަބަބު ކަމަށްވެސް މިބޭފުޅުން ވިދާޅުވިއެވެ.

އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ، ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަނާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަމަންޓުންނެވެ.

މި މަޝްރޫއަށް ޖުމްލަ ހޭދަވަނީ 107.4 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން ލޯނު ދޭ ވާލްޑް ބޭންކުގެ އިދާރާ ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 12.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނެއެވެ.

ވާލްޑް ބޭންކް ގްރޫޕުގެ ބޭރުން މި މަޝްރޫއަށް، ކްލީން ޓެކްނޮލޮޖީ ފަންޑުން 30 މިލިއަން ޑޮލަރު، އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން 20 މިލިއަން ޑޮލަރު އަދި އާންމު ވިޔަފާރީގެ އުޞޫލުން ދޭ 45 މިލިއަން ޑޮލަރު ލިބޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު