Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ވެކްސިން ދުނިޔޭގެ ހުރިހާ ހިސާބަކަށް

އެންމެ މަދުން އަދި މެދު މިނުގައި އާމްދަނީ ލިބޭ ގައުމުތަކަށް ކޮވިޑް ވެކްސިންގެ 1 ބިލިއަން ޑޯޒް

ކޮވެކްސް ފެސިލިޓީގެ ދަށުން އެގައުމުތަކަށް 1 ބިލިއަން ޑޯޒް ވަނީ ހަމަޖައްސާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޑިސެމްބަރު 2020 | ހޮނިހިރު 00:21
ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންގެ ޑޯޒްތަކެއް

ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންގެ ޑޯޒްތަކެއް

އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކާއި، މެދު މިނުގައި އާމްދަނީ ލިބޭ ގައުމުތަކަށް ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިންތަކުގެ 1 ބިލިއަން ޑޯޒް ހަމަޖެހިފައިވާކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.

ހުކުރު ދުވަހުގެ ރޭ ޑަބްލިޔުއެޗްއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވީ ކޮވިޑް-19 ވެކްސިން ދުނިޔޭގެ އާބާދީއަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ކޮވެކްސް ފެސިލިޓީގެ ދަށުން އެގައުމުތަކަށް 1 ބިލިއަން ޑޯޒް ހަމަޖައްސާފައިވާކަމަށެވެ. ކޮވެކްސް ފެސިލިޓީގައި 189 ގައުމަކުން ވަނީ ބައިވެރިވެފައެވެ. އަދި ފައިސާވެރި 76 ގައުމަކުން ވަނީ އެފެސިލިޓީގައި ބައިވެރިވެފައެވެ.

ކޮވެކްސް ފެސިލިޓީއަކީ ކޮވިޑް-19 ވެކްސިން ވަކި ބައެއްގެ އަތްމައްޗަށް އެއްކޮށް ދިޔުން ކޮންޓްރޯލްކޮށް ކޮންމެ ގައުމެއްގައިވެސް އެންމެ އަވަހަށް ވެކްސިން ބޭނުންވާ ހައިރިސްކު ކެޓަގަރީގެ މީހުންނަށް ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް އުފައްދާފައިވާ ފެސިލިޓީއެކެވެ. އެހެންނަމަވެސް މި ފެސިލިޓީގެ މަސައްކަތްތައް ކާމިޔާބުވެދާނެ ކަމާމެދު ދާދިފަހަކާ ޖެހެންދެންވެސް ވަނީ ސުވާލު އުފެދިފައެވެ.

ވަކިން ޚާއްސަކޮށް އެމެރިކާއިން ކޮވެކްސްގައި ބައިވެރިނުވެ އެގައުމަށް ބޭނުންވާ ވެކްސިންގެ ޑޯޒްތައް ހޯދުމަށް އެކި ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދަން ފެށުމުން އެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އެހެންނަމަވެސް ކޮވިޑް-19 އަށް 4 ވެކްސިނެއް އުފައްދަމުން އަންނަ ޗައިނާއިން ވަނީ މިފެސިލިޓީގައި ބައިވެރިވެފައެވެ.

މި ފެސިލިޓީ އުފެއްދުމުގައި ޑަބްލިޔުއެޗްއޯއާއި ގުޅިގެން މަސައްކަތްކުރާ އެއް ބަޔަކީ ގަވީ ވެކްސިންސް އެލަޔަންސެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ

24 މެއި 2017
އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ
23 މެއި 2017

ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

23 މެއި 2017
ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ
04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު