Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރްސީ ޙިޔާނަތް

ޙުކުމް ތަންފީޒުކުރަން ޒިޔަތު މާފުށީ ޖަލަށް ބަދަލުކޮށްފި

ޒިޔަތުގެ މައްޗަށް 32 ދައުވާގައި މިލިއަން ޑޮލަރުން ހިޔާނާތް ހިންގިކަމަށް ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2020 | ހުކުރު 04:16
ޒިޔަތުގެ މައްޗަށް އިއްވި ދައުވާތަކާ ގުޅޭ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ

ޒިޔަތުގެ މައްޗަށް އިއްވި ދައުވާތަކާ ގުޅޭ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް އޭނާ މާފުށީ ޖަލަށް ގެންގޮސްފިކަމަށް ކަރެކްޝަންސް އިން މައުލޫމާތު ދީފިއެވެ.

އެމްއެމްޕީއާރްސީ ޙިޔާނާތާ ގުޅިގެން އިއްވާފައިވާ ގިނަ ދައުވާތަކެއް ސާބިތުވެ ޒިޔަތަށް ޙުކުމްކޮށްފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެގޮތުން ކްރިމިނަލް ކޯޓުންވަނީ ދައުލަތުން އޭނާއާއެކު ވެފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން، އެ ހިޔާނާތާ ގުޅިގެން ޒިޔަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާގެ ހުކުމް ވަކިވަކިން އިއްވާފައެވެ.

Advertisement - newsAdvertisement

ދައުލަތަށް ލިބެންޖެހޭ ބޮޑެތި ފައިސާގެ އަދަދުތަކަށް ޒިޔާތު ހިޔާނާތް ވެފައިވާއިރު، އިއްވާފައިވާ ހުކުމްތައް ބޮޑުތަނުން ލުއިދީފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރުމަށް އޭނާގެ ފަރާތުން އެއްބާރުލުން ދިނުމާއި ކުށަށް އިއުތިރާފްވުމުގެ އެއްބަސްވުމުގެ ދަށުންނެވެ.

އެގޮތަށް ލުއިދިނުމުން، 2.5 މިލިއަން ޑޮލަރަށް ހިޔާނާތް ވެފައިވާ މައްސަލައެއްގައިވެސް ޒިޔަތަށް އަދަބެއްގެ ގޮތުގައި އިއްވީ 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ކުށަށް އިއުތިރާފްވުމުންނާއި، އަދަބު ލުއިކޮށްދިނުމުގައި ގާނޫނުގައި ބުނާ ހަމަތަކުގެ މަތިންނެވެ.

ޒިޔަތުގެ މައްޗަށް ހިޔާނާތުގެ 32 ދައުވާ އުފުލާފައިވާއިރު، އެއީ މުޅިންވެސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ފަޅުރަށްތަކާއި، ފަޅުތައް ރިސޯޓްގެ ގޮތުގައި ތަރައްގީކުރުމަށް ކުށްޔަށް ދޫކުރުމުގައި ހިންގާފައިވާ ހިޔާނާތެވެ. އޭގެ ތެރޭގައި ހިމެނޭ ގިނަ މައްސަލަތަކަކީ މިލިއަން ޑޮލަރުން މަތީގެ އަދަދުތަކުން ހިޔާނާތް ހިންގާފައިވާ މައްސަލަތަކެވެ.

އެމްއެމްޕީއާރްސީ ޙިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ޅ. މާބިންހުރާ މައްސަލައިގައި ޒިޔަތުގެ މައްޗަށް މީގެކުރިން ވަނީ ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާ ގެންދަނީ އެ ހުކުމް ތަންފީޒު ކުރަމުންނެވެ. އަދި މި މައްސަލައިގެ އިސްތިއުނާފު މަރުހަލާ ސުޕްރީމް ކޯޓާ ހަމައަށް ގެންދިއުމަށްފަހު، އޭނާވަނީ އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުގެ މަތިން ދައުލަތަށް އެއްބާރުލުން ދޭން ބޭނުންވާކަމަށް ބުނެ އިސްތިއުނާފު އަނބުރާ ގެންގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

28 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު