Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސާކްގެ 36 ވަނަ ޗާޓަރ ޑޭ

ބަލިމަޑުކަމުން އަރައިގަތުމަށް ސާކްގެ ހުރިހާ ގައުމަކުން އެކުގައި މަސައްކަތްކުރުން މުހިންމު - ރައީސް ސޯލިހު

8 ޑިސެމްބަރު 2020 | އަންގާރަ 08:11

މިއަހަރުގެ ޗާޓަރ ޑޭ ފާހަގަކުރަން ޖެހިފައި މިވަނީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 8 ޑިސެމްބަރު 2020 | އަންގާރަ 08:11
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުން އަރައިގަތުމަށް ސައުތް އޭޝިއަން އެސޯސިއޭޝަން އޮފް ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ހުރިހާ ގައުމެއް ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ސާކްގެ 36 ޗާޓަރ ޑޭގެ މުނާސަބަތުގައި ރައީސް ސޯލިހް ފޮނުއްވި މެސެޖްގައި އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ ޗާޓަރ ޑޭ ފާހަގަކުރަން ޖެހިފައި މިވަނީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށާއި މިހާލަތުގައި ސާކްގެ ސަބަބުން ގައުމުތަކުގެ މެދުގައި އުފެދިފައިވާ ގާތްގުޅުން ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވާކަމަށެވެ. އަދި ބަލިމަޑުކަމުން އަރަގަނެވޭނީ ސާކްގެ ހުރިހާ ގައުމުތަކެއް ގުޅިގެން އެކުގައި މަސައްކަތްކޮށްގެން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހްވަނީ އިންޑިއާއިިން އިސްނަގައިގެން ކޮވިޑް-19 ގެ ސަބަބުން ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށް ސާކް ކޮވިޑް-19 އެމެޖެންސީ ރިލީފް ފަންޑް ގާއިމް ކުރުމަށްޓަކައި ކުރިއަށް ގެންދިޔަ ވީޑިއޯ ކޮންފަރެންސް އަކީ ސާކްގެ ސަބަބުން ގައުމުތަކުގެ މެދުގައި އޮތް ގުޅުން ވަރަށް ރަނގަޅަށް ދައްކައިދިން ކަމެއްކަމަށް އެމަނުކުފާނުގެ މެސެޖްގައި ފާހަގަކުރައްވާފައެވެ. އަދި މިއީ އުދަގޫތަކާއި އެކުވެސް މުޅި ސަރަހައްދުގެ ފައިދާއަށް ގައުމުތަކުން އެކުގައި ގުޅިގެން މަސައްކަތްކުރާކަތް ވަރަށް ރަނގަޅަށް ދައްކައިދިން ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ސާކް ޗާޓަރ ޑޭ ފާހަގަކުރަމުންދާ އިރު، މި ޖަމިއްޔާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރުމަށް ރައީސްވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ގައުމުތަކުގެ މެދުގައި މިއޮތް ގުޅުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެއްގައުމު އަނެއް ގައުމާއިއެކު ކުރާ މަޝްވަރާތައް އިތުރުކޮށް ހުރިހާ ގައުމުތަކަށް ފައިދާވާ މަސައްކަތްތައް ގުޅިގެން ކުރިއަށް ގެންދިއުމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، 1985 ވަނަ އަހަރު ރާއްޖެ އިން ސާކްއާއި ގުޅުފަހުން ރާއްޖެ އިން ދަނީ އަބަދުވެސް ސާކް އަށް ފުރިހަމަ އެއްބާރުލުން ދެމުން ކަމަށާއި ދެކުނު އޭޝިއާގެ ސުލްހައާއި އަމާންކަން ކަށަވަރުކޮށް މި ސަރަހައްދު ތަރައްގީކުރުމަށް ސާކްގެ ގައުމުތަކާއި އެކު މަސައްކަތްކުރުމަށް ރާއްޖެ އޮތީ ތައްޔާރަށްކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ސާކްގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެ އާއި އިންޑިއާގެ އިތުރުން އަފްގާނިސްތާން، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ޕާކިސްތާނާއި ސްރީލަންކާއެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

25 ޖުލައި 2017

ރާއްޖޭގެ ސިޔާސީ މަޝްރަހާ މެދު ނުވަ ގައުމަކުން ކަންބޮޑުވުން ފާޅުކޮށްފި

25 ޖުލައި 2017
ރާއްޖޭގެ ސިޔާސީ މަޝްރަހާ މެދު ނުވަ ގައުމަކުން ކަންބޮޑުވުން ފާޅުކޮށްފި
14 ޖުލައި 2017

ރައްޔިތުން އެކުގައި ބާރަށް ފުމެލިޔަސް މި ސަރުކާރު ވެއްޓޭނެ: އާޒިމް

14 ޖުލައި 2017
ރައްޔިތުން އެކުގައި ބާރަށް ފުމެލިޔަސް މި ސަރުކާރު ވެއްޓޭނެ: އާޒިމް
03 ޖުލައި 2017

ގައުމަށް ރަގަޅު ގޮތަކީ ރައީސް ނަޝީދާއި އަޅުގަނޑާއެކުގައި މަސައްކަތް ކުރުން: ރައީސް މައުމޫން

03 ޖުލައި 2017
ގައުމަށް ރަގަޅު ގޮތަކީ ރައީސް ނަޝީދާއި އަޅުގަނޑާއެކުގައި މަސައްކަތް ކުރުން: ރައީސް މައުމޫން
07 ޖޫން 2017

ސަރުކާރުގެ ރައްދު: މިއީ ބޮޑު ގައުމަކުން ކުޑަ ގައުމަކަށް ދިން ހަމަލާއެއް!

07 ޖޫން 2017
ސަރުކާރުގެ ރައްދު: މިއީ ބޮޑު ގައުމަކުން ކުޑަ ގައުމަކަށް ދިން ހަމަލާއެއް!
05 މެއި 2017

ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ

05 މެއި 2017
ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ
30 މާރިޗު 2017

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރަނީ

30 މާރިޗު 2017
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރަނީ
25 މާރިޗު 2017

ނާއިންސާފު ނައްތާލެވޭނީ، މުޅި ޤައުމު އެކުގައި ތެދުވެގެން: އިމްތިޔާޒް

25 މާރިޗު 2017
ނާއިންސާފު ނައްތާލެވޭނީ، މުޅި ޤައުމު އެކުގައި ތެދުވެގެން: އިމްތިޔާޒް
24 މާރިޗު 2017

ހަތަރު ސިޔާސީ ޕާޓީގެ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި

24 މާރިޗު 2017
ހަތަރު ސިޔާސީ ޕާޓީގެ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި
16 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު

16 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު
09 ފެބުރުއަރީ 2017

އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު

09 ފެބުރުއަރީ 2017
އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް