Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބު

ނާއިންސާފު ނައްތާލެވޭނީ، މުޅި ޤައުމު އެކުގައި ތެދުވެގެން: އިމްތިޔާޒް

އަދުލު އިންސާފު ޤާއިމްކުރުމަށް، އުފައްދާފައިވާ މުއައްސަސާތަކުން ރައްޔިތުންނަށް އިންސާފެއް ނުލިބޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 25 މާރިޗު 2017 | ހޮނިހިރު 03:12
އިމްތިޔާޒް ފަހުމީ، ނައިފަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަނީ

އިމްތިޔާޒް ފަހުމީ، ނައިފަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަނީ

ނާއިންސާފާ ދެކޮޅަށް މޭ އައްޑަނައަކަށް ދިއްކޮށްލަންޖެހޭ ކަމަށާއި، ނާއިންސާފު ނެތިކޮށްލެވޭނީ މުޅި ޤައުމު އެކުގައި ތެދުވެގެންކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރުކަންވެސް ކުރައްވާ އިމްތިޔާޒް ފަހުމީ ވިދާޅުވީ، އަދުލު އިންސާފު ޤާއިމްކުރުމަށް، އުފައްދާފައިވާ މުއައްސަސާތަކުން ރައްޔިތުންނަށް އިންސާފެއް ނުލިބޭ ކަމަށާއި، ކުރިމަތިލާންޖެހެނީ ނާއިންސާފާ ކަމަށެވެ. އެގޮތުން މިސާލު ޖައްސަވަމުން އިމްތިޔާޒް ފަހުމީ ވަނީ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު މަޤާމުން ދުރުކުރެވުނު ގޮތް ފާހަގަކުރައްވާފަ އެވެ.

Advertisement - newsAdvertisement

އިމްތިޔާޒް ވިދާޅުވީ ގާޒީއަކު ކުރެއްވި ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން އެ ގާޒީ މަޤާމުން ވަކިކުރިއިރު، ކޯޓުތަކުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަކީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޒިންމާއެއް ކަމަށެވެ. އޭގެއިތުރުން ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫނު ޖަލީލް ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ގެންގުޅުމާއި، ކުރި ޓުވީޓަކާއި ގުޅިގެން ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ހައްޔަރުކޮށްފައިވާކަންވެސް އިމްތިޔާޒް ފާހަގަކުރެއްވި އެވެ. އަދި އެ ހުރިހާ ކަމަކީވެސް ނާއިންސާފުން ކޮށްފައިވާ ކަންތައްތަކެއް ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒް ފަހުމީ ވިދާޅުވީ، ނާއިންސާފު ނައްތާލެވޭނީ އެންމެ އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. އަދި ނާއިންސާފު ނައްތާނުލައިފިނަމަ، ނާއިންސާފާ ކުރިމަތިލާންޖެހެނީ މިއަދުގެ ތުއްތު ކުދިންކަމަށާއި، އެކަން އެގޮތަށްވުމުގެ ކުރިން ނާއިންސާފާއި ދެކޮޅަށް މޭ އައްޑަނައަކަށް ދިއްކޮށްލަންޖެހޭކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

"މިނާއިންސާފާ ދެކޮޅަށް އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރައްޔިތުން ކުރިމަތިލާންޖެހޭ. ނާއިންސާފު ނެތިކޮށްލެވޭނީ ހިތްވަރެއް ލައިންގެން. އެހެން ނޫންނަމަ ނާއިންސާފު ކުރިމަތިލާނީ އަޅުގަނޑުމެންގެ ޅަ ދަރިންނަށް. ޅަ ދަރިންނަށް މި ނާއިންސާފު ކުރިމަތިވުމުގެ ކުރިން އަޅުގަނޑުމެންގެ މޭ އައްޑަނައަކަށް ދިއްކޮށްލަންޖެހޭ އެބަ." އިމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރާނެ ކަމަށެވެ. އަދި ރައީސް ޔާމީން ބަލިކުރުމަށް ހުރިހާ ރައްޔިތުންވެސް އިންތިހާބުގައި ވޯޓުލުމަށް ނިކުމެ، އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓުދެއްވުމަށް އިމްތިޔާޒް އިލްތިމަސްކުރެއްވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު