Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ސިޔާސީ މަޝްރަހު

ރާއްޖޭގެ ސިޔާސީ މަޝްރަހާ މެދު ނުވަ ގައުމަކުން ކަންބޮޑުވުން ފާޅުކޮށްފި

ގާނޫނު އަސާސީ އާއި ރާއްޖެއިން އަހުދުވެފައިވާ މުއާހަދާތަކާ ވެސް ދެކޮޅު އަމަލުތަކެއް

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު | 25 ޖުލައި 2017 | އަންގާރަ 16:33
އެމްޑީޕީ އޮފީހުގެ ކުރިމަތީގައި އޮތް މުޒާހަރާގެ ތެރެއިން

އެމްޑީޕީ އޮފީހުގެ ކުރިމަތީގައި އޮތް މުޒާހަރާގެ ތެރެއިން

ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ނުވަ ގައުމަކުން ކަންބޮޑުވުން ފާޅުކޮށް، ބަޔާނެއް ނެރެފިއެވެ.

ކެނެޑާ، ފްރާންސް، ޖަރމަނީ، އިޓަލީ، ނެދަރލަންޑްސް، ނޯވޭ، ސްވިޒަލެންޑް، އިގިރޭސިވިލާތް، އެމެރިކާ އަދި ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ އީޔޫ ޑެލިގޭޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން މިހާރު ހިންގަމުންދާ ހަރަކާތްތަކުގެ ސަބަބުން، ރާއްޖޭގެ ޑިމޮކްރަސީ އަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ. އަދި، މިފަދަ އަމަލުތަކަކީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ރާއްޖެއިން އަހުދުވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ދެކޮޅު އަމަލުތަކެއް ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލިހަށް ވަނުމުން ހުރަސް އަޅާ، އަސްކަރިއްޔާ އިން މަޖިލިސް ހިސޯރުކުރުމާއި، މެންބަރުންނަށް ބިރު ދެއްކުމާއި ހައްޔަރުކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ގުޅިފައިވާ ބަޔާނުގައި ބުނެފައި ވަނީ ޑިމޮކްރަސީއެއްގައި އިދިކޮޅު ފަރާތްތަކަކީ މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ މުހިއްމު ކަންކަން ކަމެވެ. އިދިކޮޅު ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުގެ ދައުރަށް ހުރަސް ނޭޅުމަށް ވެސް ބަޔާނުގައި ގޮވާލާފައި ވެއެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލިހާއި މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ މިނިވަންކަން އަލުން އިޔާދަކުރުމަށާއި މަޖިލިހަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް މި ބަޔާނުގައި ސަރުކާރާއި ސަރުކާރުގެ އިދާރާތަކަށް ގޮވާލާފައި ވެއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު