Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންސާނީ ހައްގުތައް

ސަރުކާރުގެ ރައްދު: މިއީ ބޮޑު ގައުމަކުން ކުޑަ ގައުމަކަށް ދިން ހަމަލާއެއް!

7 ޖޫން 2017 | ބުދަ 21:23

ރާއްޖޭގެ ހާލަތު އޮޅުވާލާފައިވޭ

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު | 7 ޖޫން 2017 | ބުދަ 21:23
 އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގެ 35 ވަނަ ސެޝަން

އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގެ 35 ވަނަ ސެޝަން

ރާއްޖޭގެ ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތައް މިނިވަންކުރުމަށް އިގިރޭސިވިލާތް އިސްވެ، ތިރީސް ގައުމެއްގެ ސަޕޯޓާއެކު ނެރެފައިވާ ބަޔާނަކީ ބޮޑު ގައުމަކުން ކުޑަ ގައުމަކަށް ދިން ހަމަލާއެއްގެ ގޮތުގައި ދިވެހި ސަރުކާރުން ސިފަކޮށްފިއެވެ.

ބުދަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިނގިރޭސި ވިލާތުން ނެރެފައިވާ ބަޔާނަކީ ރާއްޖޭގެ ހާލަތު އޮޅުވާލާފައިވާ، "ފަނާކުރަނިވި ބަޔާނެއް" ކަމަށެވެ.

Advertisement - newsAdvertisement

ޖެނީވާގައި މިހާރު ކުރިއަށްދާ އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 35 ވަނަ ސެޝަންގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ގޮތުން 30 ގައުމެއް އެކުގައި އިއްވި ބަޔާނުގައި، ދިވެހިރާއްޖޭގެ ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތައް މިނިވަންކޮށް، އެ މުއައްސަސާތަކަކީ ޑިމޮކްރަސީ ދެމެހެއްޓުމަށް މަތިކޮށްފައިވާ ޒިންމާ އުފުލުމަށާއި، ޒިންމާދާރު ގޮތުގައި ފާރަވެރިވާން ޖެހޭ ފަރާތްތަކަށް ފާރަވެރިވެވޭނެ ބަޔަކަށް ހެދުމަށް ވަނީ ގޮވާލާފައެވެ.

ރާއްޖެއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގައި ރާއްޖެފަދަ ކުޑަ ގައުމުތަކަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

މީގެ އިތުރުން، ރާއްޖެއިން ވަނީ ރާއްޖެ އާއި ގުޅޭގޮތުން ބަޔާން ނެރުމުގައި އިސްކޮށް ހަރަކާތްތެރިވި އިނގެރޭސިވިލާތަށް ހޫނު ރައްދެއް ދީފައެވެ. އެގޮތުން، އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް ވަކާލާތުކުރާ އިިނރޭސިވިލާތް ފަދަ ގައުމުތަކުން، އެ ގައުމުތަކުގައި ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ނުކުޅެދިފައިވާ ކަމަށާއި، ބަހާއި އަމަލު ދިމާކުރުމަށް އދ އިން އިނގެރޭސިވިލާތަށް ގޮވާލާފައިވާ ކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ރާއްޖެއަށް އިގްތިސާދީ، އިޖްތިމާއީ، ސަގާފީ، މަދަނީ އަދި ސިޔާސީ ގިނަ ހައްގުތަކެއް ތައާރަފްކުރެވި، އެހައްގުތައް ރައްޔިތުންނަށް ޔަގީން ކޮށްދެވިފައިވާއިރު، މިހައްގުތައް ހޯދައިދިނުމުގައި ގައުމީ ފެންވަރެއްގައި ކުރިމަތިވަމުން އައި ގޮންޖެހުންތަކާއި ލިބެމުންދިޔަ ކާމިޔާބީތައް އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގައި ގަވާއިދުން ހިއްސާ ކުރަމުންދާ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

"ހަގީގަތަކީ، ރާއްޖެ ފަދަ ކުޑަ ގައުމެއް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތަރައްގީގެ އެތައް ހަރުފަތެއް ގިރާކުރުމުގެ ސަބަބުން، ގިނަ ފަރާތްތަކެއްގެ ސަމާލުކަން ލިބި، ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައި ވާކަން. އިންސާނީ ހައްގުތަކަކީ ރާއްޖޭގައި ގާއިމްވެފައިވާ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާ ކުރުމަށް ބޭނުންވާ އެއްބައި. އިންސާނީ ހައްގުތަކަކީ ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް. އޭގެ އަސާސްތަކަކީ ރާއްޖޭގެ މުއައްސަސާތަކުން އެއަށް އަމަލުކުރާ އަސާސްތަކެއް. އިނގިރޭސި ވިލާތުގެ ބަޔާނަކީ ދީނީ ގޮތުން، ހައްދުފަހަނަ އެޅުމުގެ މައްސަލަ ސިޔާސީކޮށް، ސަރުކާރުގެ މަސައްކަތްތައް، ހާއްސަކޮށް ދިވެހި ފުލުހުންގެ އަގުވައްޓާލުމަށް ނެރެފައިވާ ބަޔާނެއް،"

ރާއްޖޭގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް 30 ގައުމުން ގުޅިގެން ރެނުނު ބަޔާނަށް ރައްދު ދޭން އެންމެ ތިން ދުވަހުގެ ފުރުސަތެއް ދީފައި އޮތް ކަން ފާހަގަކޮށް، މިނިސްޓްރީ އިން ބުނީ 30 ގައުމުގެ ބަޔާނަކީ އެއްވެސް ހާލަތެއްގައި ބިނާކުރަނިވި ހިޔާލެއް ފާޅުކުރުމުގެ ނިޔަތުގައި ނެރެފައިވާ ބަޔާނެއް ނޫން ކަމަށެވެ. އަދި، މިއީ އިނގިރޭސި ވިލާތް ފަދަ ބޮޑު ގައުމަކުން ރާއްޖެ ފަދަ ކުޑަ ގައުމަކަށް ދިން ހަމަލާއެއް ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެހެން ގައުމުތަކުގެ ފަރާތުން ބޭނުންވަނީ އެހީތެރިކަމާއި، ކެތްތެރިކަމާއި، ހިތްވަރު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރި ގުއުމުތަކުގެ ތެރޭގައި ހިމެނެނީ، އޮސްޓްރިއާ، އޮސްޓްރޭލިއާ، ބެލްޖިއަމް، ބަލްގޭރިއާ، ކެނެޑާ، ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، ސައިޕްރަސް، ޑެންމާކް، އެސްޓޯނިއާ، ފިންލޭންޑް، ފްރާންސް، ޖޯޖިއާ، ޖަރމަނީ، ގްރީސް، އައިސްލޭންޑް، އަޔަލޭންޑް، އިސްރާއީލް، ލެޓްވިއާ، ލިޗްޓެންސްޓެއިން، ލިތުއޭނިއާ، ލަގްޒަމްބަރގް، މާލްޓާ، ދި ނެދަރލޭންޑްސް، ނިއު ޒިލޭންޑް، ޕޮލެންޑް، ސްލޮވާކިއާ، ސްލޮވޭނިއާ، ސްވިޑެން، ސްވިޒަރލޭންޑް، އަދި ޔޫކްރެއިން އާއި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާއެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް