Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލް

ޕޮލިސް ބޯޑު އެކުލަވާލާތާ 4 މަސްދުވަސްތެރޭ ތުހުމަތުކުރެވޭ ފުލުހުންނާ މެދު ގޮތެއް ނިންމާ އިސްލާހާއެކު ބިލް ފާސްކޮށްފި

މިބިލް ފާސްކޮށްފައިވަނީ 59 މެންބަރުންގެ ވޯޓުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2020 | އާދީއްތަ 19:06
ފުލުހުންތަކެއް

ފުލުހުންތަކެއް

ޕޮލިސް ބޯޑް އައްޔަނުކުރާ ދުވަހުން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި ޤާނޫނަށް އަމަލުކުރަން ފަށާއިރު ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި ސްޕްރިންޑެންޓުން ޕޮލިސް އިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަން އޮފިސަރުންގެ ތެރެއިން އެކިއެކި ތުހުމަތުކުރެވޭ ފުލުހުންނާ މެދު ގޮތެއް ކަނޑައަޅަންވާނެކަމަށް ހުށަހެޅި އިސްލާހާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ ކޮމިޓީގައި އެތައް ދިރާސާތަކެއް ކުރުމަށްފަހު ކޮމިޓީ ރިޕޯޓް ތަޅުމަށް އައިފަހުން ހުށަހެޅުނު ދެ އިސްލާހާއެކު މިބިލް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުން ވަނީ މިބިލް ފާސްކޮށްފައެވެ. އާދިއްތަ ދުވަހުގެ ހަވީރު 4:30ން ފެށިގެން ކުރިޔަށް ގެންދިޔަ ޖަލްސާގައި މިބިލަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ އެވެ. އީވާ ވަނީ މިބިލަށް ދެ އިސްލާހެއް ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

ފުރަތަމަ އިސްލާހަކީ އެބިލްގެ 75 ވަނަ މާއްދާއަށް ހުށަހެޅުއްވި އިސްލާހެކެވެ. އެއީ ފުލުހުންގެ ބޯޑު މިބިލް ޤާނޫނަކަށްވެ އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި އެކުލަވާލުމަށެވެ. ދެން އީވާ އިސްލާހު ހުށަހަޅުއްވާފައިވަނީ ބިލްގެ 3 ވަނަ މާއްދާގެ ނ ށް އިސްލާހު ގެނައުމަށެވެ.

އެއިސްލާހުގައި ބުނެފައިވަނީ ޕޮލިސް ބޯޑުން ފުލަހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚުތިޔާރު ނަހަމަގޮތުގައި ބޭނުންކޮށް ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓްކުރެވިފައިވާ އޮފިސަރުންނަކީ އެމަގާމުތަކަށް ގާބިލް އަދި މަގާމާ އެކަށޭނެ ހުނަރާއި މަސައްކަތުގެ ތަޖުރިބާ އާއި ނަޒާހާތްތެރިކަން ހުރި އޮފިސަރުން ކަމާމެދު ޕޮލިސް ބޯޑުން ގޮތެއް ކަނޑައަޅަންވާނެ ކަމަށެވެ. އަދި މިއޮފިސަރުންނާ މެދު ގޮތެއް ނިންމާ ތަންފީޒުކުރެވެންދެން ޤާނޫނަށް އަމަލުކުރަން ފެށިއިރު އެމީހުން ތިބި އެރޭންކުތަކުގައި ދެމިތިބޭނެކަމަށްވެސް މިއިސްލާހުގައި ބުނެފައިވެއެވެ.

ފުލުހުންނާމެދު ގޮތެއް ނިންމުމުގައި ވަކި މައުލޫމާތުތަކެއް ހިމަނަންވާނެކަމަށް ބިލްގައި ބުނެފައިވެއެވެ. އަދި މައުލޫމާތު ހޯދުމަށް ޕޮލިސް ބޯޑުން އެދިއްޖެނަމަ ފުލުހުންގެ އިދާރާއިންނާއި ބަޔާންކޮށްފައިވާ އޮފިސަރުން އެމައުލޫމާތުތައް ބޯޑަށް ދޭންވާނެކަމަށާއި އަދި ވަކި މައުލޫމާތެއް ދިނުމަށް އެއްވެސް ފަރާތަކުން އުޒުރުވެރިވެއްޖެނަމަ އެކަން ޕޮލިސް ބޯޑުން ފާހަގަކުރަންވާނެ ކަމަށްވެސް މިއިސްލާހުގައި ބުނެފައިވެއެވެ.

އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަން ޖެހޭ ކަންތައްތައް ވެސް މިބިލްގައިވެ އެވެ. އޭގެ ތެރޭގައި އެ އޮފިސަރެއްގެ ތައުލީމީ ފެންވަރާއި ސުލޫކާއި ފުލުހުންގެ ތެރޭގައި އޭނާ އަދާ ކުރާ ދައުރާއި ހިދުމަތް ކުރި މުއްދަތާއި އޭނާއާ މެދު ކުރެވޭ ތުހުމަތުގެ ބާވަތަށް ބަލަން ޖެހެ އެވެ.

ޕޮލިސް ބޯޑުން މައްސަލަ ބަލާ ނިންމާ އެކުލަވާލާ ރިޕޯޓުގައި އެ އޮފިސަރެއްގެ އާމްދަނީ އާއި ދަރަނީގެ ތަފްސީލްތަކާއި އަނބިންނާއި ދަރިންގެ މާލީ ބަޔާނުން ކަމެއް ފާހަގަ ވާނަމަ އެކަމާއި އާދަޔާ ހިލާފު ކުރިއެރުންތަކެއް ލިބިފައިވާ ނަމަ އެކަންކަމާ އަދި މީގެ ކުރިން މައްސަލައެއްގައި ފިޔަވަޅެއް އަޅާފައިވާ ނަމަ އެކަން އަދި އިތުރު ކޮމިޝަނަކުން އެ އޮފިސަރަކާ މެދު މައްސަލައެއް ބަލަމުން ދާނަމަ އެކަމާ ގުޅޭ މައުލޫމާތު ހިމަނަންޖެހެ އެވެ.

ޕޮލިސް ބޯޑް އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. ރައީސް އައްޔަން ކުރައްވަން ޖެހޭގޮތަށް ޕޮލިސް ބޯޑް އޮތްއިރު ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުންނެވެ.

އާންމު ދެ މެންބަރުން ބޯޑަށް ހޮވަނީ މަޖިލީހުން އިއުލާންކުރުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ނަންތައް ދިރާސާކޮށް މަޖިލީހުން ފާސްކުރާ ދެ ނަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

14 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު