Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީގެ ހިޔާނާތް/ ރައީސް ޔާމީން

ކޯޓަށް ހުށަހަޅާފައިނުވާ ލިޔުންތަކެއް ހޯދަން ރައީސް ޔާމީން އެދިވަޑައިގަންނަވާތީ، މައްސަލަ ކުރިއަށް ނުގެންދެވިފައި!

6 ޑިސެމްބަރު 2020 | އާދީއްތަ 15:01

މިމައްސަ؛ލާގައި މިހާތަނަށް ތިން އަޑުއެހުން ބޭއްވިއިރު، މުޅިން ވެސް ލިޔެކިޔުންތައް ހަމަނުވެގެން އެޝަކުވާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ޑިސެމްބަރު 2020 | އާދީއްތަ 15:01
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ރައީސް ޔާމީންގެ އަޑުއެހުމުގެ ތެރެއިން

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ރައީސް ޔާމީންގެ އަޑުއެހުމުގެ ތެރެއިން

އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރި މައްސަލައިގައި، ކޯޓަށް ހުށަހަޅާފައި ނުވާ ލިޔެކިޔުންތަކެއް ހޯދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން އެދިވަޑައިގަންނަވާތީ، މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ދިމާވެއްޖެ އެވެ.

އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ވެސް ރައީސް ޔާމީންގެ ފަރާތުން ތަކުރާރުކުރެއްވީ މިމައްސަލާގައި ހިމެނޭ ލިޔެކިޔުންތައް ހަމައަށް ލިބިފައި ނުވާކަމަށެވެ. ނަމަވެސް މިމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ވަނީ ކޮންމެ އަޑުއެހުމެއްގައި ލިޔެކިޔުންތައް ހަމަނުވާ ވާހަކަ ދައްކަވާތީ އާދިއްތަ ދުވަހުގެ އަޑުއެހުމުގައި އެކަމަށް ހައްލެއް ގެއްނެވުމަށް ދެފަރާތުގެ ކިބައި އެދިލައްވާފަ އެވެ. އެގޮތުން، ރައީސް ޔާމީންގެ ފަރާތުން ނުލިބޭކަމަށް ވިދާޅުވާ ލިޔެކިޔުންތައްކަކީ، ދައުލަތުން ސިއްރުކުރަން ހުށަހެޅި ލިޔެކިޔުންތަކުގެ އިތުރަށް ކޯޓަށް ހުށަހަޅާފައިނުވާ ލިޔެކިޔުންތަކެކެވެ.

Advertisement - newsAdvertisement

ގާޒީ ވިދާޅުވީ، ސިއްރުކުރަން ދައުލަތުން ހުށަހެޅާފައިވާ ލިޔެކިޔުންތަކާމެދު ކޯޓުން ގޮތެއް ނިންމަވާނެ ކަމަށެވެ. ނަމަވެސް ދައުލަތުން ކޯޓަށް ހުށަހަޅާފައިނުވާ ލިޔެކިޔުންތަކަކީ މިމައްސަލާގައި ބެލޭނެ ލިޔެކިޔުންތަކަކަށް ނުވާތީ ދިފާއުއަށްވެސް ބޭނުންވާނެ ލިޔެކިޔުންތަކެއް ކަމަށް ދެކިނުލައްވާ ކަމަށެެވެ.

އިތުރަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރެއްވީ ބޭންކް ސްޓޭޓްމަންޓްތައް ހިމެނޭ 20 ގަޑިއިރުގެ ސީޑީ ބެލޭ އިންތިޒާމު ހަމަޖައްސާ ދެއްވުމަށެވެ. އަދި 15 ދުވަހުގެ މުއްދަތެއް ސީޑީއާއި ލިޔެކިޔުންތައް ދިރާސާ ކުރުމަށް ދެއްވުމަށެވެ. ގާޒީ ވިދާޅުވީ 15 ދުވަސް ދެއްވިދާނެ ކަމަށާއި ނަމަވެސް ދެން އޮންނަ އަޑުއެހުމުގައި ލިޔެކިޔުންތައް ހަމަނުވާ ވާހަކައާއި ލިޔެކިޔުންތައް ދިރާސާ ނުކުރެވޭ ވާހަތައް ދެއްކެވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އިތުރަށް ގާޒީ ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އިބްތިދާއީ އަޑުއެހުމެއް ބޭއްވޭނެ ކަމަށާއި ލިޔެކިޔުންތައް ހަމަކޮށް، ދިރާސާ ކުރައްވައިގެން ވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެންމެފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ ގާނޫނީ ވަކީލުންނާ ވަކިން ތިއްބަވައިގެން އަޑުއެހުން ކުރިއަށް ގެންދަވާތީ ދަތިފުޅުވާ ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ ވަކީލުންނަށް ކޯޓަށް ވަޑައިގެން، ރައީސް ޔާމީންގެ އަރިހުގައި އިންނަވައިގެން ވަކާލާތު ކުރެއްވުމުގެ ފުރުސަތު އޮތްކަމަށް ވަކީލުންނަށް ދެންނެވިފައިވާނެ ކަމަށެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ގަނޫނީ ވަކީލުން ތިއްބެވީ އެމަނިކުފާނާއެކު ކޯޓު ރޫމްގަ އެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމާ ހަމައަށް މިމައްސަލާގައި ތިން އަޑުއެހުމެއް ބާއްވާފައިވާއިރު، މުޅިން ވެސް ކުރިއަށް ގެންދެވިފައިވަނީ ލިޔެކިޔުންތައް ހަމަނުވެގެން ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ކަންބޮޑުވުންތަކާ ގުޅޭ ކަންކަމެވެ.

ރ. ފުއްގިރި މައްސަލާގައި އިތުރު ފަރާތްތަކެއްގެ މައްޗަށް ދައުވާ ކޮށްފައިވާތީ، އިބްތިދާއީ އަޑުއެހުންތަކަށްފަހު، ޝަރީއަތުގެ އަޑުއެހުންތައް ބޭއްވޭނީ އެ ހުރިހާ ފަރާތްތަކެއްގެ އެއް ހާޒިރެއްގައި ކަމަށެވެ.

ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއެކެވެ.

މި މައްސަލައިގައި ރައީސް ޔާމީންއާއެކު މަނީ ލޯންޑަރ ކުރުމުގައި އުޅުއްވި ކަމުގެ ތުހުމަތުގައި އިތުރު ފަރާތްތަކެއްގެ މައްޗަށްވެސް ދައުވާކޮށްފައިވާއިރު، އޭގެ ތެރޭގައި އެ މަނިކުފާނުގެ އަރިސް ބޭފުޅެއް ކަމުގައިވާ ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކާއި، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ ހިމެނެއެވެ.

މި ދައުވާގައި ބުނެފައިވަނީ ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީން ރިޝްވަތުގެ ފައިސާގެ ގޮތުގައި ހޯއްދެވި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ކްރިކް ރިޒާ މެދުވެރިކޮށް އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް