Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގެރެތު ބޭލް

އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ކޮލިފައިންގެ މުހިންމު ދެމެޗު ބޭލް އަށް ގެއްލިއްޖެ

ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖްގެ ފަހު ދެމެޗުގައި ބޭލް ނުކުޅޭނެ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 3 އޮކްޓޯބަރު 2017 | އަންގާރަ 16:56
ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ކުޅޭ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް

ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ކުޅޭ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް

ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖްގެ ފަހު ދެމެޗަށް ނެގި ވޭލްސްގެ ސްކޮޑުން ރެއާލް މެޑްރިޑްގެ ފޯވާޑް ގެރެތު ބޭލް ބާކީކޮށްފި އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ޖޯޖިއާ އަދި އަޔަލޭންޑާއި ދެކޮޅަށް ވޭލްސް ކުޅެން ޖެހޭ މުހިންމު ދެމެޗަށް ނެގި ސްކޮޑުން ބޭލް ބާކީ ކޮށްފައިވަނީ ފައިގެ ކުޑަކަޅުވާ އަށް ލިބުނު އަނިޔާ އަކާއި ގުޅިގެންނެވެ.

މިދެމެޗަށް ވޭލްސްގެ ފަރިތަކުރުންތައް ފެށިއިރު، ވޭލްސްގެ ސްކޮޑާއި ބޭލް ގުޅުނު ނަމަވެސް ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެއެވެ. ވޯލްޑް ކަޕް ކޮލިފައިންގ މެޗަށް ބޭލް ފިޓުވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އަނިޔާގެ ސަބަބުން ޤައުމީ ޓީމާއެކު ޖޯޖިއާ އަށް ބޭލް ނުދާނެކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.

ބޭލްގެ ބަދަލުގައި ބާންސްލޭގެ ފޯވާޑް ޓޮމް ބްރެޑްޝޯ އަށް ވަނީ ޤައުމީ ޓީމުން ފުރުޞަތު ދީފައެވެ.

ޖޯޖިއާ އާދެކޮޅަށް ހުކުރު ދުވަހު ކުޅޭ މެޗާއި، އޭގެ ތިން ދުވަސް ފަހުން އަޔަލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި ބޭލް އަށް ނުކުޅެވުމަކީ، 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ވޭލްސް ކުރާ އުއްމީދަށް ލިބުނު ފަނޑުކަމެކެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފައިންގ ގްރޫޕް ޑީގެ ދެވަނާގައި ވޭލްސް އޮތީ 14 ޕޮއިންޓް ލިބިގެންނެވެ. މިގްރޫޕްގައި ކޮންމެ ޓީމަކަށްވެސް ބާކީ ދެމެޗު އޮތް އިރު، ގްރޫޕްގެ އެއްވަނާގައިވާ ސާބިއާ އާއި ވޭލްސް އާއި ދެމެދު ހަތަރު ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. 13 ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނާގައި ވަނީ އަޔަލެންޑެވެ.

ގްރޫޕްގެ ދެވަނަ ހޯދައިގެން ޕްލޭ އޯފްގެ ޖާގަ އެއް ލިބުނު ނަމަވެސް، ގްރޫޕްގެ ދެވަނަ ކަށަވަރު ކުރުމަށް ގްރޫޕް ސްޓޭޖްގެ ފަހު ދެމެޗުން، މަދުވެގެން ހަތަރު ޕޮއިންޓް ހޯދަން ޖެހެއެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖްގައި ވޭލްސްގެ ޤައުމީ ޓީމަށް ހަތަރު ލަނޑު ޖަހައިދީފައިވާ ބޭލް ނުލައި ވޭލްސް އެންމެ ފަހުން މޮޅުވެފައިވަނީ 2013 ވަނަ އަހަރު އެވެ. ބޭލް ނެތި ކުޅުނު ތިން މެޗުން ބަލިވިއިރު، ތިން މެޗު އެއްވަރު ވެފައިވެ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު