Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

އެންޗެލޮޓީ ވަކިކުރީ ބަޔާއިން ނެރެމުންގެންދާ ދަށްނަތީޖާގެ ސަބަބުން: ބަޔާން މިޔުނިކް

އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުންވެސް ބަޔާން ވަނީ ޕީއެސްޖީ އަތުން 3-0 ން ބަލިވެފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 29 ސެޕްޓެމްބަރު 2017 | ހުކުރު 06:26
އެންޗެލޮޓީ

އެންޗެލޮޓީ

ބަޔާން މިއުނިކްގެ ކޯޗުކަމުން އިޓަލީގެ ކާލޯ އަންޗެލޮޓީ ރޭ ވަކިކުރީ އެ ޓީމުގެ ނަތީޖާތަން ދައްވަމުންދާތީ އެކަމަށް ހައްލެން ހޯދަން ކަމަށް ބަޔާން އިން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ބަޔާނުން ނެރުނު މި ބަޔާނުގައި ބުނެފައި ވަނީ އެންޗެލޮޓީ މަގާމުން ވަކިކުރީ މިވަގުތު ބަޔާންއިން ނެރެމުންދާ ދަށްނަތީޖާގެ ސަބަބުން އެ ޓީމުގެ ބޯޑުން ކަމަށެވެ. އަދި ބަޔާންގެ ބޯޑުން މިކަން މިގޮތަށް މި ނިންމީ ބޯޑުން ބެލިބެލުމުގައި އެ ޓީމަށް މި ވަގުުތު އެންމެ ރަނގަޅު ގޮތްކަމަށް ފެންނަތީ ކަމަށާއި އާ ކޯޗެއް ހަމަޖެހެންދެން ޓީމާ ވަގުތީގޮތުން ހަވާލުވާނީ އެސިސްޓަންޓް ކޯޗު ވިލީ ސަންޔޯލް ކަމަށެވެ.

ބަޔާންގެ ކޯޗުކަމުން އެންޗެލޮޓީ ވަކިކޮށްފައިވާއިރު، މި ފަހަރުގެ ސީޒަނުގައި ބަޔާންގެ ނަތީޖާތައް ވަނީ މީގެ ކުރިން ދުވަހަކު ވެސް ނުވާވަރަށް ދަށްވެފަ އެވެ. ލީގުގައި ހޮފެންހައިމް އަތުން 2-0 އިން ބަލިވުމުގެ އިތުރުން ވުލްފްސްބާގާ 2-2 އިން ވަނީ އެއްވަރުވެފަ އެވެ. އަދި އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުންވެސް ބަޔާން ވަނީ ޕީއެސްޖީ އަތުން 3-0 އިން ބަލިވެފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ބަޔާންގެ ކޯޗުކަމާއި ހަވާލުވި އެންޗެލޮޓީ ވަނީ މީގެ ކުރިން އޭސީ މިލާން، ޗެލްސީ، ރެއާލް މެޑްރިޑް އަދި ޕީއެސްޖީ އަށް ކޯޗުކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.އަންޗެލޮޓީ ވަނީ މިދިޔަ ސީޒަނުގައި ބަޔާނަށް ޖަރުމަނު ލީގު ކާމިޔާބު ކޮށްދީފަ އެވެ.

އެންޗެލޮޓީ ބަޔާންގެ ކޯޗުކަމުން ވަކިކުރިއިރު ދެން އޭނާ ކޯޗެއްގެ ގޮތުގައި ފެނުން އެންމެ ގާތީ ކުރީގެ ޓީމު މިލާނުންނެވެ. އެހެން ނަމަވެސް ބައެއް ރިޕޯޓުތަށް ބުނާގޮތުން އެންޗެލޮޓީ ދެން ފެނުން އެންމެ ގާތީ އިޓަލީ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2023

އެންޗެލޮޓީ މަޢާފަށް އެދިއްޖެ!

26 އެޕްރީލު 2023
އެންޗެލޮޓީ މަޢާފަށް އެދިއްޖެ!
15 ސެޕްޓެމްބަރު 2022

ޗެމްޕިއަންސްލީގުގައި އެންޗެލޮޓީގެ 100 ވަނަ މޮޅު

15 ސެޕްޓެމްބަރު 2022
ޗެމްޕިއަންސްލީގުގައި އެންޗެލޮޓީގެ 100 ވަނަ މޮޅު
25 އޯގަސްޓު 2022

އެންމެ މޮޅު ކުޅުންތެރިއަކީ ބެންޒިމާ، ކޯޗަކީ އެންޗެލޮޓީ

25 އޯގަސްޓު 2022
އެންމެ މޮޅު ކުޅުންތެރިއަކީ ބެންޒިމާ، ކޯޗަކީ އެންޗެލޮޓީ
06 ޖޫން 2022

ކޯޗުކަމުގެ މަޤާމުން ކޫޕްމަން ވަކިކުރީ ގޯސްކޮށްކަމަށް ފީފާއިން ނިންމައިފި

06 ޖޫން 2022
ކޯޗުކަމުގެ މަޤާމުން ކޫޕްމަން ވަކިކުރީ ގޯސްކޮށްކަމަށް ފީފާއިން ނިންމައިފި
30 އެޕްރީލު 2021

އޭއެފްސީ ކަޕުން ވަކިކުރީ އެންގުމެއް ނެތި: އަބަހާނީ

30 އެޕްރީލު 2021
އޭއެފްސީ ކަޕުން ވަކިކުރީ އެންގުމެއް ނެތި: އަބަހާނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު